19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

މަންތާ އެއަރ

މަންތާ އެއަރގެ ފުރަތަމަ މަތިންދާ ބޯޓް މާދަމާ ރާއްޖެ ގެންނަނީ!

  • އެއަރލައިންގެ އަމާޒަކީ ރަނގަޅު އަގެއްގައި އާންމުންނަށް ހިދުމަތް ފޯރުކޮށްދިނުން
  • މަންތާ އެއަރގެ ދަތުރުތައް ފަށާނީ ޑިސެމްބަރު މަހުގެ ފަހު ކޮޅު
ސިމާހާ ނަސީމް | sim_kamana

| 12 ނޮވެންބަރު 2018 | ހޯމަ 01:14 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި
  8. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި


މަންތާ އެއަރ އިން ގަތް އޭޓީއާރް 600-72 މަރުކާގެ ބޯޓް -- ކޯޕަރޭޓް މޯލްޑިވްސް

މަންތާ އެއަރ އިން ގަތް  އޭޓީއާރް 600-72 މަރުކާގެ ދެ މަތިންތާ ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓް ހޯމަ ދުވަހު ގެނައުމަށް ނިންމައިފިއެވެ.

މި ބޯޓް ރާއްޖެ އަންނާނީ ހޯމަ ދުވަހުގެ ހަވީރުއެވެ. އަދި ދެވަނަ ބޯޓް ޑިސެމްބަރު މަހު އަންނާނެ ކަމަށް އެ އެއަރލައިން އިން ބުންޏެވެ.

މަންތާ އެއަރގެ މަތިންދާ ބޯޓް ރާއްޖެ ގެނައި ނަމަވެސް އެ އެއަރލައިންގެ ދަތުރުތައް ފަށާނީ ޑިސެމްބަރު މަހުގެ ފަހު ކޮޅުގައެވެ.

މަންތާ އެއަރގެ އޮފިޝަލަކު ރާއްޖެއެމްވީ އަށް ވިދާޅުވީ ދަތުރުތައް ފެއްޓުމަށްޓަކައި މިހާރު އެ ކުންފުނިން މުވައްޒަފުން މަޤާމުތަކަށް އައްޔަންކޮށް ޓްރެއިނިންގްތައް ފަށާފައިވާ ކަމަށާއި އެ އެއަރލައިންގެ އަމާޒަކީ ރަނގަޅު އަގެއްގައި އާންމުންނަށް ހިދުމަތް ފޯރުކޮށް ދިނުން ކަމުގައެވެ.

މަންތާ އެއަރ އިން ބުނީ އެ ކުންފުނިން ގެންނަ ބޯޓުތަކުގެ ޖާގަ 62 ސީޓަށް މަދުކޮށްފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ބޯޓުގެ ޖާގަ ބޮޑު ކުރުމަށް ކަމަށާއި ބިޒްނަސް ކުލާހާއި އިކޮނޮމީ ކުލާހުގައި ދަތުރު ކުރެވޭނެ ކަމަށް މަންތާ އިން ބުންޏެވެ.

އެ އެއަރލައިނުން ފުރަތަމަ ދަތުރު ފަށަނީ ދ. ކުޑަހުވަދޫ އާއި ބ. ދަރަވަންދޫ އަދި ތ. ތިމަރަފުށީގެ އެއަރޕޯޓަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް