16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ސްރީލަންކާ

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

  • ރައީސް ސިރިސޭނާ މި ނިންމެވުން ނިންމެވީ މި އަހަރުގެ ފެބްރުއަރީ މަހު 4 ވަަނަ ދުވަހު ފާހަގަ ކުރި އެގައުމުގެ މިނިވަން ދުވަހުގެ މުނާސަބާގަ
އަހުމަދު އަނޫޝު | IamAhmedAnoosh

| 6 ފެބުރުވަރީ 2017 | ހޯމަ 16:45 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


މައިތްރިޕަލަ ސިރިސޭނާ -- ގޫގުލް

ސްރީލަންކާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ލުޔެއް ދެއްވާ އެ ފަރާތްތަކުގެ ހުކުމް، ސްރީލަންކާގެ ރައީސް މައިތްރިޕަލަ ސިރިސޭނާ އުމުރުދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރައްވައިފިއެވެ.

 

ރައީސް ސިރިސޭނާ މި ނިންމެވުން ނިންމެވީ މި އަހަރުގެ ފެބްރުއަރީ މަހު 4 ވަނަ ދުވަހު ފާހަގަ ކުރި އެގައުމުގެ މިނިވަން ދުވަހުގެ މުނާސަބާގައެވެ.

 

ސްރީލަންކާ ސަރުކާރުގެ ޖަލުތަކާބެހޭ ކޮމިޝަނަރު ނިޝާން ޑަނަސިންހަ ވިދާޅުވީ ރައީސް ސިރިސޭނާ 60 މީހެއްގެ މަރުގެ ހުކުމަށް ލުޔެއް ދެއްވީ ސްރީލަންކާ ސަރުކާރުގެ ޖަސްޓިސް މިނިސްޓަރު ވިޖެދާސަ ރާޖަޕަކްސަ ދެއްވި މަޝްވަރާގެ މަތިން ކަމަށެވެ.

 

މަރުގެ ހުކުމަށް ލުޔެއް ދެއްވައި ޖަލުހުކުމަށް ބަދަލުކުރި ގިނަ ކުށްވެރިންނަކީ ގަސްދުގައި މީހުން މެރުމުގެ ކުށުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނެވެ.

 

މީހުން މެރުމާއި، ރޭޕު ކުރުމާއި، ޑްރަގް ޓްރެފިކިން ފަދަ ސީރިއަސް ކުށްތަކަށް ސްރީލަންކާގެ ކޯޓްތަކުން މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވަމުން ގެންދިޔަ ނަމަވެސް، އެއްވެސް މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމެއް 1976 ވަނަ އަހަރުގެ ފަހުން މިހާތަނަށް ތަންފީޒް ކޮށްފައެއް ނުވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް