19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ފަތިސް 04:45
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:19
މަޣްރިބް 18:14
ޢިޝާ 19:27

ކަނޑުގެ ދިރުން

ގޮނޑުދޮށުން ފެނުނު އާދަޔާ ހިލާފު "މޫދު އަލުވި"!

  • ދިވެހި ރަދީފުގައި މި އަށް ދީފައި ވާ ނަމަކީ "ހިޔަމަ"
  • މިއީ މޫދުގެ ހުންނަ ގާތަކުގައި އަދި ވެލިގަނޑުގައި ވަޅުލެވިގެން ތިބޭ އެއްޗެހިތަކެއް
އަމްނާ އިމާދު | @amnabinthimad

| 8 ނޮވެންބަރު 2018 | ބުރާސްފަތި 23:24 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  5. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
  8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


ކޯންވޯލްގެ ގޮނޑުދޮށަށް ލައްގާފައި ހުރި ހިޔަމަތައް -- ޓްވިޓަރ

އިނގިރޭސި ވިލާތުގެ އައްސޭރިފަށުގެ އަވަށެއް ކަމުގައިވާ ކޯންވޯލް ގެ ގޮނޑުދޮށުން އެ އެވަށުގެ މީހުނަށް ވަނީ ގޮތް ނޭގޭ އާދަޔާ ޚިލާފު، ހިތެއްގެ ބައްޓަމަށް ހުރި އެއްޗެހިތަކެއް ފެނިފައެވެ. އެ އަވަށުގެ ގިނަ މީހުނަށް އެއީ ކޮން އެއްޗެއްކަން ނޭނގިގެން އެކަން މީސް މީޑިއާގައި ޝެއަރ ކުރަން ފެށިއެވެ. ބައެއް މީހުން އެ ގޮތް ނޭނގޭ އެއްޗެހީގެ ރީތިކަމުގެ ވާހަކަ އަދި ހިތެއްގަ ބައްޓަމަށް އެ ހުރުމުން އެކަމާ ވަރަށްބޮޑަށް ޝައުގުވެރިވެ، އެކަން އެހެން މީހުންނާ ހިއްސާ ކުރަން ފެށިއެވެ.

ނަމަވެސް މިކަމުގެ ހަގީގަތް ބަލަން ދިޔަ މެރިން ބަޔޮލޮޖިސްޓުނަށް މިއީ އައު އެއްޗެހި ތަކަކަށް ނުވިއެވެ. އެމީހުން މިއަށް ކިޔައި އުޅެނީ "ސީ އާރޗިންސް" ނުވަތަ "ސީ ޕޮޓޭޓޯ" އެވެ. ބަޔޮލޮޖިސްޓުން މިއަށް މިގޮތަށް ނަން ދީފައިވަނީ ހިޔަމަ މަރުވުމުން އޭގެ ހުރިހައި ކަށިތަތަކެއް ފައިބައި، ހަމަ އެކަނި ހިތެއް ބައްޓަމަށް އޮންނަ މުރަނަ ތޮށިގަޑަކަށް އޭތި ބަދަލުވާތީއެވެ.

ދިވެހި ރަދީފުގައި މި އަށް ދީފައި ވާ ނަމަކީ "ހިޔަމަ" އެވެ. ނަމަވެސް ދިވެހިން އާމުކޮށް މިއަށް ކިޔައި އުޅެނީ "ކަށި ބޯވަ" އެވެ. ސަބަބަކީ އޭގެ ބަނޑުދަށް ފަރާތް ފިޔަވައި އެހެން ހުރިހައި ދިމާލަކުން ތޫނު ކަށިތަކެއް ފަޅައިފައި ހުންނާތީއެވެ. މި އެއްޗަކީ މޫދުގެ ހުންނަ ގާތަކުގައި އަދި ވެލިގަނޑުގައި ވަޅުލެވިގެން ތިބޭ އެއްޗެހިތަކެކެވެ. އަދި މިހެން ހުރުމުން ވަރަށް ގިނަ ފަހަރަށް ނޭނގި ނަމަވެސް މިއަށް ހުސް ފަޔާ އެރުމުގެ ސަބަބުން އޭގެ ކަށިތަށް ހެރި، ފައި ވިހަ ވާ ގޮތް ވެއެވެ.

މެރިން މަޔޮލޮޖިސްޓުން ބުނާ ގޮތުގައި ހިޔަމަ އަކީ ފަސް އިނގިލި އާއިލާއަށް ނިސްބަތްވާ އެއްޗެކެވެ. އިނގިރޭސިވިލާތުގެ ޕްލައިމައުތު ޔުނިވަރސިޓީގެ ޕްރޮފެސަރެއް ބުނަނީ " ހިޔަމަ ނުވަތަ ސީ ޕޮޓޭޓޯ އަކީ މޫދުގައި ހުންނަ ގާ ތަކުގައި ތިބޭ ކަށި ބޯވައިގެ ދެބައިންގެ ދެދަރިއެއް" ކަމަށެވެ. ހިޔަމަ އޭތި އަމިއްލަޔަށް މޫދު ފަސްގަނޑުގައި 9 އިންޗި ނުވަތަ (22 ސެންޓިމީޓަރު) ގައި ވަޅުލެވިގަނެއެވެ. އަދި މިގޮތަށް ވަޅުލެވިގެން އޭތީގެ ކަށިތައް ފަޅައި ހަރު ވަން ދެން ދިރިއުޅެމުން ގެންދެއެވެ.

ހިމަޔައެއްގެ ބޭރު ތޮށިގަނޑު

2017 ވަނަ އަހަރު ޖަރނަލް ޕްލަސް ވަން އިން ހެދި ދިރާސާއެއް ދައްކާގޮތުގައި ހިޔަމަ އަކީ މޫދުގެ ވެލިގަނޑުގެ އިކޯސިސްޓަމްގެ އެންމެ މުހިންމު އެއް މޭސްތިރިންނެވެ. ހިޔަމަ އޭތީގެ ކާނާ ހޯދަނީ ވަރަށް ވެސް އާދަޔާހިލާފު ގޮތަކަށެވެ. ސަބަބަކީ އެހެނިހެން މަސްމަހާ މެހި ކާނާ ކެއުމަށް އަނގަ ބޭނުން ކުރިކަމުގައިވިޔަސް ހިޔަމަގައި މިގޮތަށް އެއްވެސް ކަހަލަ އަނގައެއް ނުހުރެއެވެ. އޭތި ކާނާ އެތެރެ ކުރުމަށް ބޭނުން ކުރަނީ އޭތިގެ ކަށިތަކެވެ. އޭގެ ފަޔަކީވެސް އަދި ކާނާ ކާން ގެންގުޅޭ އަނގަޔަކީވެސް އޭތީގެ މި ކަށިތަކެވެ. މި ކަށިތަށް އުފެދިފައިވަނީ ކަށީގެ އެތެރެ ހުސްކޮށް ހޮޅިއެއްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތަށެވެ. އެހެންކަމުން ހިޔަމަ ހަށިގަނޑުގެ އެތޭރޭގައި އުފެދިފައިވާ އާދަޔާހިލާފު ހައިޑްރޯލިކް ނިޒާމުން މި ކަށިތަށް އެތެރެޔަށް އަދި ބޭރަށް ވާގޮތަށް ހަރަކާތް ކުރުވައެވެ. މި ހަރަކާތުގެ ސަބަބުން ހިޔަމަ މޫދު ވެލިގަނޑުގައި ވަރަށް މަޑުމަޑުން ހިނގައި އުޅެވެއެވެ. އަދި ހަމަ އެހެންމެ ވެލިގަނޑުގައި ދިރިއުޅޭ ވަރަށް ކުދިކުދި މައިކްރޯ އޯގަނިޒަމްސް މި ހޮޅިތަކުން އެތެރެޔަށް ދަމައިގަނެ ކާނާގެ ގޮތުގައި ބޭނުން ކުރެއެވެ.

ބަޔޮލޮޖިސްޓުން ބުނާ ގޮތުގައި މިގޮތަށް ގިނަ އަދަދަކަށް ހިޔަމަ ތޮށިގަނޑު އައްސޭރިފަށަށް ލައްގަން ދިމާވާ ސަބަބުތަކުގެ ތެރޭގައި، ހިޔަމަތައް އެކަތި އަނެކައްޗާ ޖޯޑުވާން ބައިވަރު ހިޔަމަ ތަކެއް އެއްތާކަށް ޖަމާވެ އުޅެނިކޮށް އެހިސާބުގެ ކަނޑުގެ އޮއިވަރު ގަދަވެ، ރާޅުތައް ގިނަވުމުން ހިޔަމަތައް ރާޅާ އެކު އެއްގަމަށް ލެއްގުމެވެ. އަދި މިގޮތަށް އެއްގަމަށް ކަށިތަކާއި އެކުވެސް ބައެއް ފަހަރު ހިޔަމަތައް ލައްގަފާނެއެވެ. ނޫނީ މަރުވެ ކަށިތައް އެއްކޮށް ނެތިގޮސް ހަމަ އެކަނި ތޮށިގަނޑުވެސް ލައްގަފާނެއެވެ. މިގޮތަށް ކަށިތައް ނެތި ގޮސް ހުންނަ ހިޔަމަ ތޮށިގަނޑު ބަލައިލަން ވަރަށްވެސް ރީތިވާނެއެވެ.

އަޅުގަނޑުމެން ދިވެހިންވެސް މިގޮތަށް ހުންނަ ހިޔަމަ ތޮށިގަނޑު ނަގައިގެން އެ ހިއްކައިގެން، އެކި ކުލަޖައްސައިގެން އެކި އެކި ކަންކަމުގައި ބޭނުންކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް