18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

މީރާ

މީރާ އިން ފައިސާ ހޯދާ ދެ އުސޫލެއް ލުއިކޮށްފި

  • އިސާ ނުދައްކައިގެން އެ ކައުންޓް ފްރީޒްކޮށްފައިވާ ކުންފުންޏެއްގެ މައްސަލަ ކޯޓުގައި ރަޖިސްޓަރީ ކުރުމާ އެކު އެ އެކައުންޓް ދޫކޮށްލާނެ
ސިމާހާ ނަސީމް | sim_kamana

| 7 ނޮވެންބަރު 2018 | ބުދަ 19:22 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  8. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) -- ފޮޓޯ: މުހައްމަދު ޝަރުހާން

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުދައްކައި ހުންނަ ފައިސާ ހޯދުމުގެ ދެ އުސޫލެއް ލުއިކޮށް ގެޒެޓް ކޮށްފިއެވެ.

ދައުލަތުގެ ޓެކްސް އިދާރާގެ އެންފޯސްމަންޓް ޕޮލިސީއަށް ބަދަލުގެނެސް ގެޒެޓް ކޮށްފައިވާ ޤަވާއިދަކީ ކުންފުނިތަކުގެ އެކައުންޓް ފްރީޒް ކުރުމާއި ކުދި ވިޔަފާރިތަކުން ދައްކަން ޖެހޭ ފައިސާ ބަހާލައިގެން ދައްކާ އުސޫލެވެ. ކުރިން އަމަލު ކުރަމުން އައި ގޮތުން މީރާއަށް ފައިސާ ނުދައްކައިގެން ފްރީޒްކުރާ އެކައުންޓްތައް ދޫކޮށްދެނީ އެ ފައިސާ ދައްކާ ހަލާސް ކުރުމުންނެވެ.

އެހެން ނަމަވެސް މިހާރު ގެޒެޓްކުރި ޤަވާއިދުގައި ފައިސާ ނުދައްކައިގެން އެ ކައުންޓް ފްރީޒްކޮށްފައިވާ ކުންފުންޏެއްގެ މައްސަލަ ކޯޓުގައި ރަޖިސްޓަރީކުރުމާ އެކު އެ އެކައުންޓް ދޫކޮށްލާނެއެވެ. އަދި މައްސަލައަށް ވަކި ގޮތެއް ނުނިމުނު ކަމުގައި ވިޔަސް އެކައުންޓް ފްރީޒްކުރާތާ 90 ދުވަހުގެ ތެރޭގައި އެކައުންޓް ދޫކޮށްލުމަށް މީރާ އިން ވަނީ ނިންމާފައެވެ. މީގެ އިތުރުން އެކައުންޓް ފްރީޒް ކޮށްފައިވާ މައްސަލަ އިސްތިއުނާފަށް ހުށަހަޅާ ހިސާބުން ވެސް މީރާ އިން އެކައުންޓް ދޫކޮށްދެއެވެ.

މީގެ އިތުރުން އަލަށް ގެނައި ބަދަލާ އެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައްކަން ޖެހޭ ފައިސާ ބަހާލައިގެން ދެއްކުމަށް ވަނީ ލުޔެއް ގެނެސްފައެވެ. ކުރިން އަމަލުކުރާ ގޮތުން، ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދެނީ ދައްކަންޖެހޭ ފައިސާގެ އަދަދު 20،000ރ. އަށް ވުރެ މަތިކަމުގައިވާ ނަމައެވެ. އެކަމަކު، މިހާރު ވަނީ އެ އަދަދަކީ 10،000ރ. އަށް ބަދަލުކޮށްފައެވެ.

މީރާ އަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުން އެ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ އެ ފަރާތެއް ބްލެކް ލިސްޓްކޮށް، ކަމާ ބެހޭ ފަރާތްތަކަށް އެކަން މީރާ އިން އަންގައެވެ. އަދި ޓެކްސްގެ ގޮތުގައި މީރާ އިން ކަނޑައަޅާ އަދަދަކާ މެދު ހިތްހަމަނުޖެހިގެން އެ މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅޭނީ ވެސް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދެއްކުމުން ކަމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި ވެއެވެ.

އެ ކައުންޓް ފްރީޒް ކުރާ އުސޫލަށް ލުއި ގެނައި ނަމަވެސް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް ފިޔަވަޅު އަޅާ އުސޫލަކަށް މީރާ އިން ބަދަލެއް ގެނެސްފައެއް ނުވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް