19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރަންވީރާއި ދީޕިކާ

ދީޕިކާއަށް ކިޔައިދޭން ރަންވީރު އެންމެ ބޭނުންވާ ލަވައަކީ ކޮބައިކަން އިނގޭތަ؟

  • ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 6 އަހަރު
  • ކައިވެނީގެ ހަފްލާ ބާއްވަނީ ނޮވެމްބަރު 14 އަދި 15 ގައި
ރިޒުނާ ޒަރީރު | RiznaZareer

| 29 އޮކްޓޯބަރ 2018 | ހޯމަ 23:32 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


ދީޕިކާ ފަދުކޯން: ގިނަ ފިލްމުތަކުގައި މޮޅު އެކްޓިން އެއް ދައްކާފައިވޭ -- ގޫގުލް

ބޮލީވުޑުގައި މިހާރު އެންމެ ގަދައަކަށް ދެކެވެމުންދާ ދެތަރިންނަކީ ރަންވީރު ސިންގްހާއި ދީޕިކާ ޕަދުކޯންގެ ވާހަކައެވެ.

ހަ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މިއަހަރުގެ ނޮވެމްބަރ މަހުގެ މެދުތެރޭގައި ދެތަރިންގެ ކައިވެނިކުރާނެ ކަން މިހާރު އިއުލާންކޮށްފައިވާއިރު މީޑިޔާގެ ފަލަ ސުރުޚީތަކުން މިދެ ފަންނާނުން އަންނަނީ ޖާގަ ހޯދަމުންނެވެ.

އެގޮތުން އެންމެ ފަހުން ރަންވީރު މިވަނީ މިހާރު ކުރިއަށްދާ ކޮފީ ވިތް ކަރަން 6ގައި ދީޕިކާގެ ވަރަށް ގިނަ ވާހަކަ ދައްކާފައެވެ.

އެގޮތުން ދީޕިކާއަށް ކިޔައިދޭން އޭނާ އެންމެ ބޭނުންވާ ލަވައަކީ ކޮބައިކަން ވަނީ ހާމަކޮށްފައެވެ.

އޮކްޓޯބަރ 28 ގައި ދެއްކި ކޮފީ ވިތް ކަރަން 6ގައި މަޝްހޫރު ތަރި އަކްޝޭ ކުމާރާއި އެކު މިޝޯވްގައި ބައިވެރިވުމަށްފަހު ރަންވީރު ބުނީ އޭނާ ދީޕިކާއަށް އެންމެ ކިޔައިދޭންބޭނުންވާ އަދި އޭނާގެ ފެވަރިޓް ލަވައަކީ ރޮކް ބޭންޑް ގަންސް އެން ރޯސެސްގެ 'ސުވީޓް ގާރލް އޮފް މައިން' އެލަވަ ކަމަށެވެ.

މިޝޯވްގައި ރަންވީރުވަނީ 'ކުޗް ކުޗް ހޯތާހޭ 2' އުފައްދަން ކަރަން ޖޯހަރަށް ހިޔާލު ދީފައެވެ. އަދި އެފިލްމު ކުޅޭނެ ތަރިން ކަމަށް ރަންވީރު ބުނީ އޭނާއާއި އެކު ދީޕިކާ، އާލިޔާ ބަޓް، އަދި އެންމެ ހާއްސަކޮށް ދެކެން ބޭނުންވަނީ ސަލްހާން ހާން ކުޅެފައިވާ ރޯލުން ރަންބީރު ކަޕޫރު ފެނިގެން ދިއުމެވެ.

ދީޕިކާއާއި ރަންވީރުގެ ކައިވެނީގެ ވާހަކަ ދެކެވޭތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް އެދެތަރިން ވަނީ އަންނަ ނޮވެމްބަރު މަހުގު 14 އަދި 15 ގައި ކައިވެނި ކުރާ ވާހަކަ އިއުލާން ކޮށްފައެވެ.

ކައިވެނި ކުރާ ވާހަކަ މިދެތަރިން ޓްވިޓާގައި ހިއްސާ ކުރި ނަމަވެސް ކައިވެނި ކުރާނެ ވަކި ތަނެއް ހާމަ ކޮށްފައެއް ނުވެއެވެ. ޚަބަރުތައް ބުނާ ގޮތުން މި ދެ ތަރިންގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ދެމީހުންގެ ވެސް ފޭވަރިޓް މަންޒިލް ކަމަށްވާ އިޓަލީގެ ލޭކް ކޯމޯ ގައެވެ.

ދީޕިކާ އާއި ރަންވީރު ގެ ލޯބީގެ ގުޅުން ފެށިފައިވަނީ ދެ ތަރިން އެކުގައި ކުޅެފައިވާ ފިލްމް "ގަލިޔޯންކީ ރަސީލާ ލާމްލީލާ" ގެ ޝޫޓިންގެ ތެރެއިންނެވެ.

ދީޕިކާ އާއި ރަންވީރު ވަނީ އެކުގައި ތިން ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ "ގަލިޔޯންކީ ރަސީލާ- ރާމް ލީލާ"، "ބަޖީރާއޯ މަސްތާނީ" އަދި ދާދި ފަހުން ކުޅުނު "ޕަދްމާވަތު" ހިމެނެވެ.

މީގެ އިތުރުން ރަންވީރު ދެން އެންމެ އަވަހަށް ބެލުންތެރިންނާއި ހަމައަށް ފެނިގެންދާނީ ރޯހިތު ޝެޓީގެ ސިމްބާއިންނެވެ. މި ފިލްމުގައި ދެން ފެނިގެންދާނީ ސައިފް އަލީ ޚާންގެ ދަރި ސާރާ އަލީ ހާންއެވެ. ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 28، 2018ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް