13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

އެމްޓީސީސީ

އެމްޓީސީސީން އިތުރު ހިއްސާ ވިއްކަން ނިންމައިފި

  • އެމްޓީސީސީގެ ޙިއްޞާގެ މޫނުމަތީ އަގު 5ރ. އަށް ދަށްކުރަނީ
ރިޒުނާ ޒަރީރު | RiznaZareer

| 5 ފެބުރުވަރީ 2017 | އާދީއްތަ 18:21 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި
  8. ޚަޝޯގީ އެންމެ ފަހުންބުނީ އޭނާ ހާސްވަނީއޭ: ރިޕޯޓަރެއް


އެމްޓީސީސީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން އެކުންފުނީގެ އިތުރު ހިއްސާ ވިއްކުމަށް ނިންމައިފިއެވެ.

 

އެމްޓީސީސީގެ ޝެއަރ ސްޕްލިޓްކޮށް ރައިޓްސް އިޝޫކުރުން ހިއްސާދާރުންގެ ޤަރާރަކުން ފާސްކުރުމަށް އެދި، މިއަހަރުގެ ފެބްރުއަރީ މަހު ޙާއްޞަ ގޮތުން ކުރާ އާންމު ޖަލްސާއަކަށް ހުށަހެޅުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

 

އެމްޓީސީސީގެ ހިއްސާއެއްގެ މޫނުމަތީގެ މިހާރުގެ އަގަކީ 50ރ. އެވެ. ޝެއަރ ސްޕްލިޓްކުރުމުގެ ނަތީޖާއެއްގެ ގޮތުން، މޫނުމަތީ އަގު ދަށްކުރެވި، މީގެ ކުރިން ދޫކޮށްފައިވާ، ކޮންމެ ހިއްސާއަކަށް 10 ހިއްސާ ލިބޭނެއެވެ. އަދި، ޝެއަރ ސްޕްލިޓްކުރުމުން، ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގަކީ 5ރ.ގެ ގޮތުގައި ކަނޑައެޅިގެންދާނެއެވެ.

 

ޝެއަރ ސްޕްލިޓްގެ އިތުރުން، ރައިޓްސް އިޝޫއެއް ކުރިއަށް ގެންދިޔުމަށް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައި ވެއެވެ.

 

ރައިޓްސް އިޝޫކުރުމަކީ، ކުންފުނީގައި އެވަގުތަކު ތިބި ޙިއްޞާދާރުންނަށް ކުންފުނީގެ އިތުރު ޙިއްޞާ ހެޔޮ އަގެއްގައި، ގަތުމަށް ދަޢުވަތު ދިނުމެވެ. ރައިޓްސް އިޝޫއެއްގައި ކުންފުނީގެ ޙިއްޞާ ގަތުމަށް ދެވޭ ދަޢުވަތަށް އިޖާބަދޭ ޙިއްޞާދާރުން، ވަކި މުއްދަތެއްގެ ތެރޭގައި، ކަނޑައެޅިފައިވާ އުޞޫލެއްގެ ދަށުން، ޙިއްޞާ ގަންނަން ނުވަތަ ރައިޓްސް ޓްރޭޑްކުރުމަށް އެދި ހުށަހަޅަންޖެހޭނެއެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ޙިއްޞާ ގަނެފައިނުވާ ޙިއްޞާދާރުން އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ރައިޓްސް ޓްރޭޑްކޮށްފައިނުވާ ފަރާތްތަކަށް ދެވުނު ޙައްޤު ދޫކޮށްލައިފާވާ ކަމަށް ކަނޑައެޅުމުގެ ބާރު ކުންފުންޏަށް ލިބޭނެއެވެ.

 

އެމްޓީސީސީ ރައިޓްސް އިޝޫކުރިއަށް ގެންދިޔުމަށް، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވަނީ، ޝެއަރ ސްޕްލިޓްއަށް ފަހު، ކޮންމެ ހިއްސާއަކަށް ރައިޓްސްގެ ގޮތުގައި، 1 (އެކެށް) ހިއްސާ، 62ރ. ގެ މަގުން ގަތުމަށް ދަޢުވަތު ދޭގޮތަށެވެ. އަދި، މިގޮތަށް ދެވޭ ދަޢުވަތާ ގުޅިގެން ކަނޑައަޅާފައި އޮތް މުއްދަތުގެ ތެރޭގައި، ޙިއްޞާ ގަނެފައިނުވާ ޙިއްޞާދާރުން އަދި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ރައިޓްސް ޓްރޭޑްކޮށްފައިނުވާ ނަމަ، އެއިން ކޮންމެ ހިއްސާއެއް އާންމުންނަށް ވިއްކުމަށް ހުޅުވާލުމަށް ހުށަހަޅާފައި ވެއެވެ.

 

ކުންފުނީގެ ހިއްސާދާރުންނަށް، ރައިޓްސް އިޝޫގައި ހިއްސާ ގަތުމުގެ ފުރުޞަތު ދެވެނީ، ޑިސްކައުންޓަކާ އެކުގައެވެ. ހިއްސާދާރުންގެ ތެރެއިން، ރައިޓްސް އިޝޫގެ މުއްދަތު ހަމަވާއިރު، ރައިޓް އެކްސަސައިޒް ނުކުރާ ފަރާތް، ނުވަތަ ހިއްސާ ގަނެފައިނުވާ ފަރާތްތަކުގެ ހިއްސާ އާންމުންނަށް އޭގެ އަސްލު އަގުގައި ވިއްކުމަށް ހުޅުވާލެވޭނެއެވެ. މިގޮތުން، ރައިޓްސް އިޝޫގައި، ނުވިކި ހުރި ހިއްސާ ވިއްކުމަށް ހުޅުވާލާ އަގަކީ ހިއްސާއެއް 112ރ. އަށް ކަމަށް އެމްޓީސީސީން ހާމަކޮށްފައި ވެއެވެ.

 

އެމްޓީސީސީގެ ޗެއަރމަން، އަޙްމަދު ނިޔާޒު ވިދާޅުވީ، އެމްޓީސީސީގެ ތާރީޙްގައި ނުދެކޭ ފަދަ ބޮޑެތި އިންޤިލާބުތަކަކާ ދިމާއަށް ދަތުރުކުރަމުންދާ މިދަނޑިވަޅުގައި، މިއަދު އިޢްލާންކޮށްފައިވާ ޝެއަރ ސްޕްލިޓް އަދި ރައިޓްސް އިޝޫއަކީ ވަރަށް މުހިއްމު ދެ ނިންމުން ކަމަށެވެ. އަދި ކުންފުނީގެ ހިއްސާދާރުން ވޭތުވެދިޔަ ތަނުގައި ދީފައިވާ އެއްބާރުލުމުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ރައިޓްސް އޮފަރކުރުމުން ދޭހަވަނީ، ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒަކީ، ހިއްސާދާރުންނަށް އަހައްމިޔަތުކަން ދީގެން ކުންފުނީގެ މަސައްކަތްތައް ފުޅާކޮށްގެން ކުރިއަށްދިޔުން ކަމަށް އެކުންފުނިން ބުންޏެވެ.

 

އެމްޓީސީސީގެ ޝެއަރ ސްޕްލިޓް އަދި ރައިޓްސް އިޝޫއާ ގުޅިގެން، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ ޙަޞަން މަނިކު ވިދާޅުވީ، މިއީ، އެމްޓީސީސީގެ ހިއްސާދާރުންނަށް ލިބޭ މުހިއްމު ފުރުޞަތެއް ކަމަށާއި، ކުންފުނިން ޝެއަރ ސްޕްލިޓް އަދި ރައިޓްސް އިޝޫ އިޢްލާންކުރުމާއެކު، ކުންފުނިން ހިއްސާދާރުންނަށް އަމާޒުކޮށްގެން ފޯރުކޮށްދޭ މަޢުލޫމާތާއި، ނޯޓިސްތައް އަދި ރައިޓް އެކްސަސައިޒްކުރަން ދޭ މުއްދަތުގެ ތެރޭގައި ކަނޑައެޅިފައިވާ އުޞޫލުން ޢަމަލުކުރުމަށް އިސްކަމެއް ދޭންޖެހޭ ކަމަށެވެ. އަދި، ޝެއަރ ސްޕްލިޓާއި ރައިޓްސް އިޝޫއާ ގުޅޭ އެއްވެސް މަޢުލޫމާތެއް އޮޅުން ފިލުވުމަށް ބޭނުންވާ ނަމަ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް، އެމްޓީސީސީ އަދި ލައިސަންސްކޮށްފައިވާ ބްރޯކަރުންގެ ފަރާތުން މަޢުލޫމާތު އޮޅުންފިލުވުމަށް އެދޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް