20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ފްލައިމީ ދަތުރުތައް

ނޮވެމްބަރު 15 ގައި އައްޑޫ އާއި ފުވައްމުލަކަށް ފްލައިމީގެ ދަތުރުތައް ފަށަނީ

  • މިހާރު ފްލައިމީން ދަތުރު ކުރަމުންދަނީ އދ.މާމިގިއްޔާއި ބ.ދަރަވަންދޫ އަށް އެކަނި
އާމިނަތު ނުޒުހާ | nuzu8121

| 30 އޮކްޓޯބަރ 2018 | އަންގާރަ 01:31 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


ފްލައިމީގެ މަތިންދާ ބޯޓެއް -- ގޫގުލް

އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ވިލާ އެއާގެ ފްލައިމީގެ ދަރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

މިހާރު ފްލައިމީން ދަތުރު ކުރަމުންދަނީ އދ.މާމިގިއްޔާއި ބ.ދަރަވަންދޫ އެއާޕޯޓަށް އެކަނި ނަމަވެސް ފުވައްމުލަކާއި އައްޑޫ އަށް ޝެޑިއުލް ދަތުރުތައް ފެށުމުގެ ގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު އެކުންފުނިން މިހާރުވަނީ މަޝްވަރާތައް ކޮށްފައެެވެ. އެކުންފުނިން ދަތުރުތައް އަލުން ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވެސް ވަމުން އަންނަކަމަށެވެ.

ވިލާ އެއާއިން އަންނަ މަހު ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނައިިރު، އެ ދަތުރުތައް ފެށުމަށްޓަކައި ގަން އެއާޕޯޓާއި ފުވައްމުލަކު އެއާޕޯޓަށް ގްރައުންޑް ސްޓާފުން ހޯދަންވެސް ވަނީ އިއުލާނުކޮށްފައެވެ.

2013 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް އެ އެއާލައިނުން ދެކުނަށްވެސް ދަތުރުތައް ކޮށްފައިވެއެވެ. އަދި ވޭތުވެދިޔަ އަހަރުގެ ތެރޭގައި ދެކުނަށް އަލުން ދަތުރުތައް ފަށަން މަސައްކަތް ކުރި ނަމަވެސް ސަރުކާރުގެ އެކިކަހަލަ ފިއްތުން ތަކައިހުރެ، އެކަން ވަނީ އެ އެއާލައިނަށް ކާމިޔާބު ވާގޮތް ނުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް