18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ފަލަވުމުން ކެންސަރުގެ ނުރައްކާ

ފަލަވަންޏާ ކެންސަރަށް ވިސްނަން ޖެހޭ

  • މަރުވާ ކޮންމެ 6 މީހެއްގެ ތެރެއިން އެކަކު މަރުވަނީ ކެންސަރު ޖެހިގެން
ރާއްޖެ އެމްވީ | raajje.mv

| 6 ފެބުރުވަރީ 2017 | ހޯމަ 01:03 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ


ފަލަމީހުންނަށް ކެންސަރުގެ ފުރުސަތު ބޮޑު -- ގޫގުލް

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނާ ގޮތުގައި މަރުވާ ކޮންމެ 6 މީހެއްގެ ތެރެއިން އެކަކު މަރުވަނީ ކެންސަރު ޖެހިގެންނެވެ. ކެންސަރަކީ ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބު ކަމަށް މިހާރުވަނީ ރެކޯޑް ކުރެވިފައެވެ. ކެންސަރުގެ ބަލި އާއްމު ވަމުން ދިއުމާއި، އެ ބަލީގައި މީހުން މަރުވާ މިންވަރު މަތިވަމުން ދިއުމުގެ ސަބަބުން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަސް ދުނިޔޭގައި ފާހަގަ ކުރަނީ ކެންސަރުން ރައްކާތެރި ވުމުގެ ދުވަހުގެ ގޮތުގައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ކެންސަރާމެދު ހޭލުންތެރިވުމާއި، ބަލި އަވަހަށް ދެނެގަނެވުމާއި، އަމިއްލަ ދިރިއުޅުމުގައ ހުރި ނުރަނގަޅު އާދަތަކުން ދުރުހެލިވުމާއި ކެއުން ބުއިން ރަނގަޅަށް ބެހެއްޓުމާއި، ކަސްރަތު ކުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަކީ ކެންސަރުގެ ނުރައްކާ ކުޑަކުރެވިދާނެ ކަންކަމެވެ. މިއީ ބޮޑު ހޭދައެއް ނުކޮށްވެސް ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަންކަމެވެ.

ޚާއްސަ ގޮތެއްގައި ދުންފަތާ ދުރުވުމާއި، ރަނގަޅު ކާނާ ކެއުމާއި ކަސްރަތު ކުރުމަކީ އެހެން ބަލިތަކުގެ ނުރައްކާ ކުޑަ ކުރުމަށްވެސް ޑަކްޓަރުން އަބަދުވެސް ލަފާދޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މިއީ އަބަދާ އަބަދު އިވޭ ވާހަކަތަކެއް ކަމުގައި ވިޔަސް އެކަމަށް ހަގީގީ ސަމާލުކަން ދެވެނީ އެންމެ އެދެވޭ ގޮތައް ނޫންކަން ފާހަގަ ކުރަންޖެހެއެވެ.

ކެންސަރުގެ ބައްޔަކީ ބަލީގެ ނުރައްކާ އެހާމެ ބޮޑުވެފައި، އެކަމަށް ކުރަންޖެހޭ ފަރުވާގެ އަގު އެހާމެ ބޮޑު އަދި ފަރުވާގައި ތަހައްމަލު ކުރަންޖެހޭ އުނދަގޫތަކާ ވޭންތައްވެސް އެހާމެ ބޮޑު ބައްޔެކެވެ. އެހެން ކަމުން އަމިއްލަ އިޚްތިޔާރުން އެ ބައްޔާ ދުރައްދާން އޮތް ފުރުސަތު ދޫކޮށްލުމަކީ ހަމަވިސްނޭ މީހަކު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.

ކެއުމުގެ ވާހަކަ ދައްކާއިރު އާއްމު ގޮތެއްގައި މި ދިމާވާ މައްސަލަކީ ކާލެއް މަދުވުމެއް ނޫނެވެ. މާ ގިނައިން ކަނީއެވެ. އަދި ގިނައިން މި ކެވެނީވެސް ހަށިގަނޑުގައި ސަރުބީޖަހާ ހަށިގަނޑު ނުރައްކަލުގެ ތެރެއަށް ވައްޓާލުމަށް ބަރުދަން އިތުރުކުރާ ފާޑުގެ ތަކެއްޗެވެ.

ވާރލްޑް ކެންސަރ ރިސާޗް ފަންޑުގެ ހޯދުންތަކުން ދައްކާ ގޮތުގައި، ހަށިގަނޑު ފަލަވުމާއި 10 ބާވަތެއްގެ ކެންސަރާ ގުޅުން އެބަހުއްޓެވެ.

ޔުނިވަރސިޓީގެ އޮފް މެންޗެސްޓަރގެ ދިރާސާތަކުން ދޭ އިންޒާރަކީ ހަށިގަނޑުގެ ފަލަވާ ފިރިހެނުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު 50 އިންސައްތަ އިތުރުވެއެވެ. އަދި އަންހެނުންނަށް 17 އިންސައްތަ އިތުރުވެއެވެ. ދިރާސާގައި 289،000 މީހުންގެ މައުލޫމާތު ބޭނުން ކޮށްފައިވެއެވެ.

ދިރާސާ އިން ހާމަވި ގޮތުގައި ހަށިގަނޑުގެ "ބޮޑީ މާސް އިންޑެކްސް" މައްޗަށް ދިޔުމާއި ކެންސަރު ބަލި ޖެހުމާއި ވަރަށް ބޮޑަށް ގުޅިފައިވާކަން ހާމަވިއެވެ.

މިސާލަކަށް އެ ދިރާސާގައި ހިމެނުނު ފިރިހެނުންގެ ތެރެއިން ދިރާސާގެ މުއްދަތުގެ ތެރޭގައި "ބޮޑީ މާސް އިންޑެކްސް" އަށް ބަދަލު ނައިސް ތިބި މީހުންނާ އަޅާ ބަލާއިރު "ބޮޑީ މާސް އިންޑެކްސް" 22 ން 27 ށް މައްޗަށް ދިޔަ މީހުންނަށް ކެންސަރު ޖެހުނު ނިސްބަތް 50 އިން ސައްތަ އިތުރުވިކަން ހާމަވިއެވެ.

އަނެއްކޮޅުން އަންހެނުންނަށް ބަލާއިރު "ބޮޑީ މާސް އިންޑެކްސް" 23 ން 32 ށް މައްޗަށް ދިޔަ މީހުންނަށް ކެންސަރުގެ ރިސްކް 17 އިން ސައްތައަށް މައްޗަށް ދިޔަކަން ފާހަގަވިއެވެ.

އައިޑިއާ ފިޓްނެސް ޖާނަލްގައި މިދިރާސާގެ ހޯދުންތައް ޝާއިއު ކޮށްފައިވާއިރު މި ދިރާސާއިން ހާމަވެގެންދަނީ ހަށިގަނޑު ފަލަވަމުންދާ ދިއުމަށް ވިސްނަންޖެހޭ މިންވަރެވެ. ޚާޢްސަ ގޮތެއްގައި ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު ހަށިގަނޑު ފަލަވުމުން އިތުރުވާކަން މިހާ ސާފުކޮށް ފެންނަން އޮތް އިރު މިއީ ވަރަށް ބޮޑަށް ސަމާލު ކަން ދޭންޖެހިފައިވާ ކަމެއްކަން މި ދިރާސާއިން ހާމަވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އިސްމާއިލް ރިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް