17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ރައީސް ނަޝީދާއި ޝައިޚް އިމްރާން

ރައީސް ނަޝީދު އަދި ޝައިޚް އިމްރާނަށް ޕާޓީގެ ރައީސް ކަމުގައި ތިބެވޭނެ ކަމަށް އީސީއިން ނިންމައިފި

  • އީސީއިން މިގޮތަށް ނިންމާފައިވަނީ ހޯމަ ދުވަހު
  • މިގޮތަށް ނިންމީ ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން
  • މި ދެބޭފުޅުންނަށް ޕާޓީގެ ރައީސްކަން ގެއްލުނީ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ގެނައި އިސްލާހަކާއި ގުޅިގެން
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 12 ނޮވެންބަރު 2018 | ހޯމަ 15:48 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ޝައިޚް އިމްރާން ޢަބްދުﷲ -- ޓްވިޓަރ

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ޝައިޚް އިމްރާން ޢަބްދުﷲ އަކީ އެ ދެ ބޭފުޅުން ނިސްބަތްވާ ޕާޓީގެ ރައީސުންކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހޯމަ ދުވަހު ނިންމާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އަދި ޝައިޚް އިމްރާނަށް އަދާލަތު ޕާޓީގެ ރައީސްކަމުގެ މަޤާމު ފުރުއްވުމަށް މިހާރު ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި އެ ކޮމިޝަނުގެ ތަރުޖަމާނު، އަޙުމަދު އަކްރަމް ވިދާޅުވީ، އީސީއިން މިގޮތަށް ނިންމީ ރައީސް ނަޝީދާއި ޝައިޚް އިމްރާންގެ މައްޗަށް ކޮށްފައިވާ ޖަލު ޙުކުމް ރިވިއު ކުރުމަށް ނިންމައި، އެ ޙުކުމް ތަންފީޒު ނުކުރުމަށާއި އެ ދެބޭފުޅުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާތީ، އެ ދެބޭފުޅުންނަށް ޕާޓީގެ މަޤާމެއް ފުރުއްވުމަށް މިވަގުތު ޤާނޫނީ އެއްވެސް ހުރަހެއް ނެތުމުން ކަމަށެވެ. އަދި ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައި ވަނީ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ޕާޓީއެއްގެ މަޤާމެއް އަދާ ނުކުރެވޭނެކަން ކަމަށްވާއިރު، ރައީސް ނަޝީދާއި ޝައިޚް އިމްރާނަކީ މިވަގުތު އެފަދަ ޙުކުމެއް ތަންފީޒުކުރަމުންދާ ބައެއް ނޫންކަން އަކްރަމް ފާހަގަ ކުރެއްވިއެވެ.

އަކްރަމް އިތުރަށް ވިދާޅުވީ، އެމްޑީޕީ އާއި އަދާލަތު ޕާޓީއިން ވެސް އީސީ އާއި ހިއްސާކޮށްފައިވާ މަޢުލޫމާތުން، ރައީސް ނަޝީދު އަދި ޝައިޚް އިމްރާން އިންތިޚާބުވެފައިވާ އެ ބޭފުޅުން ނިސްބަތްވާ ޕާޓީގެ ރައީސްކަމުގެ ދައުރު އަދި ހަމަ ނުވާކަން ހާމަވާ ކަމަށާއި، އެހެން ކަމުން އީސީގެ ނިންމުން ނިންމުމުގައި އެކަމަށްވެސް ރިއާޔަތް ކުރެއްވި ކަމަށެވެ.

ޖަލުތަކާއި ޕެރޯލް ގާނޫނަށް ގެނައި އިސްލާހާ އެކު، އެމްޑީޕީގެ ރައީސް، ކުރީގެ މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މަގާމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ ސަރުކާރުން ބާރުއަޅައިގެން ޖަލުތަކާއި ޕެރޯލް ގާނޫނަށް ގެނައި އިސްލާހުގެ 64 ވަނަ މާއްދާގައި ބުނެފައި ވަނީ "ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާއްމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެނެއް ނުވާ" ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް