19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ފަތިސް 04:45
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:19
މަޣްރިބް 18:14
ޢިޝާ 19:27

މަގޭ ރިޕޯޓް

ދައުލަތުގެ ތިން ބާރުގައި ވެސް ގާސިމް!

 • ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަންޖެހޭ
މުހައްމަދު ފަޒީން | phaxyn

| 8 ނޮވެންބަރު 2018 | ބުރާސްފަތި 18:34 | |

މަގުބޫލް

 1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
 2. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
 3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
 4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
 5. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
 6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
 7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
 8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


ޖަޒީރާ ހޮޅުއަށީގައި ޕާޓީތަކުގެ ވެރިން -- ފޮޓޯ: މުހައްމަދު ޝަރުހާން

ފުރަތަމަވެސް ބުނެލަން ބޭނުންވަނީ އަޅުގަނޑު މިރިޕޯޓް މިލިޔަނީ ވަކި މީހަކަށް ނުވަތަ ވަކި ފަރާތްތަކަކަށް ޒާތީ ވުމުގެ ނިޔަތުގައެއް ނޫނެވެ. ނިޒާމުގައި ހުރި މައްސަލައަކާ ގުޅިގެން ލިޔެފައިވާ ރިޕޯޓެކެވެ.

ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުން އަދި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމަށް ގާނޫނު އަސާސީގެ ބާރުގެ ދަށުން އުފައްދާފައިވާ ޖުޑިޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަށެވެ. އެ ކޮމިޝަން އެކުލަވާލެވިފައިވާ ގޮތާމެދު ގާނޫނީ ދާއިރާގެ މަޝްހޫރު ބައެއް ފަރާތްތަކުން ދެކޮޅު ހަދަމުންދާއިރު، ބައެއް ފަރާތްތަކަށް އެގޮތް ކަމުވެސް ދެ އެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ :

 1. ރައްޔިތުންގެ މަޖިލީހުގެ ރައީސް
 2.  ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ފަނޑިޔާރެއް
 3. ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ފަނޑިޔާރެއް
 4. ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިހާބުކޮށްފައިވާ ފަނޑިޔާރެއް
 5. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއް
 6. އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ  މެމްބަރެއް
 7. ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް
 8. ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު
 9. އެޓާރނީ ޖެނަރަލް
 10. ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ މެމްބަރެކެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގެ ވިޔަފާރި ކުރައްވާ ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު އެވެ. ދައުލަތުގެ އެންމެ މުހިއްމު އެއްބާރު ކަމަށްވާ ގާނޫނު ހެދުމުގެ ބާރުގެ ވެރިޔާގެ މަގާމަށް ގާސިމް ކަނޑައެޅިގެން ދިޔަ ހިސާބުން އެމަނިކުފާނަކީ ދައުލަތުގެ އަނެއް ބާރު ކަމަށްވާ އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރުގެ ވެސް އެންމެ ނުފޫޒު ގަދަ ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި އެވަނީ ކަނޑައެޅިފަ އެވެ. ޖުޑިޝަލް ސާރވިސް ކޮމިޝަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންނަވާ މެމްބަރަކަށް ދެން ވެވަޑައިގަންނަވާނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ ގާސިމް އިބްރާހީމް އެވެ.

ރަނގަޅެވެ، މިވަގުތު ގާސިމްގެ ނަންމަތީ ވިލާ ގްރޫޕްގެ ކުންފުނިތައް ނުހުރެދާނެ އެވެ. ނަމަވެސް "ވިލާ ކުންފުންޏޭ" ބުނުމުން ކޮންމެ ދިވެއްސެއްގެ ހިތަށް އަންނާނީ ގާސިމްގެ ނަމެވެ. ވިލާ ގްރޫޕް އޮފް ކޮމްޕެނީސްގައި ގާސިމްގެ މަސްލަހަތު އޮންނަ ވަރަށް ގިނަ ކުންފުނިތައް ހުންނަކަމަށް ވެއެވެ. އެހެންވީމާ އެކުންފުނި ތަކަކީ ސީދާ ގާސިމްގެ ނަމުގައި ނުވި ކުންފުނި ތަކެއް ކަމަށްވިޔަސް އެއީ ހަމަ ގާސިމްގެ މަސްލަހަތު ހުރި ކުންފުނިތަކަށް ނޫނިއްޔާ ނުވާނެ ނޫންތޯ އެވެ.

އަނެއް ކަމަކީ ވިލާ ގްރޫޕްގެ ކުންފުނިތަކުގެ ފައިސާއާ ގުޅުންހުރި ވަރަށް ގިނަ މައްސަލަތައް ކޯޓަށް ހުށަހެޅޭ ތަން ފެނެއެވެ. އެހެންކަމުން ދައުލަތުގެ ތިންބާރުގެ ތެރޭގައި ސީދާ ގޮތެއްގައި ގާސިމްގެ ދައުރެއް އެބައޮތެވެ.

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ގެނައުމަށާއި ސަރުކާރު އެކުލަވާލުމުގައި ސީދާ ގާސިމްގެ ދައުރު އެބައޮތެވެ. ގާސިމަކީ ޖުމްހޫރީ ޕާޓީގެ ފައުންޑަރ އަދި ޕާޓީގެ ލީޑަރ އެވެ.

ދައުލަތުގެ އަނެއް ބާރު ކަމަށްވާ ގާނޫނު ހެދުމުގެ ބާރު އާދެ، ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ގާސިމް ކަމަށްވާތީ، އެބާރު ހިންގުމުގެ ސީދާ ދައުރު އޮތީ ވެސް ގާސިމްގެ އަތްޕުޅުމަތީގަ އެވެ. ދައުލަތުގެ ތިން ބާރުގެ ތެރެއިން އަނެއް ބާރަކީ އަދުލްއިންސާފުގެ ބާރެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި ގާސިމް އިބްރާހީމް ހިމެނިވަޑައިގަންނަވަ އެވެ.

މިގޮތަށް އިއްތިފާގުވިއިރު، މިއީ ގާސިމް އިބްރާހިމްގެ މައްސަލައެއް ނޫނެވެ. ގާސިމް ހުރި މަގާމުގެ ގޮތުން އެހެން މީހަކަށް މިހެން ދިމާވިޔަސް، މައްސަލައެކެވެ. މިއީ ހަގީގަތުގައި ނިޒާމުގައި ހުރި މައްސަލައެކެވެ. އެހެންވެ، އާ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަންޖެހެ އެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Merine

5 މަސް ކުރިން

Asluves RAAJJE TV ge staffun thi kuravvaa masaikathah thaureef haqqu

2
2
އަޖީތު

5 މަސް ކުރިން

އެއީ ރިޔާސީ ނިޒާމު ރާއްޖޭގައި ފަރުމާކޮށްފައި އޮތް ގޮތުން ވާ ކަމެއް. 3 ބާރުގައި މަސީހުވެސް ހުންނެވި.

1
2