20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ތައުމީން ނުވަތަ އިންޝުއަރެންސް

ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން

  • އިޖްތިމާޢީ ތައުމީނަކީ، ޢިލްމުވެރިންގެ އިއްތިފާޤުން ހުއްދަ ޙަލާލު ނިޡާމެކެވެ.
އަހްމަދުﷲ ޖަމީލް | adjameel

| 28 އޮކްޓޯބަރ 2018 | އާދީއްތަ 09:30 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  4. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  5. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ހުޅުމާލޭގެ ފިހާރައެއް: ވިޔަފާރީގެ އުޞޫލުން ޝަރިކާ ނުވަތަ ކުންފުނި ހަދައިގެން މިހާރު ދުނިޔޭގައި ދެމުން ގެންދާ އިންޝުއަރެންސަށް ކިޔާ ނަމަކީ ތިޖާރީ ތައުމީނެވެ. -- ފޮޓޯ: ރާއްޖެ އެމްވީ

(27 އޮކްޓޯބަރ 2018 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

ތައުމީން ބެހެވިގެންވާ ބައިތައް.

ޢާއްމު ގޮތެއްގައި ތިން ބަޔަކަށް ތައުމީން ބެހެވިގެން ވެއެވެ. އެއީ: ހ. އިޖްތިމާޢީ ތައުމީނާއި، ށ. ތަޢާވުނީ ތައުމީނާއި، ނ. ތިޖާރީ ތައުމީނެވެ.

 

ހ. އިޖްތިމާޢީ ތައުމީން.

އިޖްތިމާޢީ ތައުމީނަކީ، ސަރުކާރުން ރައްޔިތުންގެ ތެރެއިން ބަޔަކު، ނުކުޅެދޭ ގޮތްވުމުން، ނުވަތަ މުސްކުޅިވުމުން، ނުވަތަ ބަލިވުމުން، ނުވަތަ ކުރާނެ މަސައްކަތެއް ނުލިބުމުން ފަދަ ޙާލަތެއް ދިމާވުމުން އެ ސަރުކާރަކުން، އެ ފަދަ މީހުންނަށް ދާއިމީ ގޮތެއްގައި، މާލީ އެހީ ފޯރުކޮށް ދިނުމަށް އުފައްދާ ނިޡާމަކަށް ކިޔާނަމެކެވެ. މިއީ ޢިލްމުވެރިންގެ އިއްތިފާޤުން ހުއްދަ ޙަލާލު ނިޡާމެކެވެ. މިފަދަ ނިޡާމަކަށް ޖަމާކުރާ ފައިސާއިން ކުންފުނި އުފެއްދޭނެއެވެ. އަދި ހުއްދަ ޙަލާލު ގޮތުގައި، ވިޔަފާރިކުރާ ގޮތަށް ހަމަޖައްސައެވެ. އަދި ޕެންޝަނާއި، ބޭސްފަރުވާގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ށ. ތަޢާވުނީ ތައުމީނު

ތައުމީނުގެ މި ވައްތަރަކީ ގިނަބަޔަކު ނުވަތަ ދެމީހަކު ގުޅިގެން، ކޮންމެ މަހަކު، ކޮންމެ މެންބަރެއްގެ އަތުން ވަކި މިންވަރަކަށް ފައިސާ ނަގައިގެން ކުރާ މުޢާމަލާތަކަށް ކިޔާ ނަމެކެވެ. ތަޢާވުނީ ތައުމީނުގެ މުޢާމަލާތު ކުރެވެނީ ބައިވެރިވާ މީހުންގެ ތެރެއިން ގެއްލުމަކާ ކުރިމަތިވާ މީހަކަށް، އެ މީހެއްގެ މުހުތާދު ފިލުވޭ މިންވަރަށް ފައިސާ ދީ އެހީތެރިވުމަށް ވެވޭ އެއްބަސްވުމެއްގެ ދަށުން ހިންގާ ނިޡާމެކެވެ. މިހާރު މިފަދަ މުޢާމަލާތްކުރާ ކުންފުނިތައް އުފައްދައި، ވިޔަފާރިކުރަމުން ވެސް ގެންދެއެވެ. ނިޡާމަކީ ވެސް، ހުއްދަ ޙަލާލު ނިޡާމެއް ކަމަށް ޢިލްމުވެރިންގެ މެދުގައި އެއްބަސްވެވިފައި ވެއެވެ.

ނ. ތިޖާރީ ތައުމީނު

ތިޖާރީ ތައުމީނަކީ ވިޔަފާރީގެ އުޞޫލުން ޝަރިކާ ނުވަތަ ކުންފުނި ހަދައިގެން މިހާރު ދުނިޔޭގައި ދެމުން ގެންދާ އިންޝުއަރެންސަށް ކިޔާ ނަމެވެ. މިއީ އެ ކުންފުނީގައި ތައުމީނު ކުރުމަށް ބައިވެރިވާ ނުވަތަ އިންޝުއަރ ކުރުމަށް އެދި ރަޖިސްޓްރީ ވެފައިވާ މީހަކަށް ނުވަތަ ފަރާތަކަށް، މުޞީބަތެއް، ނުވަތަ ގެއްލުމެއް ކުރިމަތިވާ ހިނދު، އޭގެބަދަލު، ތައުމީނުކޮށްދޭ ފަރާތުން ދޭގޮތަށް ހިންގާ ޝަރިކާތަކެކެވެ. މިގޮތުން އެހީތެރިވެ ދެނީ ތައުމީނު ކޮށްދިނުމަށް އެދޭ ފަރާތުން، އެއްފަހަރާ، ނުވަތަ އެއްބަސް ވެފައިވާ ގޮތަށް، ނުވަތަ އެނޫން ގޮތަކަށް އެހީތެރިވެ ދޭ ގޮތައް ވެވިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

މިޢަޤްދުގައި ބަޔާންކޮށްފައިވާ ގެއްލުމަކީ، ނުވަތަ މުޞީބަތަކީ، ވަރަށް މަދު ޙާލަތެއްގައި ނޫނީ، ދިމާވާ ކަމެއްނޫނެވެ. އެފަދަ މުޞީބަތެއް، ނުވަތަ ގެއްލުމެއް ކުރިމަތި ނުވާނަމަ، ތައުމީނު ކޮށްދިން ފަރާތުން، ތައުމީނު ކޮށްދިނުމަށް އެދި ވަކި ޢަދަދަކަށް ފައިސާ ދައްކާފައިވާ ފަރާތަށް، އެއްވެސް އެއްޗެއް ދޭކަށް ނުޖެހޭނެއެވެ. މިޢަޤްދުގައި ބަޔާންވެގެންވާ ގެއްލުން ކުރިމަތިވުމުން، އަނެއް ފަރާތުން ދައްކަން ޖެހޭ ފައިސާއަކީ، އެނގިގެން ނުވާ މަޖްހޫލު އެއްޗަކަށް ވާތީ، ފިޤްހު ޢިލްމުވެރިން ވިދާޅުވެފައި ވަނީ، މިއީ ހުއްދަ ނޫން ޙަރާމް ޢަޤްދެއް ކަމަށެވެ. އެއީ މި ޢަޤްދުގައި ޖުވާގެ ސިފަ ހިމެނިފައި ވާތީއެވެ.

 

ނުނިމޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް