20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގު: ދަގަނޑޭގެ ލަނޑުން ގްރީން އަތުން ޓީސީ އަށް ހަނި މޮޅެއް

  • ޓީސީ ތާވަލުގެ އެއްވަނައިގައި އޮތީ 36 ޕޮއިންޓާއެކު
  • ގްރީންގެ މައްޗަށް ޓީސީ ކުރިހޯދީ 1-2 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 8 ނޮވެންބަރު 2018 | ބުރާސްފަތި 09:09 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  4. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  5. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި
  8. ތުހުމަތާ ގުޅޭ ގޮތުން ސުވާލެއް ވެސް ނުކުރޭ، އެއީ އެމްޑީޕީގެ ނިންމުމެއް ނޫން: މުޣުނީ


ޓީސީ އަދި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން -- އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބުކުރި ލަނޑުން ކްލަބް ގްރީން ސްޓްރީޓްސް އަތުން ޓީސީ ސްޕޯޓްސް ކްލަބް ހަނި މޮޅެއް ހޯދައިފިއެވެ.

ބުދަ ދުވަހުގެ ރޭ ކުލޫނު މެޗުން ގްރީންއާ ވާދަކޮށް ޓީސީން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ޓީސީން ދިޔައީ ގްރީންގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން ފުރަތަމަ ހާފްގެ ކުރީކޮޅު ޓީސީން ވަނީ ގިނަ ހަމަލާތަކެއް ގްރީންގެ ގޯލަށް ފޮނުވާލާފައެވެ. އެހެން ނަމަވެސް ގްރީންގެ ކީޕަރު ލަބާން ވަނީ ޓީސީގެ ހަމަލާތައް ދިފާއުކޮށްފައެވެ.  

ގްރީން އިން ވެސް ވަނީ ފުރަތަމަ ހާފްގައި ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން 36 ވަނަ މިނެޓުގައި އަސްހަދު އަލީ (އަޑުބަރޭ) ފޮނުވާލި ހަމަލާ ހިމެނެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ޓީސީން ވަނީ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން 58 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކުރީ ދަގަނޑޭއެވެ. މެޗުގެ ފަހު 10 މިނެޓު ތެރޭގައި ޓީސީ އަދި ގްރީން އަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާ އެކު ޓީސީ އޮތީ 13 މެޗުން ލިބުނު 36 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް މާޒިޔާ އަށް 12 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތީ 13 މެޗުން 27 ޕޮއިންޓް ހަމަކޮށްގެން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. ހަތަރު ވަނައިގައި ކްލަބް އީގަލްސް އޮތީ 12 މެޗުން ލިބުނު 26 ޕޮއިންޓާއެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް