17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ލޫކަ މޮޑްރިޗް

ޔުވަންޓަސް އިން މޮޑްރިޗް ހޯދުމަށް މަސައްކަތް ކުރަނީ!

  • މޮޑްރިޗްގެ އެއްބަސްވުން ހަމަވާނީ 2020 ގައި
ލީވާން އަލީ | MrLeevaan

| 6 ނޮވެންބަރު 2018 | އަންގާރަ 19:22 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ރެއާލް އަށް ކުޅެމުން އަންނަ ލުކަ މޮޑްރިޗް -- އޭއެފްޕީ

ޔުވަންޓަސް އިން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފިލްޑަރު ލޫކަ މޮޑްރިޗް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑޮން ބެލޮން އިން ބުނީ ޔުވަންޓަސްގެ މިޑްފިލްޑް ވަރުގަދަކުރުމުގެ ގޮތުން މޮޑްރިޗް ހޯދުމަށް އެ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން ވަރަށް އަވަހަށް އޭނާ ހޯދުމަށް ބިޑެއް ހުށަހެޅުމަށް އުޅޭ ކަމަށެވެ.

ނިމިދިޔަ ޓްރާންސްފާ ބާޒާރުގައި އިންޓަ މިލާނުން ވެސް ހޯދަން މަސައްކަތްކުރި މޮޑްރިޗް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އެމެރިކާ ލީގުގެ ކްލަބްތައް ވެސް ހިމެނެއެވެ.

ރެއާލްއާ އެކު މޮޑްރިޗް ހަދާފައިވާ އެއްބަސްވުން 2016 ވަނަ އަހަރު އާކޮށްފައިވާއިރު، އޭނާ ހަދާފައިވާ އާ އެއްބަސްވުން ހަމަވާނީ 2020 އަހަރެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ، މޮޑްރިޗް ދޫކޮށްލެވެން އޮތް ހަމައެކަނި ގޮތަކީ އޭނާ ހޯދުމަށް 750 މިލިއަން ޔޫރޯ ކްލަބަކުން ހުށަހެޅުން ކަމަށެވެ.

ރަޝިއާގައި ނިމިގެންދިޔަ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މޮޑްރިޗް ވަނީ ނިމިގެންދިޔަ ސީޒަނުގައި ރެއާލްއާއެކު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

ޓޮޓެންހަމް ހޮޓްސްޕާ އިން ވިދާލި މޮޑްރިޗް ބާސާ އަށް ބަދަލުވީ 2012 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 272 މެޗުގައި 13 ލަނޑު ކާމިޔާބުކޮށްފައެވެ.

ކްރޮއޭޝިއާގެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ފާއިތުވެދިޔަ ދެއަހަރުވެސް ހޯދާފައިވާ މޮޑްރިޗް ވަނީ އެޓީމަށް ކުޅުނު 116 މެޗުގައި 14 ލަނޑު މިހާތަނަށް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް