17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ބޮލީވުޑް

"ޑަންގަލް" ގެ ކާމިޔާބީ ފާހަގަ ކޮށްފި

  • މިހަފްލާގައި  އަންހެނުން ކިރަން ރާއޯ ބައިވެރިވި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 5 ފެބުރުވަރީ 2017 | އާދީއްތަ 16:16 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް


އާމިރު ޚާން އާއި ޑަންގަލްގައި ހަރަކާތްތެރިވާ ތަރިން -- ގޫގުލް

ބޮލީވުޑްގެ އެހެން ސްޓާރުންނާއި ތަފާތުކޮށް ކަންކުރަމުންގެންދާ އާމިރު ޚާން އޭނާގެ ފިލްމް "ޑަންގަލް" ރިލީޒް ކުރިތާ 40 ދުވަސް ފަހުން ފިލްމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

މިހަފްލާގައި  އާމިރާ ޚާނާއެކު އޭނާހެ އަންހެނުން ކިރަން ރާއޯ އަދި އަންހެން ދަރިފުޅު ވަނީ ބައްޕަގެ ކާމިޔާބީގައި ބައިވެރިވެފައެވެ. އަދި ޑަންގަލް އިން ފެނިގެންދިޔަ ފާތިމާ ސަނާ ޝައިޚް އަދި ސަނާޔާ މަލޯތްރާ ވެސް ވަނީ ފިލުމްގައި މަންމަގެ ރޯލް އަދާކުރި ޝާކްޝީ ތަންވާރު އާއި އެކު ރެޑްކާޕެޓުން ފެނިގެން ގޮސްފައެވެ.

ޑައިރެކްޓަރ ނިތޭޝް ތިވާރީ ވަނީ އޭނާގެ އަންހެނުން އަޝްވިނީއާއެކު ފެނިގެން ގޮސްފައެވެ. މީގެ އިތުރުން ފިލްމުގެ ކާމިޔާބީ ހަފްލާގައި ބައިވެރި ބޮލީވުޑް ފަންނާނުގެ ތެރޭގައި މަޝްހޫރު ފިލްމް މޭކަރ ކަރަން ޖޯހަރާއި ، ލަވަ ކިޔުންތެރިޔާ އަޝާ ބޯސްލޭ އަދި ރޭކާވެސް ވަނީ ފެނިގެން ގޮސްފައެވެ.

އަދި ވިދްޔާ ބާލަން އާއި އޭނާގެ ފިރިމީހާ ސިދާތް ރޯއީ ކަޕޫރާއި، އާލިޔާ ބަޓް، ޝާހިދް ކަޕޫރާއި އަންހެނުން މީރާ، ކްރިތީ ސެނޯން، ސަނީލިއޯން، ދިއާ މިރްޒާ އާއި ލާރާދއްތާވެސް ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން ޖީތަންދުރާއާއި އޭނާގެ ދަރިފުޅު ތުޝާރް ކަޕޫރު، އަނިލް ކަޕޫރު، ކަޕިލް ޝަރުމާ، ރަންދިލް ކަޕޫރު، އިމްރާން ޚާން އަދި ރަންދީޕް ހޫދާ ވަނީ ބައިވެރިވެފައެވެ.

  
އާމިރްހާން ބުނީ މިކާމިޔާބަކީ "ޑަންގަލް"ގެ މުޅި ޓީމުގެ އެހީއާއެކު ލިބުނު ކަމިޔާބެއް ކަމުން މިކަމަކީ ފާހަގަ ނުކޮށް ދޫކޮށްލެވޭ ވަރަށް ވުރެވެސް މާބޮޑު ކަމެއް ކަމަށެވެ. އަދި އޭނާގެ ސަޕޯޓަރުންނަށް އާމިރު ވަނީ ހަފްލާގައި ޝުކުރު އަދާކޮށްފަ އެވެ.

މީގެ އިތުރުން އާމިރް ބުނީ ޑަންގާލްއާ އެންމެ ކައިރި ކުރާ އާމްދަނީއެއް އެންމެ ފަހުން ލިބުނީވެސް އޭނާ އުފެއްދި ފިލްމެއް ކަމަށްވާ "ޕީކޭ" އަށް ކަމަށެވެ. ޕީކޭއަށް 350 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ.

ނަމަވެސް އެރިކޯޑް މުގުރާލުމުގެ ޝަރަފް ވެސް އަނެއްކާވެސް ލިބުނީ އޭނާގެ އެހެން ފިލްމަކަށް ވުމުން މިއީ އޭނާގެ ފިލްމީ ހަޔާތުގައި ލިބގެންދިޔަ އެންމެ ބޮޑު ކާމިޔާބު ކަމަށްވެސް އާމިރު ވަނީ ބުނެފަ އެވެ.

"ޑަންގަލް" ވަނީ ބޮލީވުޑްގެ ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު ފައިދާ ހޯދި ފިލްމެއްގެ ގޮތުގައި ރެކޯޑެއް ހަދާފަ އެވެ.

 ސިނަމާ ތަކުގައި މިދިޔަ ޑިސެމްބަރު މަހު "ޑަންގަލް" އެޅުވި ފަހުން މިފިލްމަށް ވަނީ  385 ކްރޯޑްގެ ބޮޑު ފައިދާއެއް ލިބިފަ އެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް