21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

އޫރިދޫ މޯލްޑިވްސް

ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި

  • ފައިން ޓެކްސީ ސެންޓަރުން ޚިދުމަތްދޭ ހުރިހާ ޓެކްސީއެއްގައި އެމްފައިސާ މެދުވެރިކޮށް ފައިސޭ ދެއްކޭނެ
ރިޒުނާ ޒަރީރު | RiznaZareer

| 6 ފެބުރުވަރީ 2017 | ހޯމަ 16:03 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  4. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  5. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޓީއެފްޖީ ލޯންގް ރަން 2019 ގައި ބައިވެރިވެވަޑައިގެންފި
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. އެންމެ ފުރަތަމަ މާލީ ބަޔާން ހުށަހެޅުއްވި ކެންޑިޑޭޓަކަށް ނާދިރާ
  8. މެނިފެސްޓޯ ތަންފީޒު ކުރަން މަޖިލިސް މެމްބަރުނާއި ވަޒީރުން ހިމެނޭ ގޮތަށް ފަސް ކޮމެޓީއެއް


އުރީދޫ އާއި ފައިން ޓެކްސީ ގުޅިގެން ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެގޮތް ތަޢާރަފްކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ފައިން ޓެކްސީ ސެންޓަރުގެ ޓެކްސީ ދަތުރުތަކަށް އުރީދޫ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ނިޒާމް ޤާއިމްކޮށްފި އެވެ.

 

އުރީދޫގެ ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިކަން އިޢުލާނު ކުރެއްވީ ފައިން ޓެކްސީ ސެންޓަރުގެ ވެރިޔާ، އަޙްމަދު ޝިހާދު އަދި އުރީދޫގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒު އެވެ.

 

އުރީދޫ އާއި ފައިން ޓެކްސީ އާއި ދެމެދު ޤާއިމްކުރެވުނު މި ޕާރޓްނަރޝިޕްގެ ދަށުން ފައިން ޓެކްސީ ސެންޓަރުން ޚިދުމަތްދޭ ހުރިހާ ޓެކްސީއަކަށް ވެސް އުރީދޫ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށާއި ޓެކްސީ ޚިދުމަތް ބޭނުންކުރާ ހުރިހާ ފަރާތްތައް ވެސް މޯބައިލް ފޯނު މެދުވެރިކޮށް ރައްކާތެރިކަމާ ފަސޭހަކަމާ އެކު ވަގުތުން ފައިސާ ދެއްކެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

 

އުރީދޫގެ ޑިޖިޓަލް މޯލްޑިވްސް ތަޞައްވުރާއި ގުޅިގެންދާ ގޮތުން މޯބައިލް ފޯނު މެދުވެރިކޮށް ރައްކާތެރިކަމާ ފަސޭހަކަމާ އެކު ޓެކްސީ ދަތުރުތަކަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ އުފާކުރާ ކަމެއް ކަމަށާއި އުރީދޫ އިން ހިއްސާކުރާ އާންމު ދިރިއުޅުން ފަސޭހަ ކުރުމުގެ ތަސައްވުރާއި އެކު، މިގުޅުމުގެ ސަބަބުން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ޔަގީންކުރާ ކަމަށް އުރީދޫގެ ހެޑް އޮފް ސޭލްސް، ހުސައިން ނިޔާޒު ވިދާޅުވިއެވެ.

 

މި ޕާރޓްނަރޝިޕްގެ ދަށުން ޓެކްސީތަކަށް ޑިޖިޓަލީ ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާ އެންމެ ފުރަތަމަ ސެންޓަރަކަށް ފައިން ޓެކްސީ ވުމަކީ ނުހަނު ފަޚުރުވެރިވާ ކަމެއް ކަމަށާއި ފައިސާ މާރު ކުރުމަށް ދިމާވާ ދަތިތަކަށް ފުރިހަމަ ޙައްލެއް ލިބިދޭ މި ނިޒާމުން ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފައިން ޓެކްސީ ސެންޓަރުގެ ވެރިޔާ އަޙްމަދު ޝިހާދު ވިދާޅުވިއެވެ.

 

މި ޕާރޓްނަރޝިޕާ އެކު އުރީދޫ އެމްފައިސާ މެދުވެރިކޮށް ޓެކްސީއަށް ފައިސާ ދައްކާ ފަރާތްތަކަށް މަހަކު 1،000 އެމްބީ އާ ހަމައަށް ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފައެވެ. އަދި އެމްފައިސާ މެދުވެރިކޮށް ޕްރީޕެއިޑް ރިޗާރޖް ކުރާ ކޮންމެ ފަހަރަކު %25 އިތުރު ކްރެޑިޓް، އެމްފައިސާ މެދުވެރިކޮށް ޕޯސްޓްޕެއިޑް ބިލް ދެއްކެވުމުން ކުރިއަށް އޮތް މަހުގެ ބިލުން %5 ޑިސްކައުންޓް، އަދި ކަނޑައެޅިފައިވާ އެމްފައިސާ މާރޗެންޓްތަކުން ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އޫރިދޫއިން ބުންޏެވެ.

 

ޑިޖިޓަލް ދިވެހިރާއްޖެއެއް ޤާއިމްކުރުމުގެ ތަޞައްވުރާއެކު 2016 ވަނަ އަހަރުގެ ޖުލައި މަހު އުރީދޫ އެމްފައިސާ ތަޢާރަފްކޮށްފައިވާއިރު، އުރީދޫގެ އަމާޒަކީ އެމްފައިސާގެ ޚިދުމަތާ އެކު ދުވަހުން ދުވަހަށް ކުރަންޖެހޭ ފައިސާގެ މުއާމަލާތްތައް ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމާ، ރައްކާތެރިކަމާއި އެކު ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދިއުން ކަމަށް އެކުންފުނިން ބުންޏެވެ.

 

އުރީދޫ އެމްފައިސާ ޚިދުމަތުގައި މޮބައިލް އެކައުންޓް މެދުވެރިކޮށް ކަސްޓަމަރުންނަށް މޮބައިލް ފޯން ބޭނުންކުރައްވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ގާތް ތިމާގެ ބޭފުޅުންނަށް ފައިސާ ފޮނުއްވާ، އުރީދޫ ޕްރީޕެއިޑް އެކައުންޓް ރީޗާރޖް ކުރައްވާ، ވިޔަފާރި ކުރެއްވުމުގެ އިތުރުން ބިލްވެސް ދެއްކެވޭނެއެވެ. މި މޮބައިލް އެކައުންޓަށް އެސްޓީއޯ ފާމަސީތައްފަދަ އުރީދޫ އެމްފައިސާ ޚިދުމަތް ފޯރުކޮށްދޭ ސެންޓަރތައް މެދުވެރިކޮށް، ފައިސާ ޖަމާކޮށް، އެކައުންޓުން ފައިސާ ނެގޭނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް