16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

އާދަ ކާދަ އިރުވަރުބެލުން

ވަގުތާއި އިރުވަރު ބެލުން.

 • އަތްމަތި ތަނަވަސް މީހުން މަތިމަތިން ހަތް ލިބާސް ލައްވައެވެ.
 • ވަގުތާއި، އިރުވަރު ބެލުން ރާއްޖެއަށް ތަޢާރަފްވެފައި ވަނީ ދިވެހިން ކުރިން ޤަބޫލުކޮށްގެން ތިބި ބުދުދީނާއި، ހިންދީ ދީނުގެ ސަބަބުންނެވެ.
 • (ނަކަތް ބަލާ މީހާ އާއި، ބަލުވާ މީހާއާއި، އެކަމަށް ތަބާވާ މީހުން) 40 ދުވަހުގެ މުއްދަތަށް އެބައި މީހުންގެ ނަމާދު، ﷲ ގެ ޙަޟްރަތުގައި ޤަބޫލު ނުކުރެއްވޭ ކަމަށް ކީރިތި ރަސޫލާ އަންގަވާފައިވެއެވެ.
އަހްމަދުﷲ ޖަމީލް | adjameel

| 28 އޮކްޓޯބަރ 2018 | އާދީއްތަ 09:45 | |

މަގުބޫލް

 1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
 2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
 3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
 4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
 5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
 6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
 7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
 8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ދޯނި ބަނުމުގައި ނުވަތަ ފަށަން ބެހެއްޓުމުގައި ވެސް ރަނގަޅު ވަގުތު ބަލައި އުޅުނެވެ. -- ފޮޓޯ: ރާއްޖެ އެމްވީ

 (27 އޮކްޓޯބަރ 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

 

 1. ލިބާސްލެއްވުން:

އަންހެން ކުދިންގެ ފޫޅުންމަތި ނިވާކުރަނީ އެކުއްޖަކު ބާލިޣުވެ، ފުރާވަރަށް އެރުމާއެކުއެވެ. މިޢުމުރަށް އަންނަންވާއިރަށް އެކުދިންގެ ޢުމުރުން 7 އަހަރުން ފެށިގެން ލިބާސްލެއްވުމަށް ޢާއިލާގެ މީހުން ތައްޔާރުވާން ފަށައެވެ. މި ތައްޔާރީތަކުގެ ތެރޭގައި ވަގުތާއި އިރުވަރު ބެލުމަކީ ވެސް އޮންނަ ކަމެކެވެ. މިގޮތުން ހަތް އަހަރު ފުރުމުން އެކުއްޖާގެ ބޯ ދިގުކުރަންފަށައެވެ. އަދި އެދުރުބޭކަލަކު ލައްވައި އިރުވަރު ބަލައި ހެޔޮ ސާޢަތެއްގައި އެކުއްޖާގެ ބޮލުގެ މެދުން ތަންކޮޅެއް ބާލައި އެތަނުގައި މާވަހަރު ކޮޅެއް ބާއްވައި ރަތުލޯކައްޓެއް އަލިފާނުން ދޮންކޮށް ބޮލުގައި ބޭއްވި މާވަހަރުކޮޅުގައި އެލޯކޮޅު ޖައްސައި މާވަހަރު ކޮޅު ވިރުވައެވެ. އެދުވަހެއްގެ ފަހުން އެކުއްޖާގެ އިސްތަށިގަނޑު ދިގުވާން ދޫކޮށްލައެވެ.

ލިބާސް ލެއްވުމަށްޓަކައި އެދުރުބެ ޢާއިލާގެ އެންމެންގެ ކުރިމަތީގައި ޞަލަވާތް ފާތިޙާ ކިޔަވައި އިރުވަރު ޖެހުމުން ކުރިން ތައްޔާރުކޮށްފައި ހުރި ލިބާސްތައް އެކުއްޖާގެ ބޮލަށް ވައްޓައެވެ. ލިބާހުގެ ޢަދަދު ކަނޑައެޅެނީ ޢާއިލާގައި މާލީ ތަނަވަސްކަން ހުންނަ މިންވަރަކުންނެވެ. އަތްމަތި ތަނަވަސް މީހުން މަތިމަތިން ހަތް ލިބާސް ލައްވައެވެ. އެނޫން މީހުން ތިން ލިބާހުން ފުއްދާލައެވެ. މިރަސްމިއްޔާތުގައި ފުރަތަމަ ލައްވަނީ ރަތްކުލައިގެ ލިބާހެކެވެ. އެއަށްފަހު ގޭގެ ދޮރުމަތީގައި ހިންގުވާނެއެވެ. މުއްސަނދިން އަންހެން ކުއްޖާ ބޮލި ކޯއްޓެއެއްގެ މަތީގައި ހިނގުވައެވެ. މިކަމަށް އެންމެ ހެޔޮ އިރުވަރަކީ ބުރާސްފަތި ދުވަހެވެ. ދެން އާދީއްތަ ދުވަސް ކަމުގައި ޤަބޫލުކޮށް އުޅުނެވެ.

 

ރ. އިޤްތިޞާދީ އަދި މާލީ ކަންކަން.

 1. ގޮވާންކުރުމާއި ދަނޑުވެރިކަން ކުރުން:

ގޮވާންކުރުން ނުވަތަ ދަނޑުވެރިކަން ކުރުމަކީ މޫސުމީ ކަމެކެވެ. އެއީ ހުޅަނގު ވިއްސާރައާއި ދިމާވާ ގޮތަށް ކޮށްއުޅޭކަމެކެވެ. މިކަމުގައި ވެސް ވަގުތާއި އިރުވަރު "އިހުރު" ނުވަތަ "އިރުވެރިޔާ" އަކަށް ޢައްޔަން ކުރެވިފައިވާ މީހަކު ހަމަޖައްސައެވެ. މި މީހަކަށް އެދަނޑުން ލިބޭއެއްޗަކުން ބައި އަޅާނެއެވެ. އިރުވަރު ބެލުމުގެ ބޭނުމަކީ ގޮވާން ކުރާ އެއްޗެއްގައި ބަރަކާތްލެއްވުމަށާއި، ދޫނި ސޫފާ ސޫފިން ދަނޑާއި ގޮވާން ސަލާމަތްކުރުމުގެ ނިޔަތުގައެވެ.

ދަނޑުވެރިކަން ފަށައިގަތުމުގެ ކުރިން އެކި ދުވަސްތަކަކަށް މަސައްކަތްތައް ބަހައި އިހުރުވެރިޔާގެ އިރުޝާދުގެ މަތިން އެކަންތައް ކުރަމުން ގެންދެއެވެ. މިގޮތުން ވަކި ނަކަތްތަކަކާއި، މޫސުންތަކުގައި މިކަންކުރެއެވެ.

 1. ދޯނީގެ ފަށަން ބެހެއްޓުން:

އޮޑިދޯނި ފަހަރު ބަނުމަށްޓަކައި ފަށަން ބެހެއްޓުމަކީ ވެސް ވަކިވަގުތަކާ އިރުވަރުބަލައި މިހާރު ވެސް ކުރަމުން ގެންދާކަމެކެވެ. މިގޮތުން އައްސިދަ، ރޭވަ، މިއަލެހި، ދޮށަ ނަކަތުގައި މިކަން ކުރަމަށް ސަމާލުކަމެއް ދެވެއެވެ. ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު، ހޯމަ، ބުރާސްފަތި ދުވަހާ ދިމާކުރެވޭތޯ ބަލައެވެ. އަދި މަހުގެ ގޮތުން ރަމަޟާން މަހާއި، ޛުލްޤަޢިދާ މަހާއި، ޖުމާދިލްއާޚިރާ މަހަށް ސަމާލުކަން ދެވެއެވެ.

މިކަމަށް ހެކިލިބެނީ ޕިރާޑާ ޙަވާލާދެއްވައި މުޙައްމަދު އިސްމާޢީލް ދީދީ (1995) ވިދާޅުވެފައިވާ ވިދާޅުވުމުންނެވެ. އެއީ ހަނގުރާމައަށާއި، މަސްވެރިކަމަށާއި ވިޔަފާރީގެ ދަތުރުތަކަށް ބަންނަ އޮޑިދޯނި ފަހަރު ބަނުމުގައި އިރުވަރު ބަލާކަމުގައި ޕިރާޑު ވިދާޅުވެފައިވެއެވެ.

3. ދޯނި ބޭލުން:

އޮޑިދޯނިފަހަރު ބަނދެ ނިމުމުން މޫދަށް ބޭލުމުގައި ވެސް އެ ދޯންޏަށް ނުވަތަ އޮޑިއަށް ރޯދި ބަރަކާތް އިތުރުވެ މުޞީބާތްތަކުން ދުރުކުރުމުގެ ނިޔަތުގައި އިރުވަރާއި ވަގުތު ބަލައެވެ. އެންމެ ރަނގަޅު ސާޢަތަކީ މުޝްތަރީ ކަމުގައި ބެލެވެއެވެ. ހަމައެހެންމެ ޝަމްސާއި ޤަމަރާއި އަތާރިދު ސާޢަތަކީ ވެސް އޮޑި ދޯނި ފަހަރު ބޭލުމަށް ރަނގަޅުވަގުތު ކަމުގައި ބަލައި އުޅޭ ވަގުތުތަކެވެ.

ދޯނިބާލާ މީހާއަށް ހެޔޮ ވަގުތު އައިސްޖެހުމުން ދޯނި ދޮށުގައި ކިޔެވެލި ކިޔަވައި ދުންއަޅައި ކާށި ފަޅައި އެކިއެކި ކަން ކޮށް ނިމުމުން އިރުވަރު ދިޔުމުގެ ކުރިން ދޯނިބޭލުމަށް އެދެއެވެ.

ބ. ފަންޑިތަ ހެދުމާއި ސިހުރު ހެދުން:

ފަންޑިތަ، ސިހުރަކީ، ޤުރްއާނުގެ އާޔަތްތައް، ފަތްޕިލާވެއްޔާއި އެކިއެކި ސާމާނުގައި ލިޔެ ވަޅުލައި ނުވަތަ ފެންމަތުރައި ހަދާހެދުމެކެވެ. މިކަންކުރާ މީހުން ވެސް މިކަންކުރަނީ ސާޢަތާއި، އިރުވަރުބަލައިގެންނެވެ. މައިގަނޑު ގޮތެއްގައި ފަންޑިތަ ދެބަޔަކަށް ބެހެވޭކަމުގައިވެއެވެ. ތިމާއަށް ފައިދާ ކުރަނިވި ގޮތްގޮތަށް ހަދާފަންޑިތައާއި، އަނެކާއަށް ކިތަންމެ ބޮޑު ގެއްލުމެއް ދީގެން މަޤުޞަދު ޙާޞިލްކުރުމަށް ހަދާ ފަންޑިތައެވެ. އެއަށް ސިހުރޭ ވެސް ކިޔައެވެ. ސިހުރު ހެދުމުގައި ޖިންނި އާއި، ޝައިޠާނުން ބޭނުންކޮށް ތިމާ ބޭނުންވާ މަޤުޞަދު ޙާޞިލްކުރުމަށް ހަދާފަންޑިތައެވެ. މިއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކަމެކެވެ.

ވަގުތާއި އިރުވަރު ބެލުމަކީ އެކަން ކުރާ ބަޔަކަށް ފައިދާ ލިބިގަތުމަށްޓަކައި ކުރާކަމެއްކަމަށް ޤަބޫލުކޮށް މައިގަނޑު ގޮތެއްގައި ކޮށް އުޅުނު ކަމެކެވެ. އިރުވަރާއި ވަގުތު ބެލުމުގައި އެކަން ކުރާ މީހުން ގެންގުޅޭ ކަންތައްތަކެއް ފާހަގަކުރެވުނެވެ. އެއީ މިކަމެއް ރާއްޖެއަށް ތަޢާރަފްވެފައި ވަނީ ދިވެހިން ކުރިން ޤަބޫލުކޮށްގެން ތިބި ބުދުދީނާއި، ހިންދީ ދީނުގެ ސަބަބުންކަމެވެ. ރާއްޖެއަށް އިސްލާމްދީން ތަޢާރަފް ވުމަށްފަހު ވެސް އިރުވަރުބެލުން ކުރިއަށް ދިޔަކަން ފާހަގަކުރެވެއެވެ. އިސްލާމްވުމަށް ފަހު ވެސް ޢަރަބީންގެ ތެރޭގައި ވެސް އިސްލާމްވުމުގެ ކުރިން އޮތް، މި ޚުރާފާތުގެ ނުބައި ޢަމަލު ރާއްޖޭގައި ވެސް ދެމިއޮތީ ކަމުގައި ބެލެވެއެވެ. އަދި މިކަން ކޮށް އުޅުނީ ވަކި ދުވަސްވަރެއްގައި ކަމާއި ވަކި ނަކަތްތަކެއްގައިކަން ވެސް ފާހަގަކުރެވެއެވެ. އެހެން ނަމަވެސް މިއީ ކީރިތި ރަސޫލާ ނަހީ ކުރައްވާފައިވާ ކަމެކެވެ. އެހެނީ މިކަމުގައި އުޅުނު މީހުންގެ (ވަގުތާއި، އިރުވަރާއި، ނަކަތް ބަލާ މީހާ އާއި، ބަލުވާ މީހާއާއި، އެކަމަށް ތަބާވާ މީހުން) 40 ދުވަހުގެ މުއްދަތަށް އެބައި މީހުންގެ ނަމާދު ﷲ ގެ ޙަޟްރަތުގައި ޤަބޫލު ނުކުރެއްވޭ ކަމަށް އެކަލޭގެފާނު އަންގަވާފައި ވެއެވެ.

ނިމުނީ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް