16 ޖެނުއަރީ 2019 | ބުދަ | 12 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
ފަތިސް 05:01
އިރުއަރާ 06:16
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

ތަރައްގީ

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

  • ތަރައްގީގެ ފަރުދާގައި ތިބެ ބޮޑެތި ޖަރީމާތަކެއް
  • ކަޓުތަކާއި ކޮމިޝަންތައް ނަގަނީ އިންތިހާ އަށް
އަޒުމޫން އަހުމަދު | azmoon_ahmed

| 6 ފެބުރުވަރީ 2017 | ހޯމަ 00:13 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


މާލެ: އުމްރާނީ މަޝްރޫއުތަކަކީ އެންމެ ފަސޭހައިން ކަޓުތައް ނެގޭ ދާއިރާ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ތަރައްގީ އާއި ތަމައްދުނުގެ ފަލްސަފާއެއް ދިވެހިންގެ ލޯކުރިމަތީގައި ކުރަހައިގެންނެވެ. ކޯޓުތަކުން ކޮންމެ ފަދަ ގޮތަކަށް ހުކުމްތަކެއް އުފަން ކުރުވައިގެން ވެރިކަަމަށް ވަޑައިގެންނެވި ނަަމަވެސް، ތަރައްގީއަކީ ރައީސް ޔާމީން ވިއްކި ޕްރޮޑަކްޓެވެ. ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ވެސް ކުރަހައިދެއްވަމުން އެ ގެންދަވަނީ އެ މަންޒަރެވެ. ބްރިޖްތަކާއި އުސް އިމާރާތްތަކުގެ ކުލަތަކެވެ.

 

އުމްރާނީ ތަރައްގީގެ ނަމުގައި "ދަ ގްރޭޓާ މާލޭ" ސަރަހައްދުގައި މިވަގުތު ގިނަ މަޝްރޫއުތަކެއް ސަރުކާރުން ހިންގަމުން އެބަ ގެންދެއެވެ. އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ނަމަވެސް، މިފަދަ މަޝްރޫއުތަކުގެ އަޑީގައި ފޮރުވިފައި ވަނީ ކޮންފަދަ ނުބައި ރޭވުންތަކެއް ކަމެއް ރައްޔިތުންނާ ހަމައަށް ތިލަ ވަނީ މަދު ފަހަރަކު އެވެ. ކަޓުތަކާއި، ކަމިޝަންގެ ނަމުގައި މިލިއަނުން ނަގަމުންދާއިރު، ރައްޔިތުންގެ މޫނުތަކުގައި މިވަނީ ތަރައްގީގެ ފަރުދާ ކަހާލެވިފަ އެވެ.

 

ރައްޔިތު މީހާ އަށް ފެންނަަނީ ބިމުން އެތަކެއް ފޫޓެއްގެ މައްޗަށް އަރަމުންދާ އިމާރާތްތަކެވެ. ރައްޔިތު މީހާ އަށް ފެންނަނީ ރަށުގެ ފަޅު ފުންކުރެވޭ މަންޒަރެވެ. ސިއްޚީ މަރުކަޒުގެ އާބާތުރަ ފިލުވާ މަންޒަރެވެ. ނަމަވެސް މިއިން ކޮންމެ މަޝްރޫއަކުން، އެ މަޝްރޫއުގެ އަސްލު އަގަށް ވުރެ ބޮޑެތި ކަޓުތަކެއް މިނިސްޓްރީތަކުގެ އިސްވެރިންނާއި، ބާރުގައި ތިއްބެވި ބޭފުޅުން އެ ގެންދަވަނީ ނަންގަވަމުންނެެވެ. ރައްޔިތު މީހާގެ މާލިއްޔަތުގެ ފޫ ކަހަމުންނެވެ.

 

ރަށްތަކާއި ފަޅުތައް ވެސް ވިއްކަމުން އެ ގެންދަނީ ހަމަ މިފަދައިންނެވެ. ތިން މިލިއަން ޑޮލަރަށް ރަށެއް ވިއްކާލާ ނަމަ، ކަމިޝަންތަކާއި ކަޓުތައް ލައިގެން އިންވެސްޓަރުގެ އަތުން އެއަށް ވުރެ ތިން ހަތަރު ގުނަ އިތުރަށް އެދަނީ ނަގަމުންނެވެ. ނުއަގުުގައި ރަށްތައް ވިއްކަނީ ވެސް މިބޭނުން ހާސިލްކުރުމަށެވެ. ރަށް ވިއްކާ އަގު ކުޑަކޮށް، ޖީބަށް ލާން ލިިބޭ ބައި ބޮޑު ކުުރުމަށެވެ. ގެއްލުން ލިބެނީ ހަމައެކަނި މިއަދަކަށް ނޫނެވެ. ވިސްނުމެއް ނެތި އަންނާން އޮތް ޖީލުތަކުގެ ކަރަށް ވެސް އަތް ބާނައިގަންނަނީ އެވެ. މީހުން ދިރިއުޅޭ ރަށްތަކުން ފެށިގެން އަތޮޅުތަކާ ހަމައަށް ވިއްކަން ހިފައި މިނިވަންކަމާއި އިސްތިގުލާލް އަދި ސިޔާދަތަށް ވެސް އުނިކަން ގެނުވަނީ އެވެ.

 

ހިތާހިތާ ސުވާލު ކޮށްލަ ބައްލަވާށެވެ. ސަރުކާރުން ކުރާ ކަންތައްތަކާ މެދު ބައެއް ބޭފުޅުން ހިތްޕުޅާނުވެ، ސިއްރިއްޔާތުގައި އެވާހަކަތައް އެބަ ދައްކަވަ އެވެ. އެފަދަ ބޭފުޅުންގެ އާއިލާތަކާ ހަމައަށް ސަރުކާރުގެ އަތް ފޯރުވަމުންދާއިރު ވެސް، މިއިން ބޭފުޅަކަށް ފާޅުގައި އުއްފުއޭ ބުނެލަން ވެސް ނުކުރެ އެވެ. ކީއްވެތޯ އެވެ؟

 

ހައްދުފަހަނައަޅާފައިވާ މިންވަރަށް މިފަދަ މަޝްރޫއުތަކުން ކަމިޝަނާއި ކަޓުތައް ނެގުނީ އެވެ. ސިޔާސީ ބޯލްޓު އެޅުވި، ފިތިބާރުވީ އެވެ. އެ ނެގުނު އެއްޗެއްގައި ބެނދި ޣަރަގުވެގެންދާއިރު ވެސް، އަމިއްލަ ސަލާމަތަށްޓަކައި އަތެއް ފައެއް ގުޑުވާ ވެސް ނުލެވޭ ވަރަށް ނަފްސު ވިއްކުނީ އެވެ. އަމިއްލަ ޒަމީރު ގަބޫލުކުރާ ގޮތާ ޚިލާފަށް އުޅެން މަޖުބޫރުވެފަ އެވެ. ފައިސާގެ ބޮޑިތަކުގެ ފަހަތުން ދުވަނިކޮށް ފުންމިން ނޭނގޭ ވަރުގެ އަނދަވަޅަކަށް ވެއްޓުނީ އެވެ. އެއާއެކު ސިޔާސީ ބްލެކްމެއިލްގެ ކަސްތޮޅު އެޅުވި، އަނެކާގެ އަޅަކަށްވީ އެވެ.

 

ތަރައްގީގެ ނަމުގައި ހިންގަމުންދާ ޖަރީމާތަކަށް ރައްޔިތުންގެ ސީސީޓީވީތައް އަމާޒުވާން އެބަޖެހެ އެވެ. ކުރާހާ ވައްކަމެއް އެ ކުރަނީ ތަރައްގީގެ ފަރުދާގެ ފަހަތުގައި ފިލާ ތިބެގެންނެެވެ. ތަރައްގީއަކީ ވައްކަމާއި ކަޅު ފައިސާ ދޮވުމުގެ މޫނު މައްޗަކަށް ބޭނުން ކޮށްގެންނެވެ. ސަމާލުވެ ތިއްބަވާށެވެ. ލޯމަތިން ފެންނަހާ ކަމެއް އަވައިގައި ނުޖެހި، އަމިއްލަ ސިކުނޑީގެ ބޭނުން ހިއްޕަވާށެވެ. ވިދާހާ ކޮންމެ އެއްޗަކީ ރަނަކަށް ނުވާނެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް