20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

މެމްބަރު ނަޝީދު

މެމްބަރު ނަޝީދު، އިންޑިއާ މީހަކަށް 150،000 ޑޮލަރު ދޭން ޖެހިއްޖެ

  • 15 ދުވަސް ތެރޭގައި އެ ފައިސާ ދޭން ވަނީ އަންގާފައި
  • އެ ދައުވާއަށް ނަޝީދު އިންކާރުކުރެއްވި
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 8 ނޮވެންބަރު 2018 | ބުރާސްފަތި 17:26 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ނަޝީދު އާއި ރައީސް ޔާމިން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ -- ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, އިންޑިއާގެ ރައްޔިތަކަށް 150،000 ޑޮލަރު (2.3 މިލިއަން ރުފިޔާ) ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.  

ސިވިލް ކޯޓުން ބުރާސްފަތި ދުވަހު އެ ހުކުމް ކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޑރ. އަލަކާ ސިންގ އިންވެސްޓްކުރި "ބަރުތީލަ" ކިޔާ ސަފާރީއެއް ވިއްކާލުމުގެ މުއާމާލާތް ނަޝީދު ހިންގައިދެއްވުމުގައި މާ ހެޔޮ އަގެއްގައި ވިއްކާފައިވާތީ، އޭނާ އަމިއްލަ ހަސިއްޔަތުން ދެއްވަން އެއްބަސްވި ފައިސާ ހޯދަން ކުރި ދައުވާ ސާބިތުވެގެންނެވެ.  

މި ދައުވާއަށް ނަޝީދު ވަނީ އިންކާރުކުރައްވާފައެވެ. ނަމަވެސް އެ މައްސަލައިގައި ޝަރީއަތަށް ފާހަގަ ކުރެވުނު ކަންކަމުގެ ގޮތުގައި، ޑރ.އަލަކާ އިންވެސްޓްކުރި ސަފާރީ ތިން ވަނަ ފަރާތަކަށް ވިއްކާލުމަށް ފަހު އެއަށް އިންވެސްޓްކުރުމަށް އަލަކާ ކުރި ޚަރަދުން މަދުވާ މިންވަރަށް ޒިންމާވާން ޖެހޭނީ ނަޝީދު ކަމަށް އަމިއްލައަށް ގަބޫލުކުރައްވާކަން އޭނާ ފޮނުއްވި މެއިލްއަކުން އެނގޭ ކަމަށް ހުކުމުގައި ބުނެފައިވެއެވެ. އެގޮތަށް ކުޑަ އަގެއްގައި ސަފާރީ ވިއްކާލުމުން އިންވެސްޓްކުރުމަށް ކުރި ޚަރަދުން މަދުވާ އަދަދަށް ފައިސާ ދޭނެ ކަމަށާއި އެކަމާމެދު ދެކެނީ ކިހިނެތްތޯ ވެސް މި ދައުވާކުރި ޑރ. އަލަކާގެ ގާތުގައި އައްސަވާފައިވާ ކަން އެނގޭ ކަމަށްވެސް ޝަރީއަތުން ފާހަގަކޮށްފައިވެއެވެ.

އަލަކާ އާއި ނަޝީދުއާ ދެމެދު އެ ސަފާރީ ވިއްކާލުމަށް އެއްބަސްވީ 400،000 ޑޮލަރަށެވެ. ނަމަވެސް އެ ސަފާރީ ވިއްކާލާފައިވަނީ 250،000 ޑޮލަރަށެވެ. އެހެންވެ، އެއްބަސްވި އަދަދަށް ވުރެ މަދުވާ 150،000 ޑޮލަރު ޑރ. އަލަކާއަށް ދިނުމަށް ނަޝީދު އެއްބަސްވެފައި އޮތްކަން ހުށައަޅާފައިވާ ލިޔުންތަކުން އެނގެން އޮންނަ ކަމަށް ގާޒީ މުހައްމަދު ހަލީމް ކުރެއްވި ހުކުމުގައިވެއެވެ.  

އެ ހުކުމުގައި އަމުރު ކުރައްވާފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެން 15 ދުވަސް ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް