19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ފަތިސް 04:45
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:19
މަޣްރިބް 18:14
ޢިޝާ 19:27

ބޮލީވުޑް

"ކާބިލް" ސަތޭކަ ކްރޯޑަށް އަރައިފި

  • "ކާބިލް" އަށް 11 ދުވަސް ތެރޭ 100 ކްރޯޑް ރުޕީސް ލިބިއްޖެ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 5 ފެބުރުވަރީ 2017 | އާދީއްތަ 16:38 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  6. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  7. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  8. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި


ކާބިލްގެ ޕްރޮމޯޝަން ޕޯސްޓަރުގައި ރިތިކް ރޯޝަން -- ގޫގުލް

މިދިޔަ ޖެނުއަރީ 25 ވަނަ ދުވަހު ރިލީޒްކުރި ރިތިކް ރޯޝަންގެ އެންމެ ފަހުގެ ފިލްމް "ކާބިލް" އަށް 11 ދުވަސް ތެރޭ 100 ކްރޯޑް ރުޕީސް ލިބިއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

 

ސަންޖޭ ގުޕްތާ ޑައިރެކްޓްކޮށްފައިވާ ފިލްމު "ކާބިލް" އާއި އެއްދުވަހެއްގައި ރިލީޒްކުރި ޝާހުރުކްގެ ފިލްމު "ރައީސް" ގެ އާމްދަނީ 200 ކްރޯޑު މައްޗަށް އަރާފައެވެ.

 

ސްކްރީންތަކުގެ ސާޅީސް އިންސައްތަ ލިބުނު "ކާބިލް" އާއި ފަސްދޮޅަސް އިންސައްތަ ސްކްރީނުގައި އަޅުވަމުން އަންނަ "ރައީސް" އާ އަޅާ ކިޔުމުގެ ޖާގައެއް ނޯންނާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

 

އެއްވަރެއްގެ ދެފިލްމު އެއްދުވަހެއްގައި ރިލީޒްކުރުމާ މެދު ފިލްމް އިންޑަސްޓްރީގެ ގިނަ ފަރާތްތަކުގެ އިތުރުން ޓްރޭޑް އެނެލިސްޓުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކޮންމެއަކަސް، މި ދެފިލްމުން ވެސް ވަނީ ހަފްތާއެއްގެ ތެރޭގައި ބޮކްސް އޮފީހުގައި ފައިތިލަ ސާބިތުކުރުމުގައި ކާމިޔާބީ ހޯދާފައެވެ.

ބައެއް ކްރިޓިކުންގެ ފަރާތުން "ކާބިލް" އަށް ތަޢުރީފް އޮހެމުން އަންނައިރު، ސްކްރީންތައް ލިބުނު ޢަދަދާ އަޅާބަލާއިރު، ފިލްމަށް ލިބުނު އާމްދަނީ އަކީ މިފިލްމަށް އެތައް ބައެއްގެ ހިތްތައް ލެނބިފައިވާ ކަމުގެ ހެއްކެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

 

"ކާބިލް" ގެ ޓީމުން ދަނީ ކާމިޔާބީ ފާހަގަ ކުރުމަށްޓަކައި ވަރަށް އަވަހަށް ޕާޓީއެއް ބޭއްވުމަށްވެސް ރާވަމުންނެވެ. ދާދި ފަހުން ރިތިކް ވަނީ ޓްވިޓާ މެދުވެރިކޮށް އޭނާގެ ހުރިހާ ފޭނުންނަށް އެޕާޓީ އަށް އައުމަށް ވަނީ ދައުވަތު ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް