17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ވޮލީބޯލް އެސޯސިއޭޝަން

ވީއޭއެމްގެ ޖެނެރަލް ސެކެޓްރީއަކަށް އަނެއްކާވެސް ޝާފީ ހަމަޖައްސައިފި

  • ޝާފީ އަކީ މީގެކުރިން ވީއޭއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވި ބޭފުޅެއް
ލީވާން އަލީ | MrLeevaan

| 11 ނޮވެންބަރު 2018 | އާދީއްތަ 12:36 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތުގެ އިންތިޒާމު ކޮމެޓީގެ ބައްދަލުވުމުގައި މުހައްމަދު ޝާފީ (ކ) ވާހަކަ ދައްކަވަނީ -- ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ޖެނެރަލް ސެކެޓްރީއަކަށް އަނެއްކާވެސް މުހައްމަދު ޝާފީ ހަމަޖައްސައިފިއެވެ.

މީގެ ކުރިން ވީއޭއެމްގެ މާކެޓިންގް އެންޑް ޕްރޮމޯޝަންގެ ޑިރެކްޓަރ ގެ މަގާމުވެސް އަދާކޮށްފައިވާ ޝާފީ ޖެނެރަލް ސެކެޓްރީ އަކަށް ހަމަޖެއްސިއިރު، އެ މަގާމުގައި ކުރިން ހުންނެވީ ގައުމީ އަންހެން ވޮލީ ޓީމުގެ ކުރީގެ ކޯޗު އަދި ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ އަހުމަދު އަދީލް (ބޭބެ) އެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު (ލަތީބެ) ވިދާޅުވީ، ޖެނެރަލް ސެކެޓްރީ އަކަށް ޝާފީ ހަމަޖެއްސީ ވޮލީގެ ހަރަކާތްތައް އެދެވޭ ގޮތެއްގައި ކުރިޔަށް ނުދާ ކަމަށް ވޮލީގެ އާއިލާން ބުނަމުންދާތީ އެކަންތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ.

ލަތީބެ ވިދާޅުވީ، ވޮލީގެ ކަންކަމާ ގުޅިގެން ފާއިތުވެދިޔަ ދުވަސްތަކުގައި ޝާފީ ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައި ކަމަށާއި، އެހެންނަމަވެސް އެ ފާޑު ކިޔުންތަކަކީ ބިނާކުރެވިނިވި ފާޑު ކިޔުންތައް ކަމަށެވެ. އެގޮތުން އެ ފާޑު ކިޔުންތައް ޕޮޒިޓިވްކޮށް ނެގި ކަމަށެވެ.

ބޭބެއާ ބެހޭގޮތުން ލަތީބެ ވިދާޅުވީ، ފާއިތުވެދިޔަ ދުވަސްތަކުގައި ބޭބެ ވަނީ ވޮލީ އަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައި ކަމަށާއި، ކުރިޔަށް އޮތް ދުވަސްތަކުގައި ބޭބެ ބޮޑަށް ކުރާނީ ޓެކްނިކަލް މަސައްކަތްތައް ކަމަށެވެ.

މީގެއިތުރުން ކުރިޔަށް އޮތް އަހަރު ވައިޑީޕީ އަށް ފޯކަސްކޮށްގެން ވޮލީ ކުރިއެރުވުމަށް ވީއޭއެމް އިން ނިންމާފައިވާއިރު، ބޭބެގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށްވެސް ލަތީބެ ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅޭގޮތުން ބޭބެ ވިދާޅުވީ، ދެން ބޮޑަށް ފޯކަސް ކުރާނީ ޓެކްނިކަލް ކަންކަމަށް ކަމަށާއި، އެގޮތުން ވޮލީގެ ޑިވެލޮޕްމެންޓަށް މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. އަދި ވޮލީގެ ހިދުމަތްތަކުން ދުރަށް ނުދާ ކަމަށްވެސް ބޭބެ ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު ބޭއްވުނު އިންޓަ ރިސޯޓު ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗާ ގުޅޭ ކަންތައްތަކާ މެދު ހިތްހަމަ ނުޖެހިގެން އެ މުބާރާތަށްފަހު ޝާފީ ވަނީ އޭނާ އަދާކުރަމުންދިޔަ މާކެޓިންގް އެންޑް ޕްރޮމޯޝަންގެ ޑިރެކްޓަރ ގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ޝާފީ އަކީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އެފްއައިވީބީ ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެނޓްރަލް ޒޯން ކޮލިފައިން މުބާރާތް އިންތިޒާމުކުރަން އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކެވެ.

ޝާފީއަކީ ކުރިން ވީއޭއެމްގެ ރައީސްކަމަށް ވެސް ކުރިމަތިލެއްވި ބޭފުޅެކެވެ. އެގޮތުން ވީއޭއެމްއިން 2012 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ޝާފީ ވާދަކޮށް އެންމެ ވޯޓަކުން ބަލިވިއިރު، 2016 ވަނަ އަހަރު ބޭއްވި ވީއޭއެމްގެ ފުރަތަމަ އިންތިހާބުގައި ޝާފީ ވާދަކުރާނެ ކަމަށް އިއުލާންކުރެއްވި ނަމަވެސް ފަހުން އޭނާ ވަނީ ނަން އަނބުރާ ނަންގަވައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް