22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އަރްދާ ޓުރާން

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

  • ޓުރާން ވަނީ 2008 ވަނަ އަހަރު ތުރުކީއާއެކު ޔޫރޯގެ ތިންވަނަ ހޯދާފަ
  • ކުރިޔަށް އޮތް ދުވަސްތަކުގައި އެއްބަސްވުމާބެހޭގޮތުން ވާހަކަ ދެއްކުމަށް ޗައިނާ އަށް ދާނެ: ރިޕޯޓް
  • ޗައިނާގެ ކްލަބަކުން ޓުރާން ހޯދުމަށް ހަތަރު އަހަރުގެ އެއްބަސްވުމެއް ވަނީ ހުށަހަޅާފަ: ރިޕޯޓް
ލީވާން އަލީ | MrLeevaan

| 5 ފެބުރުވަރީ 2017 | އާދީއްތަ 01:07 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ބާސާ އަށް ކުޅެމުން އަންނަ ޓުރާން -- ގޫގުލް

ބާސާ އަށް ކުޅެމުން އަންނަ ތުރުކީގެ މިޑްފިލްޑަރު އަރްދާ ޓުރާން ހޯދުމަށް ޗައިނާ ސުޕާ ލީގުގެ ކްލަބަކުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބެއިން ސްޕޯޓްސް ތުރުކީ އިން ބުނީ ޓުރާން ހޯދުމަށް ޗައިނާ ކްލަބަކުން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެގޮތުން ހަތަރު އަހަރު ދުވުހުގެ އެއްބަސްވުމެއްގެ ދަށުން އޭނާ ހޯދުމަށް 100 މިލިއަން ޔޫރޯ އެ ކްލަބުން ހުށަހަޅާފައިވާ ކަމަށެވެ.

މީގެއިތުރުން އޭނާ ކުރިޔަށް އޮތް ދުވަސްތަކުގައި އެއްބަސްވުމާބެހޭ ގޮތުން ވާހަކަ ދެއްކުމަށް ޗައިނާ އަށް ދާނެ ކަމަށާއި، ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށްވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ތުރުކީގެ ގަލަސަތަރާއި އިން ކެރިޔަރު ފެށި ޓުރާން ވަނީ އެ ކްލަބަށް ހަ ސީޒަން ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބާއެކު ތުރުކީ ލީގް، ތުރުކީ ކަޕް އަދި ތުރުކީ ސުޕާކަޕް ކާމިޔާބުކޮށްފައެވެ.

އެއަށްފަހު ދެން އޭނާ ބަދަލުވީ 2011 ވަނަ އަހަރު އެޓްލެޓިކޯ މެޑްރިޑަށެވެ. އޭނާ ވަނީ އެ ކްލަބުގައިވެސް ހަތަރު ސީޒަން ހޭދަކޮށް އެޓީމާއެކު ސްޕެނިޝް ލީގު، ކޮޕާޑެލްރޭ، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ސުޕާކަޕް އަދި ޔުއެފާ ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފަ އެވެ.

އެޓްލެޓިކޯ ދޫކޮށްލުމަށްފަހު ޓުރާން ބާސާ އަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އޭނާ ވަނީ އެ ކްލަބަށް މިވީތަނަށް ކުޅުނު 50 މެޗުގައި 15 ލަނޑު ކާމިޔާބުކޮށްފައެވެ. ތުރުކީ ގައުމީ ޓީމާއެކު ޔޫރޯ 2008 ގެ ތިންވަނަ ހޯދި ޓުރާން ވަނީ ބާސާއާއެކު ސްޕެނިޝް ލަލީގާ، ކޮޕާޑެލްރޭ އަދި ސްޕެނިޝް ސުޕާކަޕްވެސް ކާމިޔާބުކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް