
| 6 ފެބުރުވަރީ 2017 | ހޯމަ 00:51 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހޯދުމަށް އިންޓަމިލާނުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޓުޓޯ ސްޕޯޓްސް އިން ބުނީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް އިންޓަމިލާނުން ޝައުގުވެރިވާ ކަމަށާއި، އެގޮތުން ޓްރާންސްފާގައި އެޓީމުން އެންމެ ހޯދަން ބޭނުންވަނީވެސް ކޮންޓޭ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ކޮންޓޭ ހޯދުމަށް އިންޓަމިލާނުން ވަނީ އަހަރަކު 15 މިލިއަން ޔޫރޯ ދޭގޮތަށް ހުށަހެޅުމެއް ހުށަހަޅާފައެވެ. އެގޮތުން ކުރިޔަށް އޮތް ސީޒަނުގައި އޭނާ އެ ކްލަބަށް ބަދަލުވާނެ ކަމަށް ބެލެވެއެވެ.
މީގެކުރިން ޔުވަންޓަސް އަށްވެސް ކޯޗުކޮށްދީފައިވާ ކޮންޓޭ ވަނީ މި ސީޒަނުގައި ޗެލްސީގެ ކޯޗުކަމާ ހަވާލުވެ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން އެޓީމު ވަނީ މި ސީޒަނުގައި ޕްރިމިއާ ލީގުގައި މިވީތަނަށް ކުޅުނު 24 މެޗުން 59 ޕޮއިންޓް ހަމަކޮށްފައެވެ. އެޓީމަށް ނުވަ ޕޮއިންޓްގެ ލީޑެއް ވަނީ ލިބިފައެވެ.
އިޓަލީގެ ކޯޗުކަން ދޫކޮށްލުމަށްފަހު ޗެލްސީގެ ކޯޗުކަމާ ހަވާލުވި ކޮންޓޭ ވަނީ ޗެލްސީ އަށް މިވީތަނަށް 29 މެޗުގައި އިރުޝާދު ދީފައެވެ. އޭގެ ތެރެއިން ޗެލްސީ 23 މެޗުން މޮޅުވިއިރު، ހަތަރު މެޗުން ވަނީ ބަލިވެފައެވެ. ބާކީ ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް