19 ސެޕްޓެންބަރ 2018 | ބުދަ | 14 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ވޮލީބޯލް އެސޯސިއޭޝަން

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

 • ލަތީފް ވީއޭއެމްގެ ރައީސްގެ މަގާމުން ވަކިކުރާނަން: ނަޝީދު
 • މަގާމުގައި ހުރެވޭނީ އަޅުގަނޑު ބޭނުންވާ މީހަކަށް: ނަޝީދު
 • ލަތީފް ވިދާޅުވީ ގަދަބަސް ވިދާޅުވާން ބޭނުންނުވާ ކަމަށް
ލީވާން އަލީ | MrLeevaan

| 5 ފެބުރުވަރީ 2017 | އާދީއްތަ 23:11 | |

މަގުބޫލް

 1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
 2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
 3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
 4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
 5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
 6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
 7. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި
 8. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި


ކާނަލް ނަޝީދު -- ޓްވިޓަރ

ވޮލީބޯލް އެސޯސިއޭޝަންގެ އެކްސްކޯގެ މަގާމުން ވަކިނުކުރެވޭނެ ކަމަށާއި، އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް އަކީ "ގޭންގް ސްޓާރެއް" ކަމަށް ކާނަލް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

 

ވީއޭއެމްގެ އެކްސްކޯގެ މެމްބަރުކަމުން ކާނަލް ނަޝީދު ވަކިކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީއާ ގުޅިގެން ރާއްޖެއެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި ކާނަލް ނަޝީދު ވިދާޅުވީ އޭނާ އެކްސްކޯ މެމްބަރުކަމުން ވަކިކުރުމަށް އެސޯސިއޭޝަންގެ ރައީސް ލަތީފް އަށް ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ.

 

އެގޮތުން އޭނާ އެމަގާމުން ވަކިކުރައްވަން ލަތީފް ބޭނުންވި ނަމަވެސް އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށާއި، ލަތީފަކީ ވަރަށް ފިނޑި ބޭފުޅެއް ކަމަށް ކާނަލް ނަޝީދު ވިދާޅުވި އެވެ. ހަމައެހެންމެ ނަޝީދު ވިދާޅުވީ ވީއޭއެމްގެ ރައީސްގެ މަގާމުން ލަތީފް ދުރުކުރައްވާނެ ކަމަށާއި، އަދި އެ މަގާމުގައި އޭނާ ބޭނުންވާ މީހަކު ބައިންދާނެ ކަމަށެވެ. އަދި އެ މަގާމުގައި ހުރެވޭނީ ވެސް އޭނާ ބޭނުންވާ މީހަކަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ވީއޭއެމްގެ ރައީސް ލަތީފް

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސީޓީއަށް އިޝާރަތްކުރައްވައި ނަޝީދު ވިދާޅުވީ އެ ސިޓީއަކީ 31 ޖެނުއަރީ ގައި އާންމުވެފައިވާ ސިޓީއެއް ކަމަށާއި، އެހެން ނަމަވެސް އެ ސިޓީ ރަސްމީކޮށް އޭނާ އަށް ލިބިފައިނުވާ ކަމަށެވެ. އަދި ވީއޭއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން އޭނާ މަގާމުން ވަކިކުރުމަށްޓަކައި އެކްސްކޯގެ އަގްލަބިއްޔަތު ބޭނުންވާނެ ކަމަށާއި، އެ އަގުލަތިއްޔަތު އެސޯސިއޭޝަންގެ ރައީސް އަށް ލިބިވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
 

ލަތީފް އަށް ކެރިވަޑައިނުގެން އުޅުއްވަނީ އަޅުގަނޑު ކަނޑާލަން.

ލަތީފް އަކަށް ނުކުރޭނެ. ލަތީފް އަކީ ފިނޑިއެއް. ލަތީފް އަކަށް ނުކެރޭނެ.

ލަތީފް އަކީ ކަވާޑެއް. ލަތީފް އަކީ ކުޅިވަރުގެ މީހެއް ނޫން.

ލަތީފް އަކީ ގޭންގް ސްޓާރެއް"

ނަޝީދު ވިދާޅުވި ގޮތުގައި ދައުރުވަމުންދާ ސިޓީގައި މަގާމުގެ މަސްއޫލިއްޔަތު އޭނާ އަދާނުކުރައްވާ ކަމަށް ބުނާ ވާހަކަތަކީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫނެވެ. އެގޮތުން އޭނާ މަގަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް އޭނާއާ ހިސާބަށް އައިސްފައިވަނީ ދެ މައްސަލަ ކަމަށާއި، އެ ދެ މައްސަލަވެސް ބަލާ ގޮތެއް ނިންމާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

 

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީގައި ބުނެފައިވަނީ ނަޝީދު އަށް އޭނާގެ ޒިންމާ އެންމެ ފުރިހަމަގޮތުގައި އަދާނުކުރެވޭ ކަމަށެވެ. އަދި ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވީއޭއެމްގެ ރައީސް ލަތީފް ވިދާޅުވީ އެ ސިޓީއަކީ ސައްހަ ސިޓީއެއް ކަމަށާއި، އޭގައި ސޮއިކުރެއްވީ ވެސް އޭނާ ކަމަށެވެ.

 

ނަޝީދު ވިދާޅުވީ ސޯޝަލް މީޑިއާގައި އެ ސިޓީ ދައުރުވާން ފެށި ފަހުން ވެސް އެކްސްކޯގެ ބައްދަލުވުމަށް ހާޒިރުވުމަށް އޭނާ އަށް އަންގާ މެސެޖު ފޮނުވާފައިވާ ކަމަށާއި، ހޮނިހިރު ދުވަހުގެ ރޭވެސް އެސޯސިއޭޝަންގެ ރައީސްއާއެކު މަސައްކަތްކޮށްފައިވާ ކަމަށާއި، މަގާމުން ވަކިކުރެއްވިކަމުގެ އެއްވެސް ވާހަކައެއް އެސޯސިއޭޝަންގެ ރައީސް ވިދާޅުނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކާނަލް ނަޝީދު ވަކިކުރިކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީ

 

އާދީއްތަ ދުވަހު ހަވީރު ސިޓީގާޑެންގައި ބޭއްވި ވީއޭއެމްގެ އެކްސްކޯ ބައްދަލުވުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެ ބައްދަލުވުމަށް ހާޒިރުވުނުވުމަށް އޭނާ އަށް އެސޯސިއޭޝަންގެ ރައީސް ލަތީފް އެންގެވި ކަމަށާއި، ނަމަވެސް އެ ބައްދަލުވުމަށް އޭނާ ވަޑައިގަތުމުން ލަތީފް އޭނާ އަށް ތާއީދުކުރާ މީހުން ލައްވާ ނަޝީދުގެ ގައިގައި ތަޅާ މާރާމާރީ ހިންގާ އެތަނުން ބޭރުކުރި ކަމަށް ނަޝީދު ވިދާޅުވި އެވެ.

 

އެގޮތުން އެކަންތައްތައް ނަޝީދު ސިފަކުރެއްވި ފިނޑި އަމަލުތަކެއްގެ ގޮތުގައެވެ. ނަޝީދު ވިދާޅުވި ގޮތުގައި ލަތީފްއަކީ ވޮލީބޯޅައާ ގުޅުންހުރި މީހެއް ވެސް ނޫނެވެ. އަދި ލަތީފްއަކީ "ގޭންގްސްޓާރެއް" ކަމަށް ނަޝީދު ސިފަކުރެއްވި އެވެ.

 

މި ވާހަކަތަކަށް ރައްދު ދެއްވައި ލަތީފް ވިދާޅުވީ އެކްސްކޯގެ ބައްދަލުވުމަށް ވަޑައިގެން މާރާމާރީ ހިންގެވީ ނަޝީދު ކަމަށާއި، އަދި އެ ބައްދަލުވުމަށް ވަޑައިގަތުމަށް ނަޝީދު އަށް ދައުވަތު ދެއްވާފައި ވެސް ނުވާނެ ކަމަށެވެ. އަދި ލަތީފް ވިދާޅުވީ ބައްދަލުވުން ކުރިޔަށް ދަނިކޮށް ނަޝީދު ވަޑައިގެން އޭނާ ގަޔަށް އަތްފޯރުއްވައި ބައްދަލުވުން ހުއްޓުވާފައިވާ ކަމަށެވެ. އެހެންނަމަވެސް އޭނާ އަށް ތާއީދުކުރާ އެއްވެސް ބޭފުޅަކު ނަޝީދު ގަޔަށް އަތްލާ މާރާމާރީ ހިންގާފައިނުވާނެ ކަމަށެވެ.

 

ލަތީފް އަށް މަގާމުގައި ނުހުރެވޭނެ ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން ލަތީފް ވިދާޅުވީ ގަދަބަސް ވިދާޅުވާން ބޭނުންނުވާ ކަމަށާއި، އޭނާ އަށް އެ މަގާމުގައި ދެމިހުރެވޭނެ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އިސްމާއިލް ރިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް