19 ޑިސެންބަރު 2018 | ބުދަ | 10 މުލަ
12 ރަބީޢުލްއާޚިރު 1440
ފަތިސް 04:48
އިރުއަރާ 06:04
މެންދުރު 12:07
އަސްރު 15:27
މަޣްރިބް 18:01
އިޝާ 19:19

ދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގު: ވިކްޓްރީގެ މައްޗަށް މާޒިޔާ ކުރިހޯދައިފި

  • ވިކްޓްރީގެ މައްޗަށް މާޒިޔާ ކުރިހޯދީ 0-3 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 9 ނޮވެންބަރު 2018 | ހުކުރު 10:02 | |

މަގުބޫލް

  1. ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިފިނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ: މަސީ
  2. މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި
  3. 'ގުންޑާއިންނަށް' ވެސް މަޖިލީހަށް ކުރިމަތިލެވޭ!؟
  4. 20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ލަންކާގެ ކުންފުންޏާ ހަވާލުކުރި ކުރުން ބާތިލް ކުރުމަށް އޭސީސީން އަންގައިފި
  5. އިންޑިއާ އިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި
  6. 100 މިލިއަނަކީ އަޅުގަނޑުގެ ސައްހަ ފައިސާ، ފުލުހުން އެ މައުލޫމާތު ހާމަކުރީތީ ހިތާމަކުރަން: ޔާމިން
  7. ރައީސްގެ ހަމްދަރުދީ: ކުއްޖެއްގެ މަރަށް ވުރެ، ބޮޑު ހިތާމެއެއް ނެތް!
  8. އިތުރު 13 މެންބަރަކަށް ޕީޕީއެމްގެ ޓިކެޓް ދީފި


މާޒިޔާ އަދި ވިކްޓްރީ ބައްދަލުކުރި މެޗުގެ ތެރެއިން -- އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކްލަބްގެ މައްޗަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުރިހޯދައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗު ވިކްޓްރީއާ ވާދަކޮށް މާޒިޔާ އިން މެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ މާޒިޔާއިންނެވެ.

އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ސްޓެވާޓްއެވެ. މި ލަނޑަށް ފަހު ވެސް މާޒިޔާ އިން ދިޔައީ ވިކްޓްރީގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކުރަމުންނެވެ.

ފުރަތަމަ ހާފް ނިމުނީ ސްޓެވާޓްގެ ލަނޑުން 0-1 ގެ ނަތީޖާއިން ވިކްޓްރީގެ މައްޗަށް މާޒިޔާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ މާޒިޔާއިންނެވެ. އެގޮތުން 50 ވަނަ މިނެޓުގައި ސްޓެވާޓް ވަނީ މާޒިޔާ އަށް ލީޑު ފުޅާކޮށްދީފައެވެ. މާޒިޔާގެ ތިންވަނަ ލަނޑު 67 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲއެވެ.

މި ނަތީޖާއާ އެކު މާޒިޔާ ވަނީ 13 މެޗުން 31 ޕޮއިންޓް ހަމަކޮށް ޕޮއިންޓް ތާވަލުގެ ދެވަނަ އަށް ޖެހިލާފައެވެ. މެޗުން ބަލިވި ވިކްޓްރީ އޮތީ 13 މެޗުން ލިބުނު 10 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަ ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް