14 ޑިސެންބަރު 2018 | ހުކުރު | 05 މުލަ
07 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:59
އަސްރު 15:25
މެންދުރު 12:05
އިރުއަރާ 06:02
ފަތިސް 04:45

ޗެއަރޕާސަން ކަމަށް ހަސަން

ހަސަން ލަތީފް - ތަޖްރިބާ ހުރި ޤާބިލް ބޭފުޅެއް

 • ހަސަން ލަތީފަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެއް
 • ބެޗްލަރ އޮފް ލޯ އަދި ކްރިމިނޮލަޖީން މާސްޓާސް ހާސިލްކުރައްވާފައިވޭ
 • އިންތިޚާބްތައް ޕާޓީއަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ
ނާޒުމީ ސައީދު | NaazmeeS

| 6 ފެބުރުވަރީ 2017 | ހޯމަ 21:52 | |

މަގުބޫލް

 1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
 2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
 3. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
 4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
 5. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
 6. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
 7. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
 8. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން


ހަސަން ލަތީފް - އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

އެމްޑީޕީގެ ޗެއާޕާސން ކަމަށް ކުރިމަތި ލައްވާފައިވާ އަލްއުސްތާޛް ހަސަން ލަތީފަކީ އިލްމީ ގޮތުން ގާބިލް ހުނަރުވެރި ބޭފުޅެކެވެ. ހަސަން ލަތީފްގެ ތައުލީމީ ހަޔާތައް ބަލާލާއިރު، ސާނަވީ ތައުލީމް މަޖީދިއްޔާ ސްކޫލޫން ފުރިހަމަ ކުރެއްވުމަށްފަހު، އޭރުގެ ސައިންސް އެޑިއުކޭޝަން ސެންޓަރުން އޭލެވެލް ވަނީ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން ލަންޑަންގެ މިޑްލްސެކްސް ޔުނިވަރސިޓީން ބްޗްލަރ އޮފް ލޯ ކިޔަވާ ވިދާޅުވުމަށްފަހު، މެންޗެސްޓަރ ޔުނިވަރސިޓީން ކްރިމިނޮލޮޖީން މާސްޓާސް ހާސިލްކުރައްވާފައެވެ.

އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރުގެ ޔޫތް މިނިސްޓަރު ކަން 2008 ން 2012 އަށް ފުރުއްވާފައިވާއިރު، ހަސަން ލަތީފަކީ ރައީސް މުހައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށް ވުމުގެ އިތުރުން އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެމްބަރެއްވެސް މެއެވެ. އޭގެ އިތުރުން ހަސަން އަކީ ހެންވޭރު އުތުރު ދާއިރާގެ ރައީސްއެވެ. މީގެ އިތުރުން ދިވެހިރާއްޖެ މިހާރު އަމަލުކުރަމުންދާ ޑިމޮކްރެޓިކް ޤާނޫނު އަސާސީ ޑްރާފްޓް ކުރި ޕެނަލްގެ މެމްބަރުކަންވެސް ކުރައްވާފައިވެއެވެ.

ހަސަން ލަތީފަކީ ކުޅިވަރުގެ ދާއިރާއިންވެސް ފާހަގަ ކުރެވޭ ހުނަރު ވެރިއެކެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ހަސަން ލަތީފް ކުރިމަތިލެއްވުމުގެ މައިގަނޑު ސަބަބަކީ ސިޔާސީ މަސައްކަތަށް ފަހިވާނެ ގޮތަށް ޕާޓީގެ އިދާރީ ހިންގުން ވަރުގަދަކުރުއްވުން ކަމަށް އޭނާ ވިދާޅުވެއެވެ.

ޗެއާޕާސަންގެ މަގާމަށް ހޮވުމަށްފަހު އެއްމެ މުހިއްމު އިސްކަމެއް ދެއްވާނީ ހަސަން ވިދާޅުވާގޮތުން ނަމަ ޕާޓީގެ އޮނިގަނޑުގެ ތެރެއިން ކަން ކަން އިންތިޒާމްކޮށް، އިންތިޚާބްތައް ޕާޓީއަށް ކާމިޔާބު ކޮށްދިނުމެވެ. އަދި ޕާޓީގެ ހަރަކާތްތައް އަތޮޅު ތަކުގައި ފޯރި އާއި އެކު ހިންގޭނެ އޮނިގަނޑެއް ގާއިމުކުރުން ކަމަށް ހަސަން ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕަސަން ކަމަށް ހަސަން ކުރިމަތިލައްވާފައިވާއިރު، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ހަސަން ލަތީފް ޗެއާޕާސަންގެ މަގާމަށް ވަޑައިގެންނެވުމުން ކިތަންމެ ތަނަކުންޕާޓީ ހިންގުން ހަރުދަނާ ވެގެންދާނެއެވެ.

ހަސަން ލަތީފަކީ އިދާރީ ތަޖްރިބާވެސް ހުންނެވި ގާނޫނީ ބޭފުޅެކެވެ. ތައުލީމް ލިބިވަޑައިގެން ހުންނެވި އިލްމީ ބޭފުޅެކެއެވެ. މީހުންނާ ގުޅޭ އެކުވެރި މިޒާޖެއްގެ ހަރަކާތްތެރި ބޭފުޅެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް