25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ކަސަބް ވިޔުން

ވިއަމް އިން ކަސަބް ވިއުމުގެ ޕްރޮގްރާމެއް ފަށަނީ

  • މިއީ 10 ދުވަހަށް ކުރިއަށްގެންދާ ޕްރޮގްރާމެއް
  • އަންނަ ހޯމަ ދުވަހުން ފެށިގެން ބައިވެރިވުމަށް ފުރުސަތު ހުޅުވާލަނީ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 27 އޮކްޓޯބަރ 2018 | ހޮނިހިރު 09:32 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ކަސަބް ވިޔުމުގެ މަސައްކަތް ކުރަނީ -- ފޭސްބުކް

ކަސަބް ވިޔުމުގެ ޕްރޮގްރާމެއް ވިމެން އޮންޓަރޕްރިނިއަރ އެސޯސިޝަން (ވިއަމް) އިން ނޮވެމްބަރު މަހުގައި ފެށުމަށް ނިންމައިފިއެވެ.

އަންހެނުންނަށް ވިޔަފާރީގެ މާހައުލުގައި ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދީ، މަސައްކަތުގެ ދާއިރާއިން ފުރުސަތުތައް ފަހި ކޮށްދިނުމަށް މަސައްކަތްކުރާ ޖަމިއްޔާ އިން ކަމުގައިވާ ވިއަމްގެ ޕްރެޒިޑެންޓް ޝާއިރާ ސަލީމް ވިދާޅުވީ، މި ޕްރޮގްރާމު ހާއްސަކޮށްލާފައި ވަނީ ކަސަބު ވިއުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ކަމަށެވެ. ކަސަބު ވިޔުމަކީ ރާއްޖޭގައި ވަރަށް ބޮޑަށް ނެތެމުންދާ މަސައްކަތަކަށްވާ އިރު މި މަސައްކަތް ކުރާނެ ފަރާތްތައް އިތުރު ކުރުމަށް 2017 ވަނަ އަހަރުން ފެށިގެން ވިއަމް އިން ވަނީ މަސައްކަތް ފަށާފައެވެ.

ކަސަބު ވިޔުމުގެ ބޭސިކް ޓްރެއިންގ ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 10 ދުވަހަށެވެ. ކަސަބު ވިޔުމުގެ މި ޕްރޮގްރާމު ހާއްސަކޮށްލާފައިވަނީ ވިއަމްގެ މެންބަރުންނަށެވެ. އެހެން ނަމަވެސް މެންބަރުން ނޫން ފަރާތްތަކަށްވެސް ކޮންމެވެސް ވަރެއްގެ އަދަދެއް ދެވިގެންދާނެ ކަމަށް ޝާއިރާ ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައިވެސް ލިބޭ ތަރުހީބަށް ބަލާ އިތުރު ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ހުޅުވާލާ ފުރުސަތުގައި 30 ވަރަކަށް ފަރާތަށް ފުރުސަތު ލިބިގެންދާނެ ކަމަށް ޝާއިރާ ވިދާޅުވިއެވެ.

ސްކޫލު ބަންދުވުމުން، ޗުއްޓީއަށް މީހުން ދާން ފެށުމުގެ ކުރިން މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް