18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

12 މެމްބަރުންގެ ގޮނޑި

ރައްޔިތުންނަށްޓަކައި ވި ޤުރުބާނީ ބަލައިގަނޭތޯ ބަލަން ރައްޔިތުންނަށް ދޫކޮށްލާ!

  • ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން އާއްމުން އެއްބަހެއް ނޫން
  • ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން އެއްބަސްވެފައިވާ ކަމަށް މެމްބަރުންނާއި ރައީސް މައުމޫން ވިދާޅުވި
  • އެމްޑީޕީ ޓިކެޓް ދޭނީ ޕްރައިމަރީއަކުން ކަމަށް ރައީސް ނަޝީދު ވިދާޅުވި
މިއުވާން މުހައްމަދު | Miuvaan

| 6 ނޮވެންބަރު 2018 | އަންގާރަ 18:00 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  6. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ވޯޓު ދެއްވަނީ -- އާކައިވް

ޓްވިޓަރ އަށް ލޮގް އިން ކޮށްލި އިރު ކަމަކުދާކަށް ނެތެވެ. އެއްކަލަ 12 މެމްބަރުންނަށާއި 4 ލީޑަރުންނަށް މީހުން އެއްޗެހި ކިޔާ ނަގަނީއެވެ. ވީ ކީއްތޯ ބަލާލިއިރު އެއްކަލަ 12 މެމްބަރުންނަށް "ތަބަކަކަށް ލާފައި މަޖިލިސް ޓިކެޓް ދޭތީ" އެންމެން ރުޅި ގަދަވީއެވެ. މެމްބަރުންނަށް ޓިކެޓް ދެއްވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ. އަނެއްބައި މެމްބަރުން ވިދާޅުވަނީ ރައީސް ނަޝީދު ވިދާޅުވި އެއްޗެއް އެ މެމްބަރުންނަށް "މާބޮޑަށް ޕޮޒިޓިވްކޮށް" ނެންގެވުނީ ކަމަށެވެ. ދެން ފެނުނީ އެފަދަ އެއްބަސްވުމެއް އޮތް ކަމަށް ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވިތަނެވެ. އެވިދާޅުވާ އެއްބަސްވުމެއް ވެސް، އަދި ކޯލިޝަންގެ އެހެން އެއްބަސްވުމެއް ވެސް އަދި ރައްޔިތުންނަށް ނުފެންނާތީ އެއަށް އެއްޗެއް ދަންނަވާކަށް އަޅުގަނޑަކަށް ނޭނގެއެވެ.

ކޮންމެއަކަސް، އަޅުގަނޑަށް އެނގޭ އެއްޗަކީ ޑިމޮކްރަސީގެ ރީތި އުޞޫލަކީ ވެސް އަދި ދިވެހިން ބޭނުންވާ ގޮތަކީ ވެސް އެ މީހަކު ތަމްސީލް ކުރަން ބޭނުންވާ މީހަކު ހޮވުމަށް އެމީހެއްގެ ވެސް ބަހެއް އޮތުމެވެ. ޕާޓީތަކުގެ ޓިކެޓްގައި ނިކުންނާނެ ބަޔަކު ޕާޓީތަކުން ކަނޑައެޅުމެވެ. ޕާޓީތަކުން ކެންޑިޑޭޓުން ނެރުމުން އެދާއިރާއެއްގެ ރައްޔިތުން ވޯޓު ލައިގެން އެންމެ ރަނގަޅު ކެންޑިޑޭޓަކު މަޖިލީހުގެ ގޮނޑިއަށް ހޮވުމެވެ. 

ތެދެކެވެ. 12 މެމްބަރުން ޤުރުބާނީތަކެއް ވިއެވެ. ދައުރުގެ ދެބައިކުޅަ އެއްބައިގައި ރައީސް ޔާމީންގެ ވެރިކަން ދިފާޢުކުރަން މަސައްކަތް ކުރެއްވި ނަމަވެސް، ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ތެދުވެ، ހައްޤުބަސް ވިދާޅުވުމުގެ 'ގަޓު' އެ މެމްބަރުންގެ ހުއްޓެވެ. އެހެންނަމަވެސް އެއީ އެ މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ޖެހޭ ސަބަބެއް ނޫނެވެ. އެހެން ކަމަށްވާ ނަމަ މަހުލޫފާއި، އީވާ އާއި، އަބްދުﷲ ޝާހިދާއި، އިމްތިޔާޒް ފަހުމީ އާއި މާރިޔާ އާއި، ފައްޔާޒް އާއި މިހެން ގޮސް މަޖިލީހުގައި ނަގާ ކިޔާ ކަމަށް މީހުން ބުނާ ހުރިހާ މެމްބަރުންނަށް ޓިކެޓް ހައްޤެވެ. ރޮޒައިނާގެ މޫނު މައްޗަށް ނިހާން އަނގައިގައި ހުރި ފެންތައް ބުރުވާލި މަންޒަރު ރައްޔިތުން ދެކޭނެއެވެ. އޭގެ ބަދަލު ރޮޒައިނާ އަށް ވެސް ލިބެން ޖެހޭނެއެވެ. އެހެން ނަމަވެސް އެއީ އޮޓޮމެޓިކުން 5 އަހަރުގެ ދައުރަކަށް ޤާނޫނު ހަދާ މަޖިލީހަށް ހޮވެން ޓިކެޓް ދޭން ޖެހޭ ސަބަބެއް ނޫނެވެ. 

ރައްޔިތުންގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އޭރު ނިންމިއިރު، ބައި އިލެކްޝަނެއް ބާއްވައި، އެގޮނޑިތަކަށް އަލުން މެމްބަރުން އިންތިޚާބުކުރާ ވާހަކަ ދެއްކިއެވެ. އޭރު ބައި އިލެކްޝަންތައް ބޭއްވި ނަމަ އެބޭފުޅުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭންވީއެވެ. އޭރު ހައްޤެވެ. ރައްޔިތުން އެކަމާ މާބޮޑަށް ހިތްހަމަ ނުޖެހިގެން އުޅޭނެހެނެއް ހިއެއް ނުވެއެވެ. އެހެން ނަމަވެސް މިއީ އެހެން ދައުރެކެވެ. ހޮވަން މިއުޅެނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. 12 މެމްބަރުން ރައީސް ޔާމީނާއި ދުރަށް ވަޑައިގަތީ ޑިމޮކްރަސީ އާއި ހެޔޮވެރިކަމުގެ ވިސްނުންފުޅުގައި ނަމަ އެ ބޭފުޅުން ވެސް ބައި އިލެކްޝަނަކަށް ތާޢިދުކުރައްވަން ވީއެވެ. 12 މެމްބަރުންނަކީ ވެސް ސިޔާސީ ގޮތުން ވަރުގަދަ ބޭފުޅުންނެވެ. ސަޕޯޓަރުން ތިއްބެވި ބޭފުޅުންނެވެ. އެހެންކަމުން އެ 12 މެމްބަރުން ވެވަޑައިގެންނެވި ޤުރުބާނީއަކީ ރައްޔިތުން ބަލައިގަންނަ ޤުރުބާނީއަކަށް ވެއްޖެ ނަމަ އެ 12 މެމްބަރުންނަށް ފަސޭހަކަމާ އެކު ޓިކެޓް ދޭނެއެވެ. 

އެހެންނަމަވެސް އެ 12 މެމްބަރުންގެ ޚިދުމަތަށް ވުރެ އެ މެމްބަރުން ޤައުމަށް ގެއްލުންދިން ކަމަށް ޤަބޫލުކުރާ ބަޔަކު ތިބި ދާއިރާއެއް ނަމަ އެ މެމްބަރުންނަށް ވޯޓެއް ނުދޭނެއެވެ. ޕްރައިމަރީއެއްގައި އެ ބޭފުޅުންނަށް ވޯޓު ދިނުމުގެ ކުރިން އެ ބޭފުޅުން މަޖިލީހަށް ހޮވުނު ގޮތާއި ފަހުން ޕާޓީ ބަދަލުކުރެއްވި ގޮތާއި ޕީޕީއެމްގައި ތިބެގެން ރައްޔިތުންނަށް ގެއްލުންދެނިވި ބޮޑެތި ބިލުތަކަށް ވޯޓު ދެއްވި ގޮތް ރައްޔިތުން ވަޒަންކުރާނެ އެވެ.

ކޯލިޝަންގެ ސަލާމަތާއި ރައްކާތެރިކަމާއި ކުރިމަގަށްޓަކައި ނަމަވެސް، އެ 12 ދާއިރާގައި ޕްރައިމަރީ ބާއްވަން ޖެހެއެވެ. ކޯލިޝަން ދެމެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ލީޑަރުން އެބަ ވިދާޅުވެއެވެ. މިއީ ވެސް ކޯލިޝަން ދެމެހެއްޓުމަށް ކުރަން ޖެހޭ ކަމަށް ލީޑަރުން ދެކެވަޑައިގެން މަސައްކަތް ކުރައްވަން އެބަޖެހެއެވެ. 

އާއްމުންގެ ވާހަކަތަކަށް ބަލާއިރުވެސް އަދި ޚިޔާލު ހޯދުމުގެ ވޯޓުތަކަށް ބަލާއިރު ވެސް ޕްރައިމަރީ ބާއްވަން ޖެހޭ ކަމަށް ރައްޔިތުން ޤަބޫލުކުރާކަން ވަރަށް ވެސް ސާފެވެ. 

ރައީސް ނަޝީދު އެވަނީ އެމްޑީޕީ އިން ޓިކެޓް ދޭނީ ޕްރައިމަރީއަކަށް ފަހު ކަމަށް ވިދާޅުވެފައެވެ. އެހެން ޕާޓީތަކުން ވެސް އެ ޔަޤީންކަން ދޭންވީއެވެ.

މެމްބަރު މުސްތަފާ އެވަނީ ޕްރައިމަރީއެއްގައި ވާދަކުރައްވަން ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ، ނިކުމެވަޑައިގަންނަވާނީ ސީދާ އެމްޑީޕީ ޓިކެޓަށް ކަމަށް އިއުލާންކުރައްވާފައެވެ. ބާކީ ތިއްބެވި 11 މެމްބަރުންނަކީ ވެސް މުސްތަފާގެ ހިތްވަރު ހުންނާނެ މެމްބަރުންނެވެ. އެ ޔަޤީންކަން އެ މެމްބަރުން ވެސް ދެއްވާށެވެ. ޕްރައިމަރީއަކަށް ވަޑައިގަންނަވަން ފަސްޖެހިވަޑައިނުގަންނަވާކަން ހާމަކުރައްވައި ޓްވިޓަރގައި މިއުޅޭ މީހުން މައިތިރިކޮށްދެއްވާށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

beybe

1 ހަފްތާކުރިން

rayyithunnattakaa kuriekkamevves ney kurihaakameh kuree amilla jaahattakaa

0
0