16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ޓްރަމްޕްއާ ދެކޮޅު މުޒާހަރާ

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

  • ޓްރަމްޕަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ދައުވަތުދެއްވުމާ ބެހޭ ގޮތުން މި މަހުގެ ފަހުކޮޅު ބަހުސްކުރާނެ ކަމަށް ބެލެވޭ
އަބުދުﷲ މުހައްމަދު | 8Abbo

| 6 ފެބުރުވަރީ 2017 | ހޯމަ 04:27 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  6. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  7. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  8. އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓް އާންމުކޮށްފި


ޓްރަމްޕް އާއި މޭ ބައްދަލުކުރައްވާފައިވަނީ ޖެނުއަރީ މަހުގެ ފަހުކޮޅު -- ގޫގުލް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިނގިރޭސި ވިލާތުން  އަރުވާފައިވާ ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ ކައިރީގައި އެތައް ހާސްބަޔަކު މުޒާހަރާކޮށްފިއެވެ.

 

ކޮންޒަވެޓިވް ސަރުކާރުގެ ބޮޑުވަޒީރު ތެރޭސާ މޭއަށް ފާޑުކިއުންތައް އިތުރުވެގެން ދިޔައީ މިދިޔަ މަހު ވޮޝިންގޓަނަށް ދަތުރުކުރައްވައި ރައީސް ޓްރަމްޕްއާ ބައްދަލުކުރެއްވުމަށް ފަހު އަންނަ ހޫނު މޫސުމުގައި ޓްރަމްޕް އިނގިރޭސި ވިލާތަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވުމާ އެކުއެވެ.

 

މޭއަކީ ޓްރަމްޕް މަގާމާ ހަވާލުވެ ވަޑައިގަތުމާއެކު އެންމެ ފުރަތަމަ ބައްދަލުކުރެއްވި ލީޑަރެވެ.

 

ހޮނިހިރު ދުވަހު އިނގިރޭސިވިލާތުގެ ވެރިރަށުގައި ބޭއްވި މި އެއްވުމުގައި އެމެރިކާ އެމްބަސީން ފެށިގެން ގާނޫނު ހަދާ މަޖިލީހާ ހިސާބަށް ތިން ކިލޯމީޓަރު ދިގު ސަރަހަދެއްގައި ހިނގާލުމުގެ ބައިވެރިން އޮތެވެ.

 

ހިނގާލުމުގެ ބައިވެރިން ދިޔައީ "މޭގެ ލަދު ކޮބައިތޯ" ގޮވަމުންނެވެ.

ޓްރަމްއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ދައުވަތުދެއްވުމާ ބެހޭ ގޮތުން މި މަހުގެ ފަހުކޮޅު ބަހުސްކުރާނެ ކަމަށް ބެލެވެއެވެ.

 

ޓްރަމްޕް ވަޑައިގަތުމަށް މޭ ދެއްވި ދައުވަތު އަނބުރާ ގެންދިއުމަށްގޮވާލައި ކުރިޔަށް ގެންދާ އޮންލައިން ޕެޓިޝަނަށް ބޮޑު ތާއީދެއް ލިބެމުން އަންނައިރު މޭ ގެންދަވަނީ ޓްރަމްޕަށް މަރުހަބާ ކިޔުމަށް ބާރުއަޅުއްވަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް