19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ފަތިސް 04:45
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:19
މަޣްރިބް 18:14
ޢިޝާ 19:27

ބީއެމްއެލް

ބީއެމްއެލް އިން ތިން ރަށެއްގައި އޭޓީއެމް ބަހައްޓަން ނިންމައިފި

  • އެ މަސައްކަތުގެ ދަށުން އެ ތިން ރަށުގައި އޭޓީމް ބޫތުތައް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ސިމާހާ ނަސީމް | sim_kamana

| 5 ނޮވެންބަރު 2018 | ހޯމަ 01:02 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  5. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
  8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


ބީއެމްއެލްގެ އޭޓީއެމްއަކުން މީހަކު ފައިސާ ނަގަނީ -- ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ތިން ރަށެއްގައި ސެލްފް ސަރވިސް އޭޓީއޭމް ބަހައްޓަން ނިންމައިފިއެވެ.

ބީއެމްއެލްގެ ފަރާތުން ބުނީ އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވަނީ ލ.މާވަށާއި، ބ.ތުޅާދޫގެ އިތުރުން ރ.އަލިފުށީގައި ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން އެ ތިން ރަށުގައި އޭޓީމް ބޫތުތައް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ބީއެމްއެލް އިން ވަނީ މީގެ 10 މަސް ކުރިން އައްޑޫގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ދެ އޭޓީއެމް ގާއިމްކޮށްފައެވެ. ބީއެމްއެލު އިން ބުނީ، އެ އޭޓީއެމްތައް ގާއިމްކޮށްފައި ވަނީ މުޅި ރާއްޖެއަށް ބޭންކިންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ކުރިއަށް ގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކަމަށެވެ.

ކަސްޓަމަރުންގެ ޚިޔާލުތަކާއި އެއްގޮތަށް އޭޓީއެމްއެމް އިން ފައިސާ ނެގޭ އަދަދާއި ޖަމާކުރެވޭ އަދަދަށް  ބީއެމްއެލް އިން ވަނީ މާރޗް އެއްވަނަ ދުވަހުން ފެށިގެން ބަދަލު ގެނެސްފައެވެ. އެގޮތުން އެންމެ ގިނަ އަދަދެއްގެ ގޮތުގައި ދުވާލަކަށް އޭޓީއެމްތަކުން 25،000ރ. ނެގޭއިރު ދުވާލަކަށް ޖަމާކުރެވޭ އަދަދަކީ 50،000 ރުފިޔާއެވެ. ކުރިން އެންމެ ގިނަ އަދަދެއްގެ ގޮތުގައި 10،000ރ. ނެގޭއިރު ފައިސާ ޖަމާކުރެވޭ އަދަދަކީ 25،000ރ. އެވެ.

ބީއެމްއެލްގެ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 34 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 95 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން އަދި 230 ކޭޝް އޭޖެންޓުން ހަރަކާތްތެރިވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް