
| 2 ނޮވެންބަރު 2018 | ހުކުރު 23:19 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ބީއެޗްއެމް ޓްރޭޑާސް އިން ކުރިއަށްގެންދާ "ސްކްރެޗް އެންޑް ވިން" ޕްރޮމޯޝަންގެ ދަށުން ސައިރިކްސް ކޮލެޖުން 10 ސްކޮލާޝިޕް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮމޯޝަން ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ފަށާފައިވާއިރު ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށެވެ.
ބީއެޗްއެމް އިން ވިއްކާ ޔޭޔޭ އިންސްޓަންޓް ކޮފީ، ޑައެޓް ކޮފީ އަދި ސިރިއަލް ބޮޑު ޕެކްތަކުގައިވާ ކޫޕަން ބޭނުންކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އަދި ލަކީ ޑްރޯގައި ބައިވެރިވުމަށް ޔޭޔޭ ބްރޭންޑްގެ ބޮޑު ޕެކްތަކުން ލިބޭ ކޫޕަން ކަހާލުމަށް ފަހު ލަކީ ޑްރޯ ނަމްބަރު ވެބްސައިޓް މެދުވެރިކޮށް ފޮނުވޭނެއެވެ. އޭގެ އިތުރުން ވައިބަރ، މެސެންޖަ އަދި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާ އެޕްތައް މެދުވެރިކޮށް ލަކީ ޑްރޯ ނަމްބަރު ފޮނުވޭ އިންތިޒާމް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.
ޕްރޮމޯޝަން ނިމުމާއެކު ޕްރޮމޯޝަންގައި ބައިވެރިވާ އެންމެންގެ މެދުގައި ގުރުއަތުލައި، އޭގެ ތެރެއިން ހޮވޭ 10 މީހަކަށް ސްކޮލާޝިޕާއެކު 1،500 ޑޮލަރު ހަވާލު ކުރާނެ ކަމަށް ވެސް ބީއެޗްއެމް އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޕްރޮމޯޝަންގެ ދަށުން ހަފުތާއަކު އެއްފަހަރު ހޮވޭ ނަސީބު ވެރިޔަކަށް އިނާމެއްގެ ގޮތުން ވާވޭ ފޯނެއް ލިބިގެންދާނެއެވެ. އަދި ދުވާލަކު އެއްފަހަރު ހޮވޭ ނަސީބު ވެރިޔަކަށް ޔޭޔޭ ކޮފީގެ އިނާމު ވެސް ދޭނެއެވެ.
ބީއެޗްއެމްގެ ފަރާތުން ވަނީ މީގެ ކުރިން ޔޭޔޭ ކޮފީ ޕްރޮމޯޝަނެއް ހިންގާ އެއް މިލިއަން ރުފިޔާގެ އިނާމު ދޫކޮށްފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް