17 ޑިސެންބަރު 2018 | ހޯމަ | 08 މުލަ
10 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:00
އަސްރު 15:26
މެންދުރު 12:06
އިރުއަރާ 06:03
ފަތިސް 04:47

ކިންގް ސަލްމާން މިސްކިތް

ކިންގް ސަލްމާން މިސްކިތުގެ ސްޓަރަކްޗަރަލް ކޮންކްރީޓް މަސައްކަތް ނިމިއްޖެ

  • ،އައު ސަރުކާރުން މިސްކިތުގެ މަސައްކަތް ހުއްޓާނުލައްވާ ކުރިއަށް ގެންދެވުމަށް ވަނީ އެދިފައި
އަމްނާ އިމާދު | @amnabinthimad

| 12 ނޮވެންބަރު 2018 | ހޯމަ 21:37 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ޖޭޕީއަށް ސޮއި ކުރެއްވި މަޖިލިސް މެމްބަރުންތަކެއް ޔާމީންގެ ދިފާއުގައި!
  3. މި މަހު މުސާރަ ދޭނެ ފައިސާއެއް ނެތް: ޝާހިދު
  4. ޔާމީން އީސީއަށް އެންގެވީ 22.5 މިލިއަން ރުފިޔާ ކެމްޕޭނަށް ހަރަދު ކުރެއްވި ކަމަށް
  5. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  6. ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނަރަލް ފުލުހުންނަށް ހުށަހަޅުއްވައިފި
  7. ޕީޕީއެމްގެ މެމްބަރުން ދުއްމާރި ހިފައިގެން މަޖިލީހަށް، ޖަލްސާ މެދުކަނޑާލައިފި
  8. ފެނަކަ އެމްޑީއަކަށް ސައީދު


ކިންގް ސަލްމާން މިސްކިތް -- ޓްވިޓަރ

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގައި އެއްފަހަރާ 6000 މީހުންނަށް ނަމާދުކުރެވޭ ގޮތަށް އަޅާ ކިންގް ސަލްމާން މިސްކިތުގެ އޮނިގަނޑުގެ (ސްޓަރަކްޗަރަލް ކޮންކްރީޓް) މަސައްކަތް ނިމިއްޖެއެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ސްޓަރަކްޓަރަލްގެ ކޮންކްރީޓްގެ މަސައްކަތް ނިމިފައިވާ ކަމަށާއި، އައު ސަރުކާރުން މިސްކިތުގެ މަސައްކަތް ހުއްޓާނުލައްވާ ކުރިއަށް ގެންދެވުމަށްއެދޭ ކަމަށެވެ.

ޑރ މުއިއްޒު މިހެން ވިދާޅުވެފައިވާރު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓުވައި ކުރިއަށް ގެންދަވާނެ ކަމަށާއި، ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް "ކިންގް ސަލްމާން"ގެ ނަމުން ނަންދެވިފައިވާ މިމިސްކިތަކީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ސައުދީ ސަރުކާރުގެ އަޅާދޭން ނިންމި މިސްކިތެކެވެ. ހަ ފަންގިފިލާގެ މި މިސްކިތުގައި ކުތުބުހާނާއަކާއި، ގުރްއާނާއި ބެހޭ މަރުކަޒަކާއި، މަލްޓި-ޕާރޕަސް ހޯލަކާއި، ކިލާސްރޫމްތަކާއި، ޖަލްސާކުރާ މާލަންތަށް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް