17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އެމެރިކާގެ މިޑްޓަރމް އިންތިޚާބު

އެމެރިކާގެ މިޑްޓަރމް އިންތިޚާބު: ތިރިގޭގެ އަޣުލަބިއްޔަތު ޑެމޮކްރޭޓުންނަށް

  • ގާނޫނުހަދާ މަޖިލީހުގެ ދެގޭގައިވެސް މިވަގުތު އޮތީ ރިޕަބްލިކަންގެ އަޣުލަބިއްޔަތު
އަބުދުﷲ މުހައްމަދު | 8Abbo

| 7 ނޮވެންބަރު 2018 | ބުދަ 11:39 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ތިރިގޭގެ އަޣުލަބިއްޔަތު ޑެމޮކްރޭޓުން ހޯދާއިރު ސެނޭޓްގެ އަޣުލަބިއްޔަތު ރިޕަބްލިކަނުން ހޯދާނެކަމަށް ވޯޓުން ދައްކާ -- ބީބީސީ

 

އެމެރިކާގައި އަންގާރަ ދުވަހު ބޭއްވި މިޑްޓަރމް އިންތިޚާބުގައި ހައުސް އޮފް ރެޕްރެޒެންޓޭޓިވް ނުވަތަ އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ އަޣުލަބިއްޔަތު ޑެމޮކްރޭޓުން ހޯދައިފިއެވެ.

އަށް އަހަރަށް ފަހު ތިރިގޭގެ އަޤުލަބިއްޔަތު ޑެމޮކްރޭޓުން ހޯދާފައިވާއިރު މިއީ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ކުރިމަތިވެ ވަޑައިގެންނެވި ބޮޑު ނާކާމިޔާބެކެވެ.

ނަމަވެެސް އެ މަނިކުފާނު ރިޕަބްލިކަން ޕާޓީންދަނީ ސެނޭޓްގައި އެ ޕާޓީ ވަރުގަދަކުރުމާ ދިމާލަށެވެ.

އަންގާރަ ދުވަހުގެ އިންތިޚާބު ފެނިގެން ގޮސްފައިވަނީ މަގުބޫލުކަން ކުޑަވަމުންދާ ރައީސް ޓްރަމްޕްއާމެދު ނެގޭ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައެވެ.

ޑެމޮކްރޭޓުންނަށް އަޣުލަބިއްޔަތު ލިބުމާއެކު ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކަންކަން ތަހުގީގު ކުރުމާއި ވިޔަފާރީގެ ގުޅުންތައްވެސް ބެލުމުގެ ބާރު ލިބިގެންދާނެއެވެ.

މީގެއިތުރުން ރައީސް ޓްރަމްޕް ހުށަހަޅުއްވާ ގާނޫނުތައް ހުއްޓުވުމުގެ ބާރު ލިބިގެންދާނެއެވެ. މިއާއެކު މެކްސިކޯއާއި އެމެރިކާއާދެމެދު އަޅުއްވާނެ ކަމަށް ރައީސް ޓްރަމްޕް ވައުދުވެވަޑައިގެންފައިވާ ފާރުގެ މަސައްކަތް ކުރެއްވުމުގެ ފުރުސަތު ކުޑަވެގެންދާނެއެވެ.

މިޑްޓަރމް އިންތިޚާބުގައި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ 435 ގޮނޑިއާ ސެނޭޓްގެ 35 ގޮނޑި އަދި އެމެރިކާގެ 36 ސްޓޭޓާއި އެމެރިކާގެ ތިން ޓެރިޓަރީއަށް 39 ގަވަރުނަރުން އިންތިޚާބުކުރާނެއެވެ.

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ދެ ގެ ކަމަށްވާ ސެނޭޓް އަދި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ވެސް މި ވަގުތު އަޣުލަބިއްޔަތު އޮތީ ރައީސް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށެވެ.

 

T

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް