21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

ޕާކިސްތާން-އިންޑިއާ

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

  • ކުއްޖާ އަނބުރާ ލިބުމާއި ގުޅޭގޮތުން ކުއްޖާގެ މަންމަ ބުނީ، ކުއްޖާ ލިބޭނޭ ކަމުގެ ހުރިހާ އުންމީދެއް ކަނޑާލާފައިވަނިކޮށް ކުއްޖާ ލިބުމަކީ އަޖައިބެއް ފަދަ ކަމެއް ކަމަށް
އަހުމަދު އަނޫޝު | IamAhmedAnoosh

| 6 ފެބުރުވަރީ 2017 | ހޯމަ 16:57 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  3. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  4. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  5. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  6. މަސް މާރުކޭޓް ސަރަހައްދުގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ
  7. ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
  8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


ކުއްޖާގެ މަންމަ ރޯހިނާ ކިއާނީ އާއި އޭނާގެ ދަރިފުޅު -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ޕާކިސްތާނަށް ނިސްބަތްވާ ކުއްޖާގެ މަންމައަށް އޮޅުވާލައިގެން ފަސް އަަހަރުގެ ތުއްތު ކުއްޖަކު ގޮވައިގެން އެކުއްޖާގެ ބައްޕަ އިންޑިއާއަށް ދިޔަ މައްސަލަ ހައްލުކޮށް ކުއްޖާގެ މަންމަ އަށް ދަރިފުޅު ހޯދައިދިނުމުގައި އިންޑިއާ އިން ވެދިން އެހީތެރިކަމަށް ޕާކިސްތާނުން ޝުކުރު އަދާކޮށްފިއެވެ.

 

ޕާކިސްތާނުން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަބްދުލް ބާސިތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާނިއްޔަތާ ގުޅިފައިވާ ކަމެއްގައި އިންޑިއާއިން ދިން އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

 

އުމުރުން ފަސް އަހަރުގެ އިފްތިޚާރް އަހްމަދު، އޭނާގެ މަންމަ ރޯހިނާ ކިއާނީއާ ހަވާލު ކުރެވުނީ ޕާކިސްތާނުގެ ޕަންޖާބް ޕްރޮވިންސްގެ އިންޑިއާ-ޕާކިސްތާނު ސަރަހައްދީ އިމުގެ ވަގާހް ދޮރާށި ކައިރީގައި ހޮނިހިރު ދުވަހު ހަވީރު ކަމަށްވާއިރު، ކުއްޖާ ހަވާލުކުރީ އިންޑިއާގެ އިންފާރަވެރިންނެވެ.
 

ކުއްޖާ އަނބުރާ ލިބުމާ ގުޅޭ ގޮތުން ކުއްޖާގެ މަންމަ ބުނީ، ކުއްޖާ ލިބޭނޭ ކަމުގެ ހުރިހާ އުންމީދެއް ކަނޑާލާފައި ވަނިކޮށް ކުއްޖާ ލިބުމަކީ އަޖައިބެއް ފަދަ ކަމެއް ކަމަށެވެ.

 

ފަސް އަހަރުގެ ތުއްތު ކުއްޖާގެ ބައްޕައަކީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ގުލްޒާރް އަހްމަދު ތާންތްރޭއެވެ. އޭނާގެ އަތުން ތުއްތު ކުއްޖާ އަތުލުމަށް ޝަރީއަތެއް ހިންގިއިރު ކަޝްމީރުގެ ޕާކިސްތާނު ފަޅިއަށް ނިސްބަތްވާ ކުއްޖާގެ މަންމަ ރޯހިނާ ކިއާނީ އޭނާގެ ދަރިފުޅު ހޯދުމަށް އިންޑިއާގެ ކޯޓެއްގައި ދައުވާކުރީ އިންޑިއާގައި ހުންނަ ޕާކިސްތާނު އެމްބަސީ މެދުވެރި ކޮށެވެ. އަހަރެއްހާ ދުވަހަށް ދެމިގެން ދިޔަ ޝަރީއަތަށް ފަހު ކޯޓުން ހުކުމްކުރީ ދަރިފުޅު އޭނާގެ މަންމައާ ހަވާލު ކުރުމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް