20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

މޫވެންޕިކް ހޮޓެލްސް އެންޑް ރިސޯޓްސް

މޫވެންޕިކް ހޮޓެލްސް އެންޑް ރިސޯޓްސް ހުޅުވައިފި

  • ރިސޯޓު ހުޅުވާފައިވަނީ 105 ކޮޓަރިއާ އެކު
  • ރިސޯޓުގައި ތިން ރެސްޓޯރަންޓް ހިމެނޭ
ސިމާހާ ނަސީމް | sim_kamana

| 5 ނޮވެންބަރު 2018 | ހޯމަ 18:01 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


މޫވެންޕިކް ހޮޓެލްސް އެންޑް ރިސޯޓްސް -- މޯލްޑިވްސް އިންސައިޑަރ

ސްވިޓްޒަލެންޑްގެ މަޝްހޫރު ހޮޓެލް ޗެއިން މޫވެންޕިކް ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި ހެދި ފުރަތަމަ ރިސޯޓް ނ. ކުރެދިވަރުގައި ހުޅުވައިފިއެވެ.

އެ ރިސޯޓު 105 ކޮޓަރިއާ އެކުގައި ހުޅުވާފައިވާއިރު 72 އޯވާ ވޯޓަރ ވިލާ، 30 ބީޗް ޕޫލް ސުއިޓް އާއި ތިން ބީޗް ސްޕާ ޕޫލް ރެސިޑެންސް ހުރެއެވެ. އަދި މޫވެންޕިކްގެ އާ ރިސޯޓުގައި 14 ކޮޓަރީގެ ޕްރައިވެޓް ރޫމް ހިމެނޭ ސްޕާއެއް އަދި ޔޯގާ އާއި އެންމެ ޒަމާނީ ފެންވަރުގެ ޖިމަކާއި ކުޅިވަރު ކުޅޭނެ ތަނެއް ވެސް ހުރެއެވެ.

މޫވެންޕިކް އިން ބުނީ ވަށައިގެން ހިތްގައިމު މޫދާއި ފަރު އޮންނަ އެ ރަށަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ރިސޯޓަކަށްވާނެ ކަމަށާއި އެރަށުގައި މަތީ ފެންވަރުގެ ބީޗް ސްޕާއަކާއި ޑައިވް ސެންޓަރެއް ހަދާނެ ކަމަށެވެ. އަދި އޭގެ އިތުރުން ފަތުރުވެރިންނަށް ހާއްސަ ޔޮޓަކާއި މެރިން ރީސާޗް ސެންޓަރެއްގެ އިތުރުން ޕްރައިވެޓް މެރީނާއެއް ވެސް ހިމެނޭނެ ކަމަށް އެ ފަރާތުން ބުންޏެވެ.

ރިސޯޓުގައި ތިން ރެސްޓޯރަންޓްގެ އިތުރުން ބާރއެއް ވެސް ހުރެއެވެ. އަދި އެ ތަނުން މޫވެންޕިކްގެ މަޝްހޫރު އުފެއްދުންތައް ވެސް ލިބެން ހުންނާނެއެވެ.

ނ. އަތޮޅުގައި މިހާރު ވެސް މަތީ ފެންވަރުގެ ހަ ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ޝެވަލް ބްލަންކް ރަންދެލި އާއި ވެލާ ޕްރައިވެޓް އައިލެންޑް، ސޮނޭވާ ޖާނީ އަދި ރޮބިންސަން ކްލަބް ނޫނު ހިމެނެއެވެ.

މޫވެންޕިކް ހޮޓާތައް އޭޝިއާ، ޔޫރަޕް، އެފްރިކާ އަދި މެދުއިރުމަތީގެ 23 ގައުމެއްގައި މިހާރު ވެސް ހިންގަމުންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ފައިސާގޯނި

2 މަސް ކުރިން

ނ ކުރެދިވަރަކީ ރައީސް ނަސީދުގެ ވެރިކަމުގަ އަހުމަދު އީސާ ހިމެނޭ ގޮތައް ދިން ރަށެއް ވެރިކަން ބަދަލު ވިއިރުގަ ޕޮރޮޖެކުޓްގަ ސޮއި ނުކޮއް އޮތީ ކިހިނެއްބާ މި ރަށު ގެ ކަން ކަން ނިންމީ؟؟؟؟

0
0