24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ބޮލީވުޑް

ޕްރިޔަންކާ އާއި ދިޕިކާގެ ކައިވެނި ކުރާ ދުވަސް ދިމައެއް ނުވާނެ

  • މި ދެ ޖޯޑުގެ ކައިވެނީގެ ދެމެދުގައި މަދުވެގެން ތިން ދުވަހުގެ ގެޕެއް ލިބިގެން ދާނެ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 29 އޮކްޓޯބަރ 2018 | ހޯމަ 22:43 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް -- ގޫގުލް

ބޮލީވުޑް ގެ ދެތަރިން ކަމަށްވާ ރަންވީރު ސިންގް އާއި ދިޕިކާ ޕަދުކޯންގެ ކައިވެނި ކުރާ ދުވަހާއި ޕްރިޔަންކާ ޗޯޕްރާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ކައިވެނި ކުރާ ދުވަސް ދިމާ ނުވާނެ ކަމަށް ޚަބަރުތައް ބުނެފިއެވެ.

މި ދެ ޖޯޑުގެ ފޭނުންނަށް މި ޚަބަރު ވެގެން ދާނީ އެދެކައިވެނި ކްލޭޝް ވެދާނެ ކަމަށް ހިތް ނުތަނަވަސް ވެފައި ތިބި ފޭނުން ލިބޭނެ އުފާވެރި ޚަބަރަކަށެވެ.

ޑީއެންއޭއިން ރިޕޯޓްކޮށްފައިވާ ގޮތުން މި ދެ ޖޯޑުގެ ކައިވެނީގެ ދެމެދުގައި މަދުވެގެން ތިން ދުވަހުގެ ގެޕެއް ލިބިގެން ދާނެއެވެ.

ދީޕިކާ އާއި ރަންވީރު ވަނީ އެދެތަރިން ކައިވެނި ކުރާ ދުވަހަކީ ނޮވެމްބަރު މަހުގެ 14 އަދި 15 ކަމަށް އިއުލާން ކޮށްފައެވެ. އަދި މި ދެތަރިންގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އިޓަލީގެ ލޭކް ކޯމޯގައި ކަމަށް ޚަބަރުތައް ބުނެއެވެ. ކައިވެނީގެ ހަފްލާއަށް ދައުވަތު ދީފައިވަނީ ދެފަރާތުގެ އާއިލާ އާއި ގާތް އެކުވެރިންނަށް ކަމަށް ޚަބަރުތައް ބުނެއެވެ. އެއަށްފަހު ނޮވެމްބަރު 21 ގައި ބެންގަލޫރުގައި އިންޑިއާގައި ކައިވެނީގެ ހަފްލާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނޮވެމްބަރު 28 ގައި މުމްބައީގައި ވެސް ކައިވެނީގެ ދެވަނަ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޚަބަރުތައް ބުނާ ގޮތުން ޕްރިޔަންކާ އާއި ނިކް ގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ތާރީޚަކީ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހެވެ.

"ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ ބޭނުންވަނީ އޭނާގެ އަންހެން ދަރިފުޅުގެ ކައިވެނި އިންޑިއާގެ ސަގާފަތާއި އެއްގޮތަށް ކުރަން. ނޮވެމްބަރު 30 އަދި ޑިސެމްބަރު 1 ގައި މެހެނދީ އަދި ސަންގީތް އޮންނާނެ. ތިން ދުވަހަށް ކުރިއަށްދާ މި ދެ ފަންކްޝަނަށް ޖޯދްޕޫރުގެ ދެ ތަނެއް ވަނީ ހަމަޖައްސާފަ" އާއިލާ އާއި ގާތްމީހަކު ޑީއެންއޭއަށް ވަނީ ބުނެފައެވެ.

މި ދެމިހުންގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ޖޯދްޕޫރުގެ މެހްރަންގަރަ ފޯޓްގައި ކަމަށް ޚަބަރުތައް ބުނެއެވެ.

  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް