16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

މިނިވަން ޗެމްޕިއަންޝިޕް

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

  • މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމު ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެ
  • މި ބަދަލާއެކު މިނިވަން ޗެމްޕިއަންޝިޕްގައި މިހާރު ވާދަކުރާ ޓީމުގެ އަދަދު 81 އަށް އަރާނެ
ލީވާން އަލީ | MrLeevaan

| 6 ފެބުރުވަރީ 2017 | ހޯމަ 20:37 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  3. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  4. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ
  8. ޓްރާންސްޕޯޓް އޮތޯރިޓީގައި މީދާ ކޮށިތަކެއް!


މިނިވަން ޗެމްޕިއަންޝިޕް 2016 ގެ ޗެމްޕިއަން އޭދަފުށި -- ޓްވިޓަރ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު އިތުރު ހަ ރަށަކަށް ދީފި އެވެ.

 

އެފްއޭއެމް އިން ބުނީ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު، ކުރިން މުބާރާތުގައި ބައިވެރިވެފައިވަނީ 75 ރަށަކުން ކަމަށާއި، އެހެންވެސް މިހާރު އިތުރު ހަ ރަށަކަށް ފުރުސަތު ދީފައިވާނެ ކަމަށެވެ.

 

އެ އިދާރާއިން ބުނީ އިތުރު ހަ ރަށަކަށް ފުރުސަތު ދިނީ މުބާރާތުގައި ބައިވެރިވުމަށް ބައެއް ކައުންސިލްތަކުން ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ސިޓީ ފޮނުވަން މަސައްކަތް ކޮށްފައިވާ ކަމަށާއި، އެހެންނަމަވެސް އެފްއޭއެމްއަކީ ޖެމްސް ބޭނުންކުރާ އެސޯސިއޭޝަނަކަށް ނުވުމާ އެކު ސިޓީ ފޮނުވުމުގައި ދިމާވި މައްސަލައަށް ވާނީ ބަލާފަ ކަމަށެވެ.

 

އެގޮތުން އެފްއޭއެމްއިން ބުނީ ހަޓީމަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ، އެކަންކަން ހިނގާ ދިޔަގޮތް ބަލާ ޖޭމްސް އިން ސިޓީ ފޮނުވުމަށް މަސައްކަތްކޮށްފައިވާ ކަން އަންގައިދޭ ލިޔުންތައް ދިރާސާކޮށް ބެލުމަށް ފަހު ކަމަށެވެ.

 

މި ބަދަލާއެކު މިނިވަން ޗެމްޕިއަންޝިޕްގައި މިހާރު ވާދަކުރާ ޓީމުގެ އަދަދު 81 ރަށަށް އަރާނެއެވެ. މި އަހަރު މިނިވަން ޗެމްޕިއަންޝިޕް އެހެން އަހަރުތަކާ ހިލާފަށް އަވަހަށް ބާއްވާއިރު، މުބާރާތް ދިގުލައިގެންދާނެ ކަމަށް ބެލެވެއެވެ. މީގެއިތުރުން މިއަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގޮތަށް އެފްއޭއެމްއިން ވަނީ ހަމަޖައްސާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް