25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

މާލީ އިދާރާތައް

މީރާއިން ގަބޫލުކުރާ 10 މާލީ އިދާރާއެއްގެ ނަން އާންމުކޮށްފި

 • މީރާއިން ގަބޫލު ކުރާ މާލީ އިދާރާތައް އިތުރު ކުރުމުގެ ފުރުސަތު އޮވޭ
 • މާލީ އިދާރާތަކަކީ ކޮންމެ ގައުމެއްގެ ވެސް މަރުކަޒީ ބޭންކުން ލައިސެންސް ދީފައިވާ އިދާރާއަކަށް ވާންޖެހޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 12 ނޮވެންބަރު 2018 | ހޯމަ 08:28 | |

މަގުބޫލް

 1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
 2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
 3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
 4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
 5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
 6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
 7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
 8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) -- ފޮޓޯ: މުހައްމަދު ޝަރުހާން

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެ އިދާރާއިން ގަބޫލުކުރާ މާލީ އިދާރާތަކުގެ ލިސްޓު އާންމުކޮށްފިއެވެ.

މީރާއިން އާންމުކޮށްފައިވާ ޓެކްސް ރޫލިންގގައި ބުނެފައި ވަނީ މީރާއިން ގަބޫލުކުރާ ބޭންކުތަކާއި މާލީ އިދާރާތަކަކީ އެ ބޭންކު އޮޕަރޭޓް ކުރާ ގައުމެއްގެ މަރުކަޒީ ބޭންކުން ބޭންކިންގ ލައިސަންސް ދޫކޮށްފައިވާ ބޭންކްއަކަށް ވާންޖެހޭނެ ކަމަށެވެ. ކުންފުނި އޮޕަރޭޓްކުރާ ގައުމެއްގެ މަރުކަޒީ ބޭންކުން ނުވަތަ އެފަދަ ކުންފުނިތައް ރެޖިއުލޭޓްކުރާ ފަރާތުން ލައިސަންސް ދޫކޮށްފައިވާ ހައުސިންގ ފައިނޭންސް ކުންފުނިތަކާއި ލީސިންގ ފައިނޭންސް ކުންފުނިތަކުގެ އިތުރުން ބައިނަލްއަގްވާމީ މާލީ އިދާރާތަކާއި އެ އިދާރާތަކުގެ ކޮންޓްރޯލު ކުރާ އޭޖެންސީތަކަށް ވާންޖެހޭނެ ކަމަށް މީރާއިން ބުނެއެވެ.

މީރާ އިން ވަނީ އެ އިދާރާއިން ގަބޫލު ކުރާ 10 މާލީ އިދާރާއެއްގެ ނަން ހާމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނެނީ

 1. ވަރލްޑް ބޭންކް 
 2. އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް)
 3. އޭޝިއަން ޑިވެލޮޕްމެންޓް ފަންޑު (އޭޑީބީ)
 4. އިސްލާމިކް ޑިވެލޮޕްމެންޓް ފަންޑު (އައިޑީބީ)
 5. ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ)
 6. ޔޫރަޕިއަން ބޭންކް ފޯ ރީކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމެންޓް (އީބީއާރްބީ)
 7. ނޯޑިކް އިންވެސްޓްމެންޓް ބޭންކް (އެންއައިބީ)
 8. އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޯފިޑް)
 9. ޑީއީޖީ 
 10. އޭއެފްޑީ

މީރާ އިން ގަބޫލުކުރާ ބޭންކްތަކާއި މާލީ އިދާރާތަކުގެ ލިސްޓަށް އެއްވެސް ބޭންކެއް އިތުރު ކުރަން ބޭނުންވާ ކަމުގައިވާ ނަމަ ޓެކްސް ދައްކާ ފަރާތްތަކުން ކޮމިޝަނަރ ޖެނެރަލްއަށް ލިޔުމުން އެކަން ހުށަހަޅަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް