19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ދިވެހި ފިލްމް

"މަލިކާ" ގެ ޓިކެޓް ވިއްކަން ފަށައިފި

  • "މަލިކާ"ގެ ޓިކެޓް އާދިއްތަ ދުވަހު  ވިއްކަން ފަށައިފި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 5 ފެބުރުވަރީ 2017 | އާދީއްތަ 19:57 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


"މަލިކާ" ގެ ޕްރޮމޯޝަން ޕޯސްޓަރު -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

އަންނަ މާޗް މަހުގެ ދެވަނަ ދުވަހު އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ "މަލިކާ"ގެ ޓިކެޓް އާދިއްތަ ދުވަހު ވިއްކަން ފަށައިފި އެވެ.

 

މި ފިލްމްގެ މާކެޓިން ހެޑް ހުސައިން ނޫރައްދީން ރާއްޖެއެމްވީއަށް މައުލޫމަތު ދެމުން ބުނީ އަންނަ މާޗް މަހުގެ 2 ގައި ފިލްމް ޕްރިމިއާ ކުރުމުގެ ކުރިން މާޗް 1 ގައި މީޑިއާ ތަކާއި ދައުވަތު ދެވޭ ފަރާތަކަށް ފިލްމްގެ ޚާއްސަ ސްކްރީނިންއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

 

ފިލްމުގެ  ޓިކެޓް ފުރަތަމަ ދޫކުރުމަށް ހަމަޖެހިފައިވަނީ އޮންލައިން ބުކިން ހަދާފައި ތިބި ފަރާތްތަކަށް ކަމަށް އޭނާ ބުންޏެވެ.

 

މާރޗް 2  އިން  20 އަށް އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ މި ފިލްމްގެ ޕްރިމިއާ ޝޯގެ ޓިކެޓްގެ އަގަކީ 200 ރުފިޔާ ކަމަށާއި އިތުރު ޝޯތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 100 ރުފިޔާ އަށެވެ.  

 

އަހުމަދު ނާސިރު ( މައްލާ) އާއި އިބްރާހިމް ރަޝީދު (އިއްބެ) ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމަކީ ބިންމާ އިބްރާހިމް ވަހީދު ލިޔެފައިވާ އާއިލީ ލޯބީގެ ހަދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކަ އެއްގެ މައްޗަށް ތައްޔަރު ކުރާ ފިލްމެކެވެ.

 

މި ފިލުމްގައި ހިމެނޭ ތަރިންގެ ތެރޭގައި ފިލްމީ ދާއިރާއަށް އަލަށް ތައާރފްވާ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި މަރިޔަމް ޝަކީލާ، އިސްމާއިލް ޒާހިރު، އަލީ ފާރޫގް، އަހުމަދު އަސިމް، ފާތިމަތު އާޒިފާ، ޖުމައްޔިލް ނިމާލް، އަލީ އާޒމް، ސުޖީތާ އަބްދުﷲ އަދި އަހުމަދު ޝާކިރު ހިމެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް