17 ޑިސެންބަރު 2018 | ހޯމަ | 08 މުލަ
10 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:00
އަސްރު 15:26
މެންދުރު 12:06
އިރުއަރާ 06:03
ފަތިސް 04:47

އަހުމަދު އަދީބު

ހެބިއަސް ކޯޕަސް މައްސަލައިގެ އަޑުއެހުމަށް އަދީބު ހާޒިރުކޮށް ނުދިނުމުން އަޑު އެހުން ކެންސަލުކޮށްފި

 • މިމައްސަލައިގެ އަޑުއެހުން ތާވަލު ކުރީ މިއަދު މެންދުރު އެކެއް ޖަހާއިރަށް
 • މިއަދު އޮތީ އެ މައްސަލާގައި ގޮތެއް ނިންމުން
 • ފުރޮޅުލީ ގޮނޑީގައި ނަމަވެސް އަޑުއެހުމަށް ހާޒިރުކޮށް ދިނުމަށް އަދީބު ވަނީ އެދިވަޑައިގެންފައި
އަމްނާ އިމާދު | @amnabinthimad

| 12 ނޮވެންބަރު 2018 | ހޯމަ 15:32 | |

މަގުބޫލް

 1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
 2. ޖޭޕީއަށް ސޮއި ކުރެއްވި މަޖިލިސް މެމްބަރުންތަކެއް ޔާމީންގެ ދިފާއުގައި!
 3. މި މަހު މުސާރަ ދޭނެ ފައިސާއެއް ނެތް: ޝާހިދު
 4. ޔާމީން އީސީއަށް އެންގެވީ 22.5 މިލިއަން ރުފިޔާ ކެމްޕޭނަށް ހަރަދު ކުރެއްވި ކަމަށް
 5. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
 6. ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނަރަލް ފުލުހުންނަށް ހުށަހަޅުއްވައިފި
 7. ޕީޕީއެމްގެ މެމްބަރުން ދުއްމާރި ހިފައިގެން މަޖިލީހަށް، ޖަލްސާ މެދުކަނޑާލައިފި
 8. ފެނަކަ އެމްޑީއަކަށް ސައީދު


ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު... -- ފޮޓޯ: މުހައްމަދު ޝަރުހާން

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ގާނޫނާ ހިލާފަށް ބަންދު ކޮށްފައިވާތީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހެބިއަސް ކޯޕަސް މައްސަލައިގެ އަޑުއެހުމަށް އަދީބު ހާޒިރުކޮށް ނުދިނުމުން އަޑު އެހުން ކެންސަލު ކޮށްފިއެވެ.

އަދީބުގެ ގާނޫނީ ވަކީލުގެ ޓީމްގައި ހިމެނިވަޑައިގަންނަވާ މޫސާ ސިރާޖު ވިދާޅުވީ ފުރޮޅުލީ ގޮނޑީގައި ނުވަތަ ސްޓްރެޗާގައި ނަމަވެސް އަޑުއެހުމަށް ހާޒިރުކޮށް ދިނުމަށް އަދީބު އެދިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް މިއަދުގެ އަޑު އެހުމަށް އަދީބު ހާޒިރުކޮށް ދީފައި ނުވާ ކަމަށެވެ.

އަދީބުގެ ވަކީލުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މިމައްސަލައާއި ގުޅިގެން ހޯމަ ދުވަހު އަޑުއެހުން ތާވަލު ކުރީ މެންދުރު އެކެއް ޖަހާއިރަށެވެ. އަދި މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފައިވާއިރު މިއަދު އޮތީ އެ މައްސަލާގައި ގޮތެއް ނިންމުމެވެ.

މިމައްސަލާގައި އަދީބުގެ ވަކީލުން ވަނީ ތިން ކަމެއް ފާހަގަ ކޮށްފައެވެ. އެއީ އަދީބު އެކަހެރިކޮށް ބަންދުކޮށްފައި ހުންނަ ހުރުމާއި، ގާނޫނާ ހިލާފަށް ދޫނިދޫގައި ބަންދުކޮށްފައި ހުންނަ މައްސަލައިގެ އިތުރުން ޑޮކްޓަރުންގެ ލަފައާއި އެއްގޮތަށް އަމަލު ނުކުރާ މައްސަލައެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަމަށް ބުނެ، އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެން އަދީބު ގެންދަވަނީ 33 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މީގެ އިތުރުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް