23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

އެމެރިކާ

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

  • އިސްލާމީ ގައުމުތަކުގެ މީހުންނަށް އެމެރިކާއަށް މިހާރު ދަތުރުކުރެވޭނެ
  • ޓްރެވެލް ބޭން އުވާލީ ކޯޓުން ނެރުނު އަމުރާ ގުޅިގެން
  • ކޯޓުގެ ނިންމުމުން ގާނޫނު ތަންފީޒްކުރަން ގޮންޖެހުންތައް ކުރިމަތިވޭ: ޓްރަމްޕް
ލީވާން އަލީ | MrLeevaan

| 5 ފެބުރުވަރީ 2017 | އާދީއްތަ 05:37 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  4. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ޓްރެވެލް ބޭންއާ ދެކޮޅަށް މުޒާހަރާކުރަނީ -- ޓްވިޓަރ

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭ ގޮތް ހަދައިފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ރިޔާސީ ގަރާރުގައިވާ ފަދައިން އިސްލާމީ ބައެއް ގައުމުތަކަށް އެމެރިކާއަށް ނުވަދެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެހެން ނަމަވެސް އެ ނިންމެވުމަށް ތަބާނުވުމަށް އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވެރިކަމުގައި ފަނޑިޔާރުކަމަށް އައްޔަންކުރި ޖޭމްސް ރޮބަޓް ވަނީ އަމުރެއް ނެރެފައެވެ.

އޭނާ އެ އަމަރު ނެރެފައިވަނީ ވޮޝިންޓަނާއި މިނެސޯޓާގެ އެޓާނީ ޖެނެރަލުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެގޮތުން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމެންޓުން ވަނީ ކޯޓުން އެ އަމުރު ނެރުނުތާ 24 ގަޑިއިރުވެސް ނުވަނީސް އެ އަމުރު ތަންފީޒުކުރަން ފަށާފައެވެ.

ޖޭމްސް ނެރުއްވި ބަޔާނުގައި ބުނީ ޓްރަމްޕްގެ ރިޔާސީ ގަރާރުގެ ސަބަބުން ގާނޫނު އަސާސީ އިން ލިބިދީފައިވާ ތައުލީމް ހާސިލް ކުރުމުގެ ހައްގާއި ވަޒީފާ އަދާކުރުމުގެ ހައްގުގެ އިތުރުން ދަތުރުފަތުރުކުރުމުގެ ހައްގަށްވެސް އަރައިގަނެވޭ ކަމަށެވެ.

އެމެރިކާއަށް އެރުން މަނާ ގައުމުތަކުގެ ލިސްޓުގައި ހިމެނީ އީރާން، އިރާގް، ލީބިޔާ، ސޫދާން، ޔަމަން،ސީރިޔާ އަދި ސޯމާލިޔާއެވެ. އެހެންކަމުން އެއްވެސް ހުރަހެއް ނެތި އިސްލާމީ ގައުމުތަކުގެ މީހުންނަށް އެމެރިކާއަށް މިހާރު ދަތުރުކުރެވޭނެއެވެ.

މީގެއިތުރުން އެމެރިކާއަށް އައުމަށް ކުރިން ދޫކޮށްފައިވާ 60،000 ވިސާ ކެންސަލްކޮށްފައިވީ ނަމަވެސް އެ ހުރިހާ ފަރާތަށްވެސް އެ ގައުމަށް ދަތުރުކުރެވޭނެއެވެ.

ފަނޑިއާރުގެ ނިންމުމަށް ފާޑުވިދާޅުވަމުން ޓްރަމްޕް ވަނީ ހޮނިހިރު ދުވަހު ޓުވީޓްވެސް ކުރައްވާފައެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ ކޯޓުން ކުރި އަމުރުގެ ސަބަބުން ގާނޫނު ތަންފީޒުކުރުމަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހިއްޖެ ކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ދިވެހި މީހާ

2 އަހަރު ކުރިން

ދިވެހި ފަނޑިޔާރުން މީގެ އިދިކޮޅު

0
0