20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ފްލައިޓަށް އެރުވި މޭވާ

ފްލައިޓަށް އެރުވި ދެ ޓަނުގެ ދޫރިއަންއާ ހުރެ ފަސިންޖަރުންނަށް އުނދަގޫވެ ފުރުން ލަސްވެއްޖެ

  • ފްލައިޓަށް އެރުވީ ދެ ޓަނުގެ "ދޫރިއަން" މޭވާ
  • މޭވާ ފްލައިޓުން ނުބާލަނީސް ފްލައިޓަށް އަރަން ފަސިންޖަރުން ވަނީ ދެކޮޅު ހަދާފައި
ސިމާހާ ނަސީމް | sim_kamana

| 7 ނޮވެންބަރު 2018 | ބުދަ 21:13 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ފްލައިޓަށް އެރުވި މޭވާގެ ފޮޓޯއެއް -- ގެޓީ އިމޭޖާސް

އިންޑޮނޭޝިއާގެ ފްލައިޓް ސްރީވިޖަޔަރ އެއަރޕްލޭން އަށް ފަސިންޖަރަކު އެރުވި ދެ ޓަނުގެ "ދޫރިއަން" މޭވާތަކާ ހެދި ފްލައިޓްގައި ތިބި އެހެން ފަސިންޖަރުންނަށް އުނދަގޫވެ ފުރުން އެއްގަޑިއިރަށް ލަސްވެއްޖެއެވެ.

އެ ފްލައިޓްގައި ތިބި ފަސިންޖަރުން ވަނީ އެ މޭވާގެ ނުބައި ވަހާ ހެދި އުނދަގޫ ވެގެން ފްލައިޓުން ފައިބާ، އެ މޭވާ ކާގޯ ހޯލްޑް ތެރެއިން ނުނެރެނީސް ފްލައިޓަށް އަރަން ދެކޮޅު ހަދާފައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މީހުންގެ ޝަކުވާތަކާ ގުޅިގެން އެއަރޕޯޓުގެ ކްރޫއިން ވަނީ އެ އެތަކެތި ފްލައިޓުން ބޭރުކޮށްފައެވެ. 

އެ ހާދިސާއަށް ފަހު އެއަރލައިންގެ ފަރާތުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދޫރިއަން މޭވޭ އެއަރލައިނަށް އެރުވުމަކީ މަނާ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެ މޭވާއަކީ ނުބައި ވަސް ދުވާ މޭވާއަކަށް ވުމުން ފްލައިޓްގެ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަރަށް ރަނގަޅަށް ބަންދު ކުރެވިފައި ހުންނަން ޖެހޭނެ ކަމަށް ވެސް އެއަރލައިނުން ބުންޏެވެ.

ދުނިޔޭގެ ބައެއް ޤައުމުތަކުގައި، އެއްގަމު ދަތުރު ކުރާއިރު އާއި ބައެއް ހޮޓާތަކަށް ދޫރިއަން މޭވާ ވެއްދުން ވަނީ މަނާކޮށްފައެވެ. އެއީ އެއިން ދުވާ ނުބައި ވަހުގެ ސަބަބުންނެވެ. އަދި ފްލައިޓަށް އަރުވާ ނަމަ ވަސް ބޭރުނުވާނެ ގޮތަކަށް ބަންދުކުރަންޖެހެއެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް