23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

  • ހަލް ސިޓީ އޮތީ ކުޅުނު 24 މެޗުން ލިބުނު 20 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 18 ވަނައިގަ
  • ލިވަޕޫލް އޮތީ ކުޅުނު 24 މެޗުން ލިބުނު 47 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގަ
  • ޓޮޓެންހަމް އޮތީ ކުޅުނު 24 މެޗުން ލިބުނު 50 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގަ
ލީވާން އަލީ | MrLeevaan

| 5 ފެބުރުވަރީ 2017 | އާދީއްތަ 09:00 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް


ޓޮޓެންހަމްގެ ޕެނަލްޓީ ކޭން ކުރިޔަށް ފޮނުވާލަނީ -- ގޯލް.ކޮމް

ޕްރިމިއާ ލީގުގައި ހެރީ ކޭންގެ ލަނޑުން ޓޮޓެންހަމް ހޮޓްސްޕާ މޮޅުވިއިރު، ހަލް ސިޓީ އަތުން ލިވަޕޫލް ބަލިވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ މިޑިލްސްބްރާއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗުގައި ޓޮޓެންހަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، އެޓީމަށް ވަނީ މެޗުގައި ލަނޑު ޖެހުމަށްވެސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މީގެއިތުރުން ފުރަތަމަ ހާފްގައި ޓޮޓެންހަމްއެކޭ އެއްގޮތަށް މިޑްލްސްބްރާއަށްވެސް ވަނީ ލީޑު ނެގުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޓޮޓެންހަމް އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން އެޓީމުން ދިޔައީ މިޑިލްސްބްރާގެ ގޯލަށް ފުލުފުލުގައި ހަމަލާ އުފައްދަމުންނެވެ.

މެޗުގައި ޓޮޓެންހަމް އިން ލީޑު ނެގީ 58 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ. މި ލަނޑަށްފަހުވެސް ޓޮޓެންހަމް އަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ކުޅުނު 24 މެޗުން ލިބުނު 50 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގަ އެވެ. މެޗުން ބަލިވި މިޑިލްސްބްރާ އޮތީ ކުޅުނު 24 މެޗުން ލިބުނު 21 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 15 ވަނައިގަ އެވެ.

w
ލިވަޕޫލް އާއި ހަލް ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ލިވަޕޫލް ބަލިވީ ހަލް ސިޓީއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

ހަލް ސިޓީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ދެޓީމަށްވެސް ވަނީ ލިބި ބޭކާރުވެފައެވެ. އެގޮތުން ލިވަޕޫލް އަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ.

މެޗުގައި ހަލް ސިޓީން ލަނޑު ޖަހާ ލީޑު ނެގީ ފުރަތަމަ ހާފް ނިމެން މިނެޓަކަށްވެފައި ވަނިކޮށެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯން މޮމަރް އެވެ. މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ލިވަޕޫލްގެ މައްޗަށް ހަލް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީވެސް ލިވަޕޫލް އިންނެވެ. އެގޮތުން އެޓީމުން ވަނީ ދެވަނަ ހާފްގައި އެޓޭކްތައް ވަރުގަދަކޮށް ލަނޑު ޖަހަން ފުލުފުލުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެހެންނަމަވެސް މުޅި މެޗުގައިވެސް ލިވަޕޫލް އަށް ވަނީ ހަލް ސިޓީގެ ވަރުގަދަ ޑިފެންސް ފޫ އަޅުވާލެވޭ ގޮތް ނުވެފައެވެ. ހަލް ސިޓީން މެޗުގެ ލީޑު ފުޅާކުރީ 84 ވަނަ މިނެޓުގައި އުމަރު ނައިސޭ ކާމިޔާބުކުރި ލަނޑުންނެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު 24 މެޗުން ލިބުނު 47 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގަ އެވެ. ހަލް ސިޓީ އޮތީ ކުޅުނު 24 މެޗުން ލިބުނު 20 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 18 ވަނައިގަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް