24 ސެޕްޓެންބަރ 2018 | ހޯމަ | 05 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ދިވެހި ފިލްމް

މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ

އަޒްލިފާ އަބްދުﷲ | AzuAzlifa

| 5 ފެބުރުވަރީ 2017 | އާދީއްތަ 17:03 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ދިވެހި ފިލްމް ވިޝްކާ -- ފޭސްބުކް

ދިގު އިންތިޒާރަކަށްފަހު " ދިވެހި ފިލްމް "ވިޝްކާ" އަންނަ މާރޗް މަހުގެ 8 ވަނަ ދުވަހު ރިލީޒް ކުރާގޮތަށް ހަމަޖައްސައިފިއެވެ.

 

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ފިލްމުގެ ޕްރޮޑިއުސަރ އައިޝަތު ރިޝްމީ ބުނީ، މި ފިލްމް އަންހެނުންގެ ދުވަހު ރިލީޒް ކުރުމަށް ހަމަޖައްސާފައިވަނީ މި ފިލްމަކީ އަންހެން ކުއްޖެއްގެ ދިރިއުޅުމުގައި ދިމާވާ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ތައްޔަރު ކޮށްފައިވާ ފިލްމަކަށް ވާތީ ކަމަށެވެ.

 

ނިމިގެންދިޔަ 2016 ވަނަ އަހަރު ދިވެހި ފިލްމީ ދާއިރާގައި އުފެދުނު ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބަލާލަން ބޭނުންވި އެއް ފިލްމަކީ ‘ޔާރާ’ ޕްރަޑަކްޝަންސްގެ އުފެއްދުމެއް ކަމުގައިވާ ފިލްމު "ވިޝްކާ" ރިލީޒް ކުރުމަށް ހަމަޖއްސާފައިވާ ދުވަހަކީ އަންހެނުންގެ ދުވަހެވެ.

 

 އަދި  ފިލްމުގެ ހުރިހާ މަސައްތަކެއްވެސް މިހާރު ނިމިފައިވާ ކަމަށް ރިޝްމީ ބުނޏެވެ.

 

ރަވީ ފާރޫޤް ޑައިރެކްޓް ކޮށްފައިވާ  މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ދިވެހި ފިލްމް އިންޑަސްޓްރީގައި މިހާރު އެންމެ ފުންނާބު އުސް ތަރިން ކަމުގައިވާ އައިޝަތު ރިޝްމީ، ރަވީ ފާރޫޤް އަދި އަޙްމަދު ސައީދު އެވެ. ދިވެހި މުޖުތަމައު އިން ފެންނަ ގިނަ ކަންތައްތައް ދައްކުވާދޭ މިފިލްމުގެ ޕްރީ ޕްރޮޑަކްޝަން 2015 ވަނަ އަހަރު ފެށިފައިވާއިރު ޝޫޓިންގް ފެށިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި ފިލްމުގެ ޝޫޓިންގް ނިމި “ވިޝްކާ” ލޯންޗް ކޮށްފައިވަނީ 30 މެއި 2016 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް