14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

އޭއެފްސީ ކަޕް

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

  • ބޫޓާނުން އަންނަނީ ފުޓުބޯޅާގައި ރަނގަޅު ކުރިއެރުންތައް ހޯދަމުން: ޝެރިންގް
  • ތިރި ގައުމެއްގައި ކުޅެން ފުރުސަތު ލިބުމުން ތަފާތު ފެންނާނެ: ޝެރިންގް
ލީވާން އަލީ | MrLeevaan

| 6 ފެބުރުވަރީ 2017 | ހޯމަ 21:10 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  6. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  7. ވެލެޒިނީ ހައްޔަރު ކޮށްފި
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


ތިމްޕޫގެ ކޯޗު ޝެރިންގް -- ޓްވިޓަރ

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން ތިމްޕޫ ސިޓީގައި އެބަތިބި ކަމަށާއި، މޮޅުވެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ތިމްޕޫ ސިޓީގެ ކޯޗު ޕީ ޝެރިންގް ބުނެފިއެވެ.

 

އޭއެފްސީ ކަޕް ކޮލިފިކޭޝަން ޕްރިމިނަރީ ބުރުގައި ވެލެންސިއާއާ ދެކޮޅަށް އަންގާރަ ދުވަހު ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ޝެރިންގް ބުނީ ފުރަތަމަ ލެގުގައި ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް ދެވަނަ ލެގަށް އެޓީމުން ނިކުންނަނީ މޮޅުވާން ކަމަށާއި، މީގެ ކުރިން ރާއްޖެއާ ދެކޮޅަށް އަދި ރާއްޖޭގައި ވެސް ކުޅެފައިވާ ކުޅުންތެރިން އެބަ ތިބި ކަމަށެވެ.

 

ތިމްޕޫ ޓީމަށް މޫސުމުގެ މައްސަލަ ދިމާވެދާނެކަން ފާހަގަކުރަމުން ޝެރިންގް ބުނީ އެއީ ވެލެންސިއާ އަށް ލިބިގެންދާނެ އެޑްވާންޓޭޖަކަށް ވެގެން ހިނގައިދާނެ ކަމަށާއި، އެހެންނަމަވެސް ބޫޓާން ކުޅުންތެރިން ކިތަންމެ ފިނީގައި ކުޅުނު ނަމަވެސް ބޫޓާނުގައި އެޓީމު ކުޅުނީ ވަރަށް އުހުގައި ކަމަށެވެ. އެގޮތުން ރާއްޖެ އައުމުން ތިރި ގައުމަކަށް ވެފައި ނޭވާން ލާން ފަސޭހަވުމުން އެ ތަފާތު ވެސް ފެނިގެންދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

 

ޝެރިންގް ބުނީ ބޫޓާނުން އަންނަނީ ފުޓުބޯޅާގައި ރަނގަޅު ކުރިއެރުންތައް ހޯދަމުން ކަމަށާއި، އެގޮތުން އެންމެ ފަހުން ވެސް ރާއްޖެއާ ދެކޮޅަށް ބޫޓާނު ކުޅުނު މެޗުގައި ބޫޓާނުން ރަނގަޅު ފައިޓެއް ދީފައިވާ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ބޫޓާނުން ކުރިޔަށް އޮތްތަނުގައި މިހާރަށް ވުރެ ވެސް ރަނގަޅު ކުރާނެ ކަމަށެވެ.

 

ތިމްޕޫ އަދި ވެލެންސިއާ ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހު ހަވީރު ހަތަރެއް ޖަހާއިރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް