19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

ޕީޕީއެމް

މިހާރުގެ އީސީއާއެކު މަޖިލިސް އިންތިޚާބު ބާއްވަން ހެޔޮ ނުވާނެ: އަބްދުއްރަހީމް

  • ކަރުދާސް ނައްތާލި ސަބަބު ފުލުހުން ހާމަ ކުރަންޖެހޭނެ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 8 ނޮވެންބަރު 2018 | ބުރާސްފަތި 15:31 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  5. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
  8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


އަބްދުއްރަހީމް -- ފޮޓޯ: މުހައްމަދު ޝަރުހާން

އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވި ބޭފުޅުންނާއި އެކު މަޖިލިސްގެ އިންތިޚާބު ބާއްވަން "ހެޔޮ ނުވާނެ" ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ދައްކާ ވާހަކަތައް ޤަބޫލު ނުކުރައްވާކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނޭނގޭ އިލެކްޝަންސް ކަމިޝަނުން ދެއްކި ކަރުދާހަކީ 1978 ވަނަ އަހަރުގެ ކަރުދާހެއް ކަމެއް. 2004 ވަނަ އަހަރުގެ ކަރުދާހެއް ކަމެއް. ނުވަތަ 2003 ވަނަ އަހަރުގެ ކަރުދާހުގެ ނޫން ކަމެއް. އެއީ ޝަރީފް ދައްކާ ވާހަކަ ގަބޫލު ނުކުރެވޭތީ" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އިންތިޚާބާއި ގުޅިގެން ޕީޕީއެމުން މައްސަލައެއް ހުށަހަޅާފައިވަނިކޮށް އިލެކްޝަންސް ކަމިޝަނުން ވޯޓު ކަރުދާސްތައް ނައްތާލުމަކީ ހެކި ނައްތާލަން ކުރި ކަމެއް ކަމަށެވެ. އަދި އެ ކަރުދާސް ހުންނަނީ އީސީއާއި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވާއިރު ކަރުދާސް ނައްތާލި ސަބަބު ފުލުހުން ހާމަ ކުރަންޖެހޭނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް