20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

އެމެރިކާގެ މިޑްޓަރމް އިންތިޚާބު

އެމެރިކާގެ މިޑްޓަރމް އިންތިޚާބު: ސެނޭޓްގެ އަޣުލަބިއްޔަތު ލިބިވަޑައިގަތުމުން ޓްރަމްޕް އުފާފާޅުކުރައްވަނީ

  • ސެނޭޓްގައި ރިޕަބްލިކަނުންގެ އަޣުލަބިއްޔަތު ވަނީ އިތުރުވެފައި
އަބުދުﷲ މުހައްމަދު | 8Abbo

| 7 ނޮވެންބަރު 2018 | ބުދަ 19:52 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


މި ފަހަރުގެ އިންތިޚާބާ އެކު ސެނޭޓުގައި ރިޕަބްލިކަނުންނަށް ލިބިފައިވާ ގޮނޑީގެ އަދަދު 54 އަށް އަރާ -- ބީބީސީ

އެމެރިކާގެ މިޑްޓަރމް އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އަޣުލަބިއްޔަތު ހޯދާފައިވަނިކޮށް ސެނޭޓްގެ އަޣްލަބިއްޔަތު ރިޕަބްލިކަން ޕާޓީއަށް ލިބުމުން ރައީސް ޑޮނަލްޑް ޓްރަމްޕް އެއީ "ބޮޑު ކާމިޔާބީއެއް ކަމަށް" ވިދާޅުވެ އުފާ ފާޅުކުރައްވައިފިއެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ނުވަތަ ގާނޫނުހަދާ މަޖިލީހުގެ ތިރިގޭގައި ރައީސް ޓްރަމްޕްގެ ލެޖިސްލޭޓިވް އެެޖެންޑާ ހުއްޓުވޭ މިންވަރަށް ޑިމޮކްރޭޓުން ވަނީ އަޣުލަބިއްޔަތު ހޯދާފައެވެ.

މިއާ އެކު މެކްސިކޯ އާއި އެމެރިކާއާ ދެމެދު އަޅުއްވާނެ ކަމަށް ރައީސް ޓްރަމްޕް ވައުދުވެވަޑައިގެންފައިވާ ފާރުގެ މަސައްކަތް ކުރެއްވުމުގެ ފުރުސަތު ކުޑަވެގެންދާނެއެވެ.

ނަމަވެސް ސެނޭޓްގެ އަޣުލަބިއްޔަތު ރައީސް ޓްރަމްޕް ހޯއްދެވުމުން މައި މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި އަދިވެސް ރިޕަބްލިކަނުންގެ ކޮންޓްރޯލް އޮންނާނެއެވެ.

މި އިންތިޚާބަށް ފަހު ސެނޭޓްގައި ރިޕަބްލިކަނުންގެ އަޣްލަބިއްޔަތު އޮތް މިންވަރަށް ވުރެ ވެސް އިތުރުވެގެންދާނެއެވެ.

ސެނޭޓްގައި 100 ގޮނޑި ހިމެނޭއިރު މީގެ ކުރިން 51 ގޮނޑި ރިޕަބްލިކަނުން ކޮންޓްރޯލް ކުރަމުންދިޔަ ނަމަވެސް މިފަހަރުގެ އިންތިޚާބާ އެެކު އެ އަދަދު 54 އަށް އަރައެެވެ.

އަށް އަހަރަށް ފަހު ތިރިގޭގެ އަޤުލަބިއްޔަތު ޑެމޮކްރޭޓުން ހޯދާފައިވާއިރު މިއީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ކުރިމަތިވެ ވަޑައިގެންނެވި ބޮޑު ނާކާމިޔާބެކެވެ.

އަންގާރަ ދުވަހުގެ އިންތިޚާބު ފެނިގެން ގޮސްފައި ވަނީ މަގުބޫލުކަން ކުޑަވަމުންދާ ރައީސް ޓްރަމްޕްއާ މެދު ނެގޭ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައެވެ.

މިޑްޓަރމް އިންތިޚާބުގައި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ 435 ގޮނޑިއާ ސެނޭޓްގެ 35 ގޮނޑި އަދި އެމެރިކާގެ 36 ސްޓޭޓާއި އެމެރިކާގެ ތިން ޓެރިޓަރީއަށް 39 ގަވަރުނަރުން އިންތިޚާބުކުރާނެއެވެ.

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ދެ ގެ ކަމަށްވާ ސެނޭޓް އަދި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ވެސް މި ވަގުތު އަޣުލަބިއްޔަތު އޮތީ ރައީސް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް