19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

ރައީސް ނަޝީދު

ޖަލު ހުކުމް ރިވިއު ކުރުމަށް ރައީސް ނަޝީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ޖަވާބު ހުށަހަޅައިފި

  • ރައީސް ނަޝީދު ހުންނެވީ 13 އަހަރުގެ ޖަލު ހުކުމެއްގައި
  • ކަމާބެހޭ އެއްވެސް ފަރާތަކުން އެމަނިކުފާނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ
އަމްނާ އިމާދު | @amnabinthimad

| 8 ނޮވެންބަރު 2018 | ބުރާސްފަތި 17:18 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  5. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
  8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މުހައްމަދު ޝަރުހާން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލަ ރިވިއު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ނަޝީދުގެ ފަރާތުން މިއަދު އެ ކޯޓަށް ޖަވާބު ހުށަހަޅައިފިއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކޮށް އެކަހެރި ކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމަށް ސުޕްރީމް ކޯޓުން ކުރިން އޮތީ ތާއީދުކޮށްފައެވެ. އަދި އެ ނިންމުން ރިވިއު ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަތުމަށް އެ ކޯޓުން މިހާރު ވަނީ ނިންމާފައެވެ.

މިމައްސަލައާ ގުޅޭ ގޮތުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލާގައި ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅާ ޖަވާބު ލިޔުމުން ބުރާސްފަތި ދުވަހު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ނަޝީދުގެ ފަރާތުން އެ މައްސަލާގައި ޖަވާބު ހުށަހެޅިއިރު، އެ މައްސަލަ ބަލައި ނިމެންދެން ނަޝީދުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ކުރިން އޮތީ އަމުރުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ އެ އަމުރުގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމާއި، ދަށު ކޯޓުގެ އެހުކުމާއި ގުޅިގެން ހައިކޯޓުން ނިންމާފައިވާ ނިންމުމާއި އަދި ހަމަ އެމައްސަލާގައި ސުޕްރީމް ކޯޓުން މީގެކުރިން ނިންމާފައިވާ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި، ކްރިމިނަލް ކޯޓުން ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް މުރާޖައާ ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުމާމެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން، އެމައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން، ރައީސް ނަޝީދުއާ މެދު ފިޔަވަޅު އެޅިދާ ހާލަތަކީ ރައީސް ނަޝީދުއަށް އިއާދަ ނުކުރެވޭނެ ފަދަ ގެއްލުމެއްވުމުގެ އިހުތިމާލު އޮތްކަމެއް ކަމަށް ބުނެ، ސުޕްރީމް ކޯޓަށް ޕީޖީ އޮފީހުން ހުށަހަޅާފައިވާ ކަމަށެވެ.

މީގެއިތުރުން، ރައީސް ނަޝީދުގެ މައްސަލައާމެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން، ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ފަސް ކޮށްދިނުމަށާއި އަދި އެމައްސަލައާއި ގުޅިގެން ކަމާބެހޭ އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައިވާ ކަމަށެވެ. ސުޕްރީމް ކޯޓުގެ ވަގުތީ އަމުރު ނެރެފައިވަނީ ވެސް ޕީޖީ އޮފީހުން އެދިފައިވާ ގޮތަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް