
| 27 އޮކްޓޯބަރ 2018 | ހޮނިހިރު 12:11 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ޖުމްހޫރީ ދުވަހަށް ޚާއްސަކޮށްގެން ރާއްޖެ ޓީވީން އައު ލަވަތަކެއް އުފައްދަން ފަށައިފި އެވެ.
މި ލަވަތަކުގެ ޑައިރެކްޓަރ ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމް ވިދާޅުވީ ލަވަތައް ވެގެން ދާނީ ރާއްޖެ ޓީވީން އެކިއެކި މުނާސަބާތަކާއި ގުޅިގެން އުފައްދާ ލަވަތައް ފަދަ ތަފާތު އުފެއްދުމަކަށް ކަމަށެވެ.
އެއް ލަވައިގެ ވީޑިއޯ ވަނީ ނަގާ ނިމިފައިވާ ކަމަށާއި ބައެއް ލަވަތަކުގެ އޯޑިއޯގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށް އާމިރު ވިދާޅުވިއެވެ.
މިވަގުތު ކުރި އަށް ދަނީ ލަވަތަކުގެ ޕްރީ ޕްރޮޑްކްޝަންގެ މަސައްކަތް ކަމަށް އާމިރު ވިދާޅުވިއެވެ.
ލަވަތަކުގެ ނެށުންތަކުގެ ކެމެރާމަނަކީ ރާއްޖެ ޓީވީގެ ޗީފް ކެމެރާމަން މުހައްމަދު އަނިލް އެވެ. މިހާތަނަށް ވީޑިއޯ ނިންމާފައިވާ ލަވަ ނަގައިފައިވަނީ ކ. ދިއްފުށީގައެވެ. ދެންހުރި ލަވަތައް ވެސް އެކިއެކި ރަށަރަށުގައި ޝޫޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޚާއްސަ ލަވަތަކުގައި ރާއްޖޭ ޓީވީގެ ބައެއް މުވައްޒަފުން ހަރަކާތްތެރި ވާނެކަމަށް އާމިރު ވިދާޅުވިއެވެ.
މި ލަވަތަކުގެ މިއުޒިކާއި ލަވަތައް ކިޔާފައި ވަނީ މިވަގުތު ރާއްޖޭގައި ތިބި މަޝްހޫރު މިއުޒީޝަނުންނެވެ.
އަދި އެޑިޓިންގ މަސައްކަތް ކުރަމުން ދަނީ ރާއްޖެ ޓީވީގެ ވީޑިއޯ އެޑިޓަރު އާދަމް ސުފިޔާނެވެ.
މި ލަވަތަކުގެ ޕްރޮޑަކްޝަންގެ މަސައްކަތްތައް ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އާމިރު ވިދާޅުވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް