17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

ރާއްޖެޓީވީ ބަޔާން

ރާއްޖެޓީވީ ރޯކޮށްލި މައްސަލަ އަލުން ރިވިއު ކުރުމަށާއި ވިސާމްގެ މައްސަލަ އަނބުރާ ގެންދިއުމަށް ރާއްޖެޓީވީން އެދިއްޖެ

  • ވިސާމްގެ މައްސަލަ ކުރިއަށް ގެންދިޔުމަކީ ނޫސްވެރިކަމަށް ހުރަސް އެޅުމުގެ މަގްސަދުގައި ކުރެވޭ ކަމެއް ކަމަށް ދެކެން
  • ޖަރީމާ ރޭވުމުގެ އަޑީގައި ތިބި މީހުން ތަހުގީގުގައި ނުހޯދިއްޖެނަމަ އެކަމުގައި ބައިވެރިވި މީހުންނަށް އެފަދަ ނުރައްކާތެރި އެހެން އަމަލެއް ތަކުރާރު ކުރުމަށް ލިބޭ ހިތްވަރަކަށް ވެގެންދާނެ
ސިމާހާ ނަސީމް | sim_kamana

| 8 ނޮވެންބަރު 2018 | ބުރާސްފަތި 17:54 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ރާއްޖެ ޓީވީން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ޕީޖީ އޮފީސް

ރާއްޖެ ޓީވީ ރޯކޮށްލި މައްސަލަ އަލުން ރިވިއު ކޮށްދެއްވުމަށާއި ރާއްޖެޓީވީގެ ނޫސްވެރިޔާ މުޙައްމަދު ވިސާމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް، ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރައްވާފައިވާތީ، އެ މައްސަލަ އާ މެދު އިތުރަށް ވިސްނަވާވަޑައިގެން މައްސަލަ އަނބުރާ ގެންދެވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުން ރާއްޖެޓީވީން އެދިއްޖެއެވެ.

ރާއްޖެޓީވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެޓީވީން ޕްރޮސިކިއުޓަރ ޖެނެރަލާއެކު ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި ބައްދަލުވުމުގައި، ވިސާމްގެ މައްސަލަ އަނބުރާ ގެންދެވުމަށް އެދުނީ، 2015 ވަނަ އަހަރުގެ މާޗް މަހު 25 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރަމުން ގެންދިޔަ މުޒާހަރާގެ ތެރެއިން ވިސާމް ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމަށް ބުނި ނަމަވެސް، އޭނަ ހައްޔަރު ކުރީ ނޫސްވެރިއެއްގެ ވާޖިބު އަދާކުރަނިކޮށް ކަމަށްވެފައި، ފުލުހުންގެ ވާޖިބަށް އޭނާ ހުރަސް އެޅި ކަމަށް ކޮށްފައިވާ ދައުވާ ދަށު ކޯޓުން ސާބިތުވެފައި ނުވާއިރު، ވިސާމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނެތް ކަމަށް ދަށު ކޯޓުން ނިންމާފައިވާތީ، އެ މައްސަލަ އަލުން ހުށަހަޅައިގެން ކުރިއަށް ގެންދިއުމަކީ، ނޫސްވެރިކަމަށް ހުރަސް އެޅުމުގެ މަގްސަދު ނޫން އިތުރު ކަމެއް އޭގައި އެކުލެވޭ ކަމެއް ކަމަށް ނުދެކޭ ކަމަށެވެ.

އަދި ރާއްޖެޓީވީ ރޯކޮށްލި މައްސަލަ ރިވިއު ކޮށްދިނުމަށް ހުށަހެޅީ، އެ މައްސަލައިގެ ތަހުގީގާއި ޝަރީއަތް ހިނގަމުންދާ ގޮތަށް ބަލާއިރު، އެއީ އިންސާފުވެރި ތަހުގީގެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދާ ޝަރީއަތެއް ކަމަށް ރާއްޖެޓީވީން ނުދެކޭތީ އާއި މިހާރު ބަންދުގައި ބަހައްޓާފައިވާ ޒުވާނާގެ މައްޗަށް ހުކުމެއް ކުރިއަސް އެއީ މައްސަލައިގައި ހަގީގީ އިންސާފު ލިބުން ކަމަށް ރާއްޖެޓީވީން ނުދެކޭ ކަމަށެވެ. އެ ޖަރީމާ ރޭވުމުގެ އަޑީގައި ތިބި މީހުން ތަހުގީގުގައި ނުހޯދިއްޖެ ނަމަ، އަދި އެމީހުންނާ އިންސާފު އަރާ ހަމަ ނުކުރާނަމަ، އެކަމުގައި ބައިވެރިވި މީހުންނަށް އެފަދަ ނުރައްކާތެރި އެހެން އަމަލެއް ތަކުރާރު ކުރުމަށް ލިބޭ ހިތްވަރަކަށް ވެގެންދާނެ ކަމަށްވެސް ރާއްޖެޓީވީން ބުންޏެވެ.

އެ ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ތައްޔާރު ކުރި އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖެ ޓީވީއަށް 11.65 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ. ދައުލަތުގެ ބައެއް މުއައްސަސާތަކާއި ވެރިންގެ އިހްމާލު އޮތް މި މައްސަލައިގައި ބަދަލު ނަގައި ދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، އެ ކޯޓުން ބޭރުކޮށްލާފައިވާއިރު، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅި މައްސަލަވެސް ހުއްޓިފައިވާކަން ރާއްޖެޓީވީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް