20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ފަތުރުވެރިކަމުގެ ސިނާއަތު

ފަތުރުވެރިކަމުގެ ސިނާއަތުގެ އެނދުތައް އިތުރުވެއްޖެ

  • 3،646 އެނދު ވަނީ އިތުރުވެފައި
  • އެނދުގެ އަދަދު ވަނީ 10 އިންސައްތަ އިތުރުވެފައި
ސިމާހާ ނަސީމް | sim_kamana

| 2 ނޮވެންބަރު 2018 | ހުކުރު 18:17 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


ލޯމާ ރިސޯޓް -- ގޫގުލް

މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 3،646 އެނދު އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުން އަހަރަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ އެނދުގެ އަދަދު ވަނީ 10 އިންސައްތަ އިތުރުވެފައެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ ޖުމްލަ އެނދުގެ އަދަދު ވަނީ 41،290 އަށް އަރާފައެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި އޮޕަރޭޓް ކުރަމުންދިޔައީ 127 ރިސޯޓެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ބަލާއިރު ރާއްޖޭގައި އޮޕަރޭޓްކުރަމުން ދިޔައީ 124 ރިސޯޓެވެ. އަދި ގެސްޓް ހައުސްތަކުގެ އަދަދު ވަނީ 432 ން 490 އަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އިތުރުވެފައެވެ.

އެނދުގެ އޮކިއުޕެންސީ ރޭޓްވެސް ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށްވުރެ މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އިތުރުވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އޮކިއުޕެންސީ ރޭޓް ހުރީ 61 އިންސައްތައިގައެވެ. މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އޮކިއުޕެންސީ ހުރީ 63 އިންސައްތައިގައެވެ.

މީގެ އިތުރުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 1،080،459 (އެއް މިލިއަން އަށްޑިހަ ހާސް ހަތަރު ސަތޭކަ ފަންސާސް ނުވަ) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު 8.3 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 998،009 އެވެ.

ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވަކިވަކި ބައެއް ޤައުމުތަކުން ރާއްޖެއަށް މިިދިޔަ އަހަރު އައި ފަތުރުވެރިންނަށްވުރެ، މިއަހަރު އައި ފަތުރުވެރިންގެ އަދަދު ނިސްބަތުން ގިނަވެފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ޕޮލެންޑް، ފިންލެންޑް، ސްލޮވީނިއާ، ތައިލެންޑް އަދި އާޖެންޓީނާއާއި ޤަތަރު ފާހަގަކޮށްލެވެއެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ އައިސްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގައެވެ. އެއީ ތުރުކީ ރައްޔިތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް